މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (އެސިސްޓެންޓް ޑިރެކްޓަރ)

ވަޒީފާގެ ފުރުޞަތު

މި އިދާރާގެ ތިރީގައި މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-334062

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ  / ނ.ކުޑަފަރި

މުސާރަ:

7,035.00

ސަރވިސް އެލަވަންސް:

2,000.00

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

3. ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 (ޓެކްނިކަލް ކޯ އެލަވަންސް ލިބޭނީ އިކޮނޮމިކޮސް ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓް ނުވަތަ ސޯޝަލް ސައިންސް ނުވަތަ އާރބަން ސްޓަޑީޒްގެ ތަޢުލީމުގެ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 07 ން ފެށިގެން މަތީގެ ސެޓްފިކެޓެއް ހުށަހަޅާފައިވާނަމައެވެ. އެފަދަ ސެޓްފިކެޓެއް ހުށަހަޅާފައި ނުވާނަމަ ސަޕޯޓިންގް ކޯ އެލަވަންސް 02 ގެ ގޮތުގައި 900.00 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އުރުޝާދުގެ މަތިން ކުރުން.

2. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން     

3. އިކޮނޮމިކް ޑިވޮލޮޕްމަންޓް އެންޑް ޝޯސަލް ސާރވިސަސް ޔުނިޓްގެ އެންމެހާ މަސައްކަތްތައް ސެކްރެޓަރީ ޖެނެރަލް އަދި ކައުންސިލްގެ ލަފަޔާ މަޝްވަރާގެ މަތިން ރާވައި ހިންގުން

4. ރަށުފެންވަރުގައި ކުނި މެނޭޖުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކައުންސިލްގެ ލަފަޔާއިއެކު ރާވާ ހިންގު

5. ސެކްޝަންގެ މަސައްކަތްތަކަށް ބޭނުންވާ އުޞޫލުތަކާއި އެސް.އޯ.ޕީތައް އެކުލަވާލުމާއި ތަންފީޒުކުރުން އަދި މަސައްކަތްކުރިއަށް ދަނީ ޤާނޫނާ،ޤަވާއިދާ، އުސޫލުތަކާ އަދި އެސް.އޯ.ޕީ ތަކާ އެއްގޮތަށްކަން ޔަގީން ކުރުން

6. ޤާނޫނާއި ޤަވާއިދާއި، އުސޫލު އަދި ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމްތަކާއި އެއްގޮތަށް ރައްޔިތުންގެ މާލިއްޔަތު މުއްސަނދި ކުރުމަށްޓަކައި ވިޔަފާރި އަދި އެހެނިހެން ބޭނުމަށް ބިންދޫކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުމާއި، މިގޮތަށް ދޫކުރެވޭ ބިންތަކުގެ އެގްރީމަންޓްތައް ބެލެހެއްޓުމާއި ބިންތަކާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން

7. އިޖްތިމާޢީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ ޢާއްމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި ކުޅިވަރުގެ ވަޞީލަތްތަކާއި ޢާއްމު ޕާކުތަކާއި މުނިފޫހިފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސެކްޝަނުން ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން

8. ރަށުގެ މިސްކިތްތައް ބެލެހެއްޓުން އަދި ދީނީ ގޮތުންނާއި ޤައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް، ދީނީ އަދި ޤައުމީ އިޙްތިފާލުތައް ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުން

9. ރަށުގެ އިޖްތިމާއީ ސަރަހައްދުތަކާއި ޤަބުރުސްތާނު ސާފުކޮށް ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައް ކުރެވޭނެ ނިޒާމެއް ޤާއިމްކޮށްދިނުމާއި، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުމުގެ އިންތިޒާމުތައް ހަމަޖެއްސުން

10. ރަށުގެ ބިންބިމުގެ ދަފްތަރު އެކުލަވައި އެދަފްތަރު ބެލެހެއްޓުމާއި ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައި ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ސެކްޝަނުގެ މުވައްޒަފުން ލައްވާ ކުރުވައި މޮނިޓަރކުރުން

11. އިކޮނޮމިކް ޑިވޮލޮޕްމަންޓް އަދި ސޯޝަލް ސާރވިސަސް ޔުނިޓްގެ ހިންގުން ހަރުދަނާ ކުރުމަށް ޓެކްނިކަލް ލަފާ ފޯރުކޮށްދިނުމާއި، ކައުންސިލް އިދާރާއިން ދެވޭ ޚިދުމަތްތައް ފެންވަރު ރަނގަޅު ކުރުމަށާއި ހަލުވި ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި މަސައްކަތް ކުރިއަށްދާގޮތް އޮޑިޓްކޮށް ރަނގަޅު ކުރުން

12. ރަށުގެ ތަރައްޤީއަށް ބޭނުންވާ ޕްރޮޖެކްޓްތައް ދެނެގަތުމަށް ޚިޔާލު ހޯދުމާއި، ޕްރޮޖެކްޓް ޕްރޮޕޯސަލް ތައްޔާރުކުރުމާއި، ޕްރޮޖެކްޓްތައް އިމްޕްލިމެންޓް ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

13. ތަރައްޤީގެ ޕްލޭން، ލޭންޑް ޔޫސް ޕްލޭން، ކައުންސިލްގެ ވާރކް ޕްލޭން އަދި ކައުންސިލްއިން ފޯރުކޯށްދޭ އެންމެހާ ޚިދުމަތްތަކަށް ބޭނުންވާ ޕްލޭންތައް އެކުލަވާލުމަށް ކުރަންޖެހޭ މަސައްކަތްތަކާއި ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

14. އެކިއެކި އިންތިހާބުތަކާއި، ބޯހިމެނުމާއި ތަފާސް ހިސާބު ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމާއި، މިފަދަ މަސައްކަތްތަކަށް ބޭނުންވާ ސިސްޓަމްތައް އެކުލަވާލުމާއި ތަންފީޒުކުރުން

15. އިކޮނޮމިކް ޑިވޮލޮޕްމަންޓް އެންޑް ޝޯސަލް ސާރވިސަސް ޔުނިޓްގެ މުވައްޒަފުން ސުޕަވައިޒް ކުރުމާއި ބޭނުންވާ އެހީތެރިކަމާ އިރުޝާދު ފޯރުކޮށްދިނުން ތަރައްޤީއާގުޅޭ ރިޕޯޓްތަކާއި ސެކްޝަންގެ މަސައްކަތްތަކާއި ގުޅޭ އެންމެހާ ރިޕޯޓްތަކެއް އެކުލަވާލައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޔުނިޓަށް ހުށައެޅޭ ސިޓީ، މެސެޖް އަދި އީމެއިލްތަކަށް ޖަވާބުދިނުމުގެ ކަންކަން ސެކުޝަނުން ކުރޭތޯ ބަލައި މޮނިޓަރކުރުން

16. ރަށުގައި ތަފާތު އެކި ސިނާއަތްތަށް ކުރިއެރުވުމާއި ފެށުމަށް ކުރަންޖެހޭ އިދާރީ އަދި އެހެނިހެން މަސައްކަތްތައް ކުރުން އަދި ސިނާއަތްތައް ކުރިއަރުވާނެ ގޮތާއި ވިޔަފާރި އަދި ކޯޕަރޭޓިވް ސޮސައިޓީ ފަދަ މަންފާ އިތުރުކުރެވޭ ކަންތައް ކުރުމަށް ޢާއްމުން އަދި ރަށުގެ އެކި ގުރޫޕްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަދި ކައުންސިލްގެ ދަށުގައިވާ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދާ މޮނިޓަރ ކުރުން

17. ރަށުގެ ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާމިނަލް ހަދައި ހިންގުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން

18. މަތީގައި ބަޔާންކޮށްފައިވާ މަސައްކަތްތަކުގެ އިތުރުންވެސް ޤާނޫނުން ލާޒިމުކުރާ ރަށްވެހި ޚިދުމަތްތައް ދިނުމަށް ސެކުޝަނުން ކުރަންޖެހޭ މަސައްކަތްތައް ރާވައި މޮނިޓަރކޮށް ބެލެހެއްޓުން

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ، 

2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީ ޞަނަދެއް ޙާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް ޝަރުޠުގެ ބައިގައި ހިމަނަންވާނެއެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމެންޓް

ޕަބްލިކް އެޑްމިނިސްޓްރޭޝަން

އިކޮނޮމިކްސް (ކޯ އެކަޑަމިކް ޑިސިޕްލިން)

ޕްރޮޖެކްޓް މެނޭޖްމެންޓް (ކޯ އެކަޑަމިކް ޑިސިޕްލިން)

ސޯޝަލް ސައިންސް (ކޯ އެކަޑަމިކް ޑިސިޕްލިން)

އާބަން ސްޓަޑީޒް (ކޯ އެކަޑަމިކް ޑިސިޕްލިން)

މަޤާމުގެ މަސައްކަތުގެ ދާއިރާތައް ޝަރުޠުގެ ބައިގައި ހިމަނަންވާނެއެވެ.

  މުނިސިޕަލް ސާވިސަސް

  އެޑްމިނިސްޓްރޭޝަން މެނޭޖްމެންޓް

  ޕްރޮޖެކްޓު މެނޭޖުމަންޓު

  އިކޮނޮމިކް ޑިވެލޮޕްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އެމް.އެސް 03 ކެޓްގަރީ

ދާއިރާ

ބެލޭނެ ބައިތައް

ޕޮއިންޓު

އިންސައްތަ

(%)

ކެޓަގަރީގެ ޖުމުލަ އިންސައްތަ

ތަޢުލީމު

ލިބިފައިވާ ތަޢުލީމު

85

30

35

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިން ސެޓްފިކެޓް

05

05

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

20

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު

100

50

50

ޖުމްލަ:

210

100

100

 

ނޯޓު: މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ %45 (ސާޅިސް ފަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 މޭ 17 ގެ 13:00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް[email protected] / [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2021 މޭ 20 އާއި 2021 މޭ 27 އާ ދެމެދު، މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560015 އަށެވެ. އީ-މެއިލް ކުރާނީ [email protected]  [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

24 ރަމަޟާން 1442

6 މޭ 2021

 

ޙަސަން މުޙައްމަދު

ކައުންސިލްގެ ރައީސް

 

06 މޭ 2021
ހޯދާ