ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މިކުންފުންނީގެ ސްޓޫޑިއޯތަކަށް ހޯދަން ބެނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2021/103

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-57-21) PSM-ENG /2021/09 & 10

 

 

 

އިޢުލާން

  • ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

          މިކުންފުންނީގެ ސްޓޫޑިއޯތަކަށް ހޯދަން ބެނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL) PSM-FP/PSM/2021/31 އިޢުލާނާ ގުޅިގެން ލިބިފައިވާ ޕްރޮޕޯސަލްތަކުގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށްވާތީ އެ އިއިޢުލާން ބާތިލްކޮށް ތިރީގައި ދެވިފައިވާ މަޢުލޫމާތުގައިވާ ތަކެތި ސަޕްލައިކޮށްދިނުމަށް ޝަޢުގުވެރިވާ ފަރާތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 2 ވަނަފަހަރަށް ހުޅުވާލަމެވެ.

 

Description

Qty

Studio Microphone Shure SM7B or Equivalent

4

Cloudlifter CL-1 or Equivalent

4

PSA1 (Rode) Professional Studio Boom Arm or Equivalent

4

Powered Studio Monitor ROKIT 5 G4 or Equivalent

6

 

ވީމާ، މަތީގައިދެވިފައިވާ މަޢުލޫމާތާއެއްގޮތަށް މިތަކެތި ސަޕްލައިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 މެއި 2021 ވާ ބުދަ  ދުވަހުގެ  14:00  އަށް  ޕީއެސްއެމް  ހެޑްއޮފީސް  (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

ބިޑް ޕްރޮޕޯސްލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު

1

1.1

އަންދާސީ ހިސާބުގައި ހިމަނަންޖެހޭ އަސާސީ މަޢުލޫމާތު:

 

ބިޑް ހުށަހަޅާ މަރުޙަލާގައި ،

އަސާސީ މަޢުލޫމާތެއް މަދުނަމަ، އެޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.

  • ކުންފުނި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި އަދި އަމިއްލަ ފަރުދުން،

1- މަސައްކަތުގެ ނުވަތަ ތަކެތީގެ އަގު: ދިވެހި ރުފިޔާއިން: (ތަފްޞީލާއެކު)

2- މުއްދަތު: (މަސައްކަތް ނިންމާނެ މުއްދަތު ނުވަތަ ޑެލިވަރީގެ މުއްދަތު)

3- ބިޑްގެއަގު 500,000.00ރ. (ފަސްލައްކަ ރުފިޔާއިންމަތިން އަގުހުށަޅާނަމަ) 10,000.00ރ. ރުފިޔާގެ ބޭންކް ގެރެންޓީ  (ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 90 ދުވަހެވެ.)

  • ކުންފުންޏެއްނަމަ،

4- ކޮމްޕެނީ ރަޖިސްޓްރީގެ ކޮޕީ:

5- ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ

6- ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ނުކުރާނަމަ ނޮޓިފިކޭޝަން އޮފް ޓެކްސް ރެޖިސްޓްރޭޝަން ކޮޕީ

 

  • އަމިއްލަ ފަރުދުންގެ ވިޔަފާރި،

7- ވިޔަފާރި ރަޖިސްޓްރީ / ތަކެތި ވިއްކުމުގެ ހުއްދައިގެ ކޮޕީ

8- ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ

9-  ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ނުކުރާނަމަ ނޮޓިފިކޭޝަން އޮފް ޓެކްސް ރެޖިސްޓްރޭޝަން ކޮޕީ

  • އަމިއްލަފަރުދުން،

10-  މުދާ / ހިދުމަތް ދިނުމުގެ ހުއްދަ

11-  އައިޑީ ކާޑް ކޮޕީ

12-  ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ

13-  ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ނުކުރާނަމަ އެކަން އެނގޭނެފަދަ ލިޔުމެއް

 

1.2

ހުށަހަޅުއްވާ ބިޑްގެ އަގު 1 މިލިއަނަށްވުރެ މަތިވާނަމަ ، ބިޑް އިވެލުއޭޓްކޮށް، އެވޯޑްކޮށް އެފަރާތަށް އެންގުމުން ޕާރފޮރމަންސް ސެކިއުރިޓީ ހުށަހަޅަންވާނެއެވެ.

  • ބިޑްއެވޯޑްވެއްޖެނަމަ،

1- 1,000.000.00 (އެއްމިލިޔަން) ރުފިޔާއަށްވުރެ މަތިނަމަ، ހުށަހަޅާއަގުގެ ދިހަޕަސެންޓް އަށްވާވަރު ބިޑް ކާމިޔާބުކުރާފަރާތުން ޕާރފޯމަންސް ސެކިއުރިޓީއެއް ، އެގްރީމެންޓްގައި ސޮއިކުރުމުގެކުރިން ހުށަހަޅަންވާނެއެވެ. (ޕާރފޮމެންސް ސެކިއުރިޓީގެ މުއްދަތަކީ ޕާރޕޮމެންސް ސެކިއުރިޓީ ހުށަހަޅާ ތާރީޚުން ފެށިގެން 120 ދުވަހެވެ.)                                                

2

 

އަގު/ އަންދާސީ ހިސާބު

  • އަގު / އަންދާސީ ހިސާބު ، ހުށަހަޅާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތައް

1-   އަގުހުށަހަޅަންވާނީ މަޢުލޫމާތު ކަރުދާހުގައިވާ ކަންކަން ބަޔާންކުރާ އުޞޫލުންނެވެ. (ހުށަހަޅާ އަންދާސީ ހިސާބުގައި ހިމަނަންޖެހޭ ކަންކަން ފުރިހަމަކޮށް، ހުށަހަޅަންވާނެއެވެ.)

2-   އަގު ހުށަހަޅަންވާނީ ދިވެހިރުފިޔާއިން ޖީއެސްޓީ ހިމަނައިގެންނެވެ.

3-   އަގު/އަންދާސީ ހިސާބު ހުށަހަޅާއިރު، ހުށަހަޅާ ކުންފުނި / އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ނަމާއި، ސޮއާއެކު ތައްގަޑުޖަހާފައި ކޯޓޭޝަން ހުށަހަޅަންވާނެއެވެ.

4-   ޕްރޮޕޯސަލް ގެ ވެލިޑިޓީ މުއްދަތު: (ބިޑްހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހުގެ މުއްދަތު)

 

3

 

ޕޮއިންޓް ދިނުން

  • މި ކަމަށް ހުށަހަޅާ ޕްރޮޕޯސަލްތަކަށް ޕޮއިންޓު ދޭނީ އަންނަނިވި އުސޫލުންނެވެ
  1. އަގު:.                   65 ޕޮއިންޓް
  2. ޑެލިވަރީ މުއްދަތު:            20 ޕޮއިންޓް
  3. ކަމާގުޅުން ހުރި ތަޖުރިބާ:       10 ޕޮއިންޓް
  4. ފައިސާ ދެއްކުމަށް ދެވޭ މުއްދަތު:  05 ޕޮއިންޓް

4

 

ސުންގަޑި:

  • 12 މެއި 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

5

 

ބިޑް ނުވަތަ މަސައްކަތް އެވޯޑްކުރުން

  • ޕީއެސްއެމްގެ ބިޑްކޮމެޓީން ޕްރޮޕޯސްލަތައް އިވެލުއޭޓްކޮށް ނިމުމުން ބިޑް އެވޯޑް ކުރެވޭ ފަރާތް ،ފަރާތްތަކާއި، ޕީއެސްއެމް އާދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ޙަވާލުކުރެވޭނެއެވެ.
  • މި ކުންފުނީގެ ބިޑް ކޮމިޓީން މި މަސައްކަތް އެވޯޑް ކުރުމުން އެވޯޑް ކުރެވުނު ފާރާތަށައި އަދި އެވޯޑް ނުވާ ފަރާތްތަކަށް އެކަން އެންގޭނެއެވެ. އަދި އެވޯޑް ނުވާ ފަރާތްތަކަށް 5 ދުވަހުގެ މުހުލަތެއް ޝަކުވާ ހުށަހެޅުމަށް ލިބޭނެއެވެ. މި 5 ދުވަހުގެ ތެރޭގައި އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅާފައި ނުވާނަމަ އެވޯޑް ކުރެވުނު ފަރާތާއެކު އެއްބަސްވުން ހެދި މަސައްކަތް ހަވާލުކުރެވޭނެއެވެ.

6

 

މަސައްކަތް ޙަވާލުކުރުން

  • ޕްރޮޕޯސަލްތައް ކޮމެޓީން އިވެލުއޭޓްކޮށް އެންމެ މަތީމާކްސް ލިބޭ ފަރާތާ/ ފަރާތްތަކާ މަސައްކަތް ޙަވާލުކުރެވޭނީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.

 

7

 

އަންދާސީ ހިސާބު ހުށަހަޅަންވީ ގޮތް

  • ޕްރޮޕޯސަލް  ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
  • އެޑްރެސް ކުރަންވާނީ ،ތިރީގައިވާ ގޮތަށެވެ.
  • ޕްރޮޕޯސަލް ހުށަހަޅާ ކަމެއް-
  • ޕްރިކޮއުމަންޓް ޑިޕާރޓްމަންޓް
  • ޕަބްލިކް ސާރވިސް މީޑިއާ
  • ރޭޑިޔޯ ބިލްޑިންގް
  • އަމީނީމަގު،މާލެ 20331

 

 

                 24 ރަމަޟާން 1442   

                 06 މެއި 2021

06 މޭ 2021
ހޯދާ