ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މޭ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިގިނލި، ތިލަފުށި، އަދި ގުޅީފަޅު)ގެ ސިވިލް ސަރވިސްގެ އިދާރާތަކުން ޚިދުމަތް ދިނުމާ ގުޅޭ

ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ނަންބަރު 34/2021 (ކޮވިޑް-19 އިން ރައްކައުތެރިވުމަށް މުޅި ރާއްޖޭގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން އެންގުން) އާ ގުޅިގެން 04 މޭ 2021 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކުރައްވާފައިވާ 07/2021 ދެންނެވުމާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަމެވެ. އަދި މި ދެންނެވުމާ އެއްގޮތަށް ޢަމަލުކުރެއްވުމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީން އަންގާ އެންގުންތަކާއި އެއްގޮތަށް އަމަލުކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.

04 މޭ 2021
ހޯދާ