މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ހޮޅުދޫ ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތްކުރުން

     (IUL)295-B/2021/17 :ނަމްބަރ      

އިޢުލާން

 

ނ.ހޮޅުދޫ ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ކުރުން

        ނ.ހޮޅުދޫ ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ޝަރުޠުހަމަވާ ފަރާތްތަކުން 2021 މެއި 04 ވާ  އަންގާރަ ދުވަހުން ފެށިގެން 2021 މެއި 09 ވާ އާދިއްތަ ދުވަހުގެ 13:00 ގެކުރިން ގެޒެޓް ކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

        މިމަސައްކަތުގެ ޓެންޑަރ ޑޮކިއުމަންޓް ސޮފްޓް ކޮޕީ، ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. އަދި 2021 މެއި 17 ވާ ހޯމަ ދުވަހުގެ 11:00 ގެކުރިން ބީލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ބީލަން ހުށަހަޅުއްވާނީ ނ.ހޮޅުދޫ ކައުންސިލްގެ އިދާރާއަށެވެ. މިކަމަށްއެދި ހުށަހަޅާ ބީލަން ހުޅުވަން ހަމަޖެހިފައިވަނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައި 2021 މެއި 17 ވާ ހޯމަ ދުވަހުގެ 11:00 ގައެވެ.

        އަދި ދަންނަވަމެވެ. މިމަސައްކަތް ކުރުމަށްއެދި ބީލަން ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ނަމްބަރ 18/2014) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ރަޖިސްޓްރޭޝަން ޝީޓް މެއިލް ކުރައްވާއިރު ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން ރަސްމީ ލިޔުމެއް (ރަޖިސްޓްރީ ކޮޕީއަކާއި އެން.ސީ.އާރ ގައި ރަޖިސްޓްރީ ކޮށްފައިވާކަން އެނގޭނެ) ފޮނުވަންވާނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. ބީލަން ހުށަހަޅުއްވަންވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ ފޯމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

        މިއިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 2021 މެއި 11 ވާ އަންގާރަ ދުވަހުގެ 11:00 ގެނިޔަލަށް މިއިދާރާގެ [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

03 މޭ 2021
ހޯދާ