މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ދެ ވެހިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް.

މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއޮފީހަށް ބޭނުންވާ 02 ވެހިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިއިޢުލާނާއި އެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މި ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 30 މެއި 2021 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ކަސްޓަމްސް ހެޑް އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް މިއޮފީހުގެ އީމެއިލްއަށް ([email protected]) 16 މެއި 2021 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރި ވެވޭނީ، ކަނޑައެޅިފައިވާ މުއްދަތުގައި އީމެއިލް ފޮނުވާ ފަރާތްތަކަށް ނުވަތަ މަޢުލޫމާތު ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.  ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުން އޮންނާނީ 16 މެއި 2021 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ކަސްޓަމްސް ހެޑްއޮފީހުގައެވެ. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113  ފޯނަށް ގުޅުއްވުން އެދެމެވެ.

06 މޭ 2021
ހޯދާ