އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ސުޕަވައިޒަރ އަދި ސްކިލްޑް ލޭބަރ

ވަޒީފާގެ ފުރުސަތު

މަޤާމް

ސުޕަވައިޒަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (31 ޑިސެންބަރު 2021 ގެ ނިޔަލަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

-/4465 ރުފިޔާ

އެލަވަންސް:

-/1500 ރުފިޔާ – ސަރވިސް އެލަވަންސް

ޝަރުތު:

  • ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  • ލިޔަން ކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ހިތަދޫ އަވަށުގެ އެންމެހާ ފްލެޓްތައް ސާފުކޮށް މެއިންޓެއިންކުރުމާ ގުޅޭ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.

3. ފްލެޓްތަކަށް ދިމާވާ މައްސަލަތައް ކައުންސިލްގެ ވެރިންނާ ހިއްސާކޮށް އެ މައްސަލަތައް ހައްލުކުރުވުން.

4. ފްލެޓް މެއިންޓެނަންސް މަސައްކަތަށް ބޭނުންވާ ސާމާނުތައް ކައުންސިލް އިދާރާގެ ވެރިންނާއި މަޝްވަރާކޮށް ހޯދުމުގެ މަސައްކަތް ކުރުން.

5. މަސައްކަތު މީހުން މަސައްކަތަށް ގަޑިއަށް ހާޒިރުވޭތޯ އާއި މަސައްކަތު ވަގުތު ހޭދަކުރަނީ ރަނގަޅު ގޮތުގައިތޯ ބަލައި ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންގެ މައްސަލަތައް ސުޕަވައިޒަރަށް ރިޕޯޓުކުރުން.

 

 

މަޤާމު:

ސްކިލްޑް ލޭބަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ (31 ޑިސެންބަރު 2021 ގެ ނިޔަލަށް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

-/3875 ރުފިޔާ

އެލަވަންސް:

-/1000 ރުފިޔާ – ސަރވިސް އެލަވަންސް

ޝަރުތު:

  • ލިޔަން ކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • އުމުރުން 65 އަހަރު ވެފައިވާ މީހަކު ކަމުގައި ނުވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހިތަދޫ ފްލެޓް އިމާރާތުގެ ކުލައިގެ ހާލަތު ބެލުމަށްފަހު ކައުންސިލް އިން އަންގާ ގޮތެއްގެމަތިން އިމާރާތްތަކުގެ ބޭރު ފާރުތަކާއި، އާއްމު ބައިތަކާއި، ސިޑިގޮޅިއާއި، ސިޑީގެ ރެއިލިންގ ގައި ކުލައާއި ދަވާދުލުން.
  2. ހިތަދޫ ފްލެޓް އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކުން ނުވަތަ އެހެން ފަރާތްތަކުން ގަސްދުގައި ކުރާ ކަމެއްގެ ސަބަބުން އިމާރާތްތަކުގެ ބޭރުފާރު ކަނޑައިގެން ދިއުން ފިޔަވައި، ތަބީއީގޮތުން އިމާރާތުގެ ބޭރުފާރުގައި ލާ ރެނދުތަކާއި އިމާރާތް ކަނޑައިގެންދާ ދިއުމުން ލަސްނުކޮށް ކެނޑުންތައް ބައްދައި އިމާރާތްތަކުގެ އެތެރެއާއި ސްޓްރަކްޗަރއަށް ފެނާއި ވައި ނުވަންނަގޮތަށް މަރާމާތުކުރުން.
  3. އެއްމެދު އިމާރާތްތަކުގައި ހިމެނޭ އެންމެން ހިއްސާވާގޮތަށް ބޭނުންކުރެވޭ ސްވެރޭޖް ނުވަތަ ފެން ހޮޅިތަކުން ފެންލީކުވާނަމަ އެކަންކަން ރަނގަޅުކުރުން.
  4. އެއްމެދު އިމާރާތްތަކަށް ވަޅުފެން ފޯރުކޮށްދޭ ފެން ޕަންޕް ރޫޓިންގކޮށް ޗެކްކޮށް ބެލެހެއްޓުމާއި، ފެން ލިބުމުގައި މައްސަލައެއް ދިމާވެއްޖެހިނދެއްގައި ލަސްނުކޮށް އެކަމެއް ހައްލުކޮށްދިނުން.
  5. ފެން ޕަންޕު ބޭނުންނުކުރެވޭވަރަށް ބާވެ ނުވަތަ ހަލާކުވެ ނުވަތަ ގެއްލިއްޖެނަމަ ސުޕަވައިޒަރުގެ ލަފަޔާއެކު ޕަންޕު ބަދަލުކުރުމުގެ މަސައްކަތަށް އެހީތެރިވެދިނުން.
  6. އެއްމެދު އިމާރާތްތަކުގެ ވަޅުތައް ހަޑިވުމުގެ ސަބަބުން ފެންނެގުމަށް ދަތިނުވާގޮތަށް ސާފުކުރުމާއި ޖެހޭ މައްސަލަތައް ހައްލުކުރުން.
  7. އެއްމެދު އިމާރާތްތައް ހިމެނޭ ސަރަހައްދުގައި ހުރި ނަރުދަމާގެ ބައިތައް ސާފުކުރަންޖެހިއްޖެނަމަ ސާފުކުރުމާއި އެ ސަރަހައްދުގައި ޖެހޭ ނަރުދަމާގެ މައްސަލަތައް ހައްލުކުރުން.
  8. ފްލެޓްތަކުގެ މަތީ ސްލެބުން ނުވަތަ މަތީ ފްލޯރއެއްގެ ފާހާނާ ލައިނުން ފެން ލީކެއްވެއްޖެނަމަ އެކަން ބަލައި ހައްލުކުރުން
  9. މީގެ އިތުރުންވެސް އެއްމެދު އިމާރާތްތަކުގައި އަދި ކޮމަންއޭރިޔާ ތަކުގައި ކުރަންޖެހޭ ސިމެންތީގެ މަސައްކަތް، ފެންވައިރިންގެ މަސައްކަތް އަދި ޓައިލިންގ މަސައްކަތް ސުޕަވައިޒަރުގެ ލަފައާއި އެއްގޮތަށްކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

  1. ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމު
  2. މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ނަމަ މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން
  4. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 މޭ 12 ވަނަ ދުވަހުގެ 13:00 ގެ ކުރިން، އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 މޭ 16 އާއި 2021 މޭ 27 އާ ދެމެދުގައެވެ. އިންޓަރވިއު ބޭއްވޭނެ ތަނާއި ގަޑި ފަހުން އެންގޭނެއެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 ނަންބަރު ފޯނާއެވެ.

23 ރަމަޟާން 1442

05 މޭ 2021
ހޯދާ