ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕީ އެސް އެމްގައި ބާއްވާ ޙަފްލާއަކަށް ރޭގަނޑުގެ ކެއުން ތައްޔާރުކޮށް ކޭޓަރކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2021/102

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-56-21) GSRF-PSM News/2021/07

 

 

 

އިޢުލާން

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

ޕީ އެސް އެމްގައި ބާއްވާ ޙަފްލާއަކަށް ރޭގަނޑުގެ ކެއުން ތައްޔާރުކޮށް ކޭޓަރކޮށްދިނުމަށް ޝަޢުގުވެރިވާ ފަރާތަކަށް ތިރީގައިވާ މައުލޫމާތާއި އެއްގޮތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ކެއުން ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު:

60 މީހުންގެ ރޭގަނޑު ކެއުން ކޭޓަރިންގ އާއެކު

ސީޓިންގ އެރޭންޖްމަންޓް

ސެޓަޕް 1 ހަފްލާ ބާއްވާ ތަނުގައި - 05 ވަށްމޭޒް (މޭޒެއްގައި 5 މީހުން ތިބެވޭވަރުގެ ބޮޑު މޭޒު) ފޮތި އަޅާފައި (މި ސެޓަޕަށް ފެނާއި ބުއިމެއް އެރޭންޖްކޮށްދިނުން)

ސެޓަޕް 2 ކެއުން އޮންނަ ސަރަހައްދު - 06 ވަށްމޭޒް (މޭޒެއްގައި 5 މީހުން ތިބެވޭވަރުގެ ބޮޑު މޭޒު)  ފޮތި އަޅާފައި

ކެއުން ބޭއްވުމަށް ހަމަޖެހިފައިވާ ތަން: ދިވެހިރާއްޖޭގެ އަޑު (ރޭޑިއޯ ބިލްޑިންގ)

ތާރީޙް: 27 މެއި 2021 (ބުރާސްފަތި)

ގަޑި: ރޭގަނޑު 20:30

 

  • Ø      ކެއުން ތައްޔާރުކުރަންވާނީ ބުފޭ ސްޓައިލަށެވެ

ނޯޓް: މިއީ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ބިރުވެރިކަން މާލެއަށް ދިމާވެގެން އުޅޭ ދުވަސްވަރެއްކަމުން ކާތަކެތި ތައްޔަރުކުރުމާއި، ޕެކްކުރުމާއި ޑެލިވަރީ ކުރުމާއި، ތައްޔާރުކުރާ ކާއެއްޗެތީގެ ސާފުތާހިރުކަމަށް (ފުޑް ހައިޖީންއަށް) ޚައްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. އަދި ކަމެއް ދިމާވެގެން ބަލަން ބޭނުންވެއްޖެ ޙާލަތެއްގައި އެކަން ބެލޭނޮގޮތް ހަދައިދޭންވާނެއެވެ.

ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު

1

ކޯޓޭޝަން ހުށަހަޅާއިރު ހިމަނަންޖެހޭ އަސާސީ މަޢުލޫމާތު:

ކޯޓޭޝަން ހުށަހަޅާ މަރުޙަލާގައި،

އަސާސީ މަޢުލޫމާތެއް މަދުނަމަ، އެ ކޯޓޭޝަން ބަލައިނުގަނެވޭނެއެވެ.

  • ކުންފުނި، އަމިއްލަ ފަރުދުންގެ ވިޔަފާރި އަދި އަމިއްލަ ފަރުދުން

1- ކޯޓޭޝަން/ އަގު: ދިވެހި ރުފިޔާއިން: (ތަފްޞީލާއެކު)

  • ކުންފުންނި / އަމިއްލަ ފަރުދުންގެ ވިޔަފާރިނަމަ،

2- ކޮމްޕެނީ / އަމިއްލަ ފަރުދުންގެ ވިޔާފާރި ރަޖިސްޓްރީގެ ކޮޕީ:

3- ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ:

4- ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ނުކުރާނަމަ ނޮޓިފިކޭޝަން އޮފް ޓެކްސް ރެޖިސްޓްރޭޝަން ކޮޕީ

  • ކެއުމުގެ ޚިދުމަތްދިނުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްކަން އެނގޭނެ ލިޔުން (ހުއްދަ)
  • އަމިއްލަ ފަރުދެއްނަމަ،

5- އައިޑީ ކާޑް ކޮޕީ

6- މުދާ ވިއްކުމުގެ / ޚިދުމަތްދިނުމުގެ ހުއްދަ

7- ޖީ އެސް ޓީ ސެޓްފިކެޓް ކޮޕީ

8- ޖީ އެސް ޓީ އަށް ރަޖިސްޓްރީ ނުކުރާނަމަ އެކަން އެގޭނެފަދަ ލިޔުން

9- ކެއުމުގެ ޚިދުމަތްދިނުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއްކަން އެނގޭނެ ލިޔުން (ހުއްދަ)

2

ޕޮއިންޓް ދެވޭނެގޮތް

1-  އަގަށް:                      50 ޕޮއިންޓް

2-  މެނޫ އައިޓަމްތަކަށް:              30 ޕޮއިންޓް

3-  ކަމާގުޅުންހުރި ތަޖްރިބާ:            15 ޕޮއިންޓް

4-  ފައިސާ ދައްކަން ހުށަހަޅާ މުއްދަތަށް:    05 ޕޮއިންޓް

3

ސުންގަޑި

10 މެއި 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

4

ބިޑްނުވަތަ މަސައްކަތް އެވޯޑްކުރުން

ޕީއެސްއެމްގެ ބިޑްކޮމެޓީން ކޯޓޭޝަންތައް އިވެލުއޭޓްކޮށް ނިމުމުން އެވޯޑް ކުރެވޭ ފަރާތަށް އެވޯޑް ލެޓަރ އެއް ފޮނުވޭނެއެވެ.އަދި ނުހޮވޭ ފަރާތްތަކަށް މި މަޢުލޫމާތު ޙިއްސާކުރެވޭނެއެވެ.

އެވޯޑް ލެޓަރ ފޮނުވުމަށްފަހު، ނުހޮވޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް 5 ދުވަހުގެ ފުރުޞަތެއް ދެވޭނެއެވެ. މި 5 ދުވަސްފަހުން އެއްވެސް ޝަކުވާއެއް ހުށަހެޅިފައި ނުވާނަމަ އެވޯޑްވި ފަރާތާ، ޕީއެސްއެމްއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ޙަވާލުކުރެވޭނެއެވެ. 

5

ކޯޓޭޝަންބަލައިގަންނާނީ ދެވިފައިވާ މެއިލް އެޑްރެސްއިންނެވެ.

 

ދީފައިވާ މަޢުލޫމާތާ އެއްގޮތަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

                      23 ރަމަޟާން 1442

                      05 މެއި 2021

05 މޭ 2021
ހޯދާ