މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ނ.މާފަރު ކަސްޓަމްސްގައި ނެޓްވޯރކް އެޅުމާއިބެހޭ.

މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، ނ.މާފަރު ކަސްޓަމްސްގައި ނެޓްވޯކް އެޅުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2021/34 (27 އޭޕްރިލް 2021) އިޢުލާނަށް އެއްވެސްފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިއިޢުލާނާއި އެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް މިތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 16 މެއި 2021 ވާ  އާދިއްތަ ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334172  / 3334103 ފޯނަށް ގުޅުއްވުން އެދެމެވެ.

06 މޭ 2021
ހޯދާ