މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

އެޑެޕްޓޭޝަން ފަންޑުގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން 3 ރަށެއްގައި ރައްކާތެރި ބޯފެން ފޯރުވައިދިނުމުގެ މަޝްރޫޢުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޢަމަލީ މަސައްކަތްތައް ތަފީޛުކުރުމަށް ޙަވާލުކުރެވިފައިވަނީ ޔުނޮޕްސް މޯލްޑިވްސް ޕްރޮޖެކްޓް ސެންޓަރ އަށެވެ. މިގޮތުން، މަޝްރޫޢުގެ ދަށުން ހއ. އިހަވަންދޫ، އދ. މަހިބަދޫ އަދި ގދ. ގައްދޫގައި ބޯފެން ފޯރުވައިދިނުމަށް ނިޒާމެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޢަމަލީ މަސައްކަތްތައް ވަކި ޕެކޭޖްތަކަކަށް ބަހާލެވި ބީލަމުގެ މަރުހަލާއަށް ޔުނޮޕްސް ގެފަރާތުން ހުޅުވާލެވިފައިވާ ވާހަކަ އާންމު މަޢުލޫމާތަށްޓަކައި އިޢުލާނު ކުރީމެވެ.

ބީލަމަށް ހުޅުވާލެވިފައިވާ މަސައްކަތްތަކުގެ ތަފުސީލު ތިރީގައިވާ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. މިވެބްސައިޓަށް ވަދެވަޑައިގަންނަވާ މޯލްޑިވްސް އަށް ސާރޗްކުރުމުން ބިލަމަށް ހުޅުވިފައިވާ ހުރިހާ މަސައްކަތެއް ފެނިވަޑައިގަންނަވާނެވެ.

http://www.unops.org/english/whatweneed/Pages/currentbusinessopportunities.aspx

 ޔުނޮޕްސް މެދުވެރިކޮށް ތަންފީޒުކުރެވޭ މަސައްކަތްތައް ތިރީގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ބަހާލެވި ބީލަމަށް ހުޅިގެންދާނެވެ.  ބީލަމަށް އެކި ބައިތައް ހުޅިވިގެންދާނެ ތާރީޚު ހޯދުމަށް ގުޅުއްވާނީ ޔުނޮޕްސް މޯލްޑިވްސް ޕްރޮޖެކްޓް ސެންޓަރަށެވެ.

  1. ގޮނޑުދޮށުގައި ވަޅު ހެދުން. މީގެ ސަބަބުން ގޮނޑުދޮށު ވަޅުން ނެގޭ ފެން ސާމްޕަލްތައް ތަހުޤީޤުކޮށް އޭގެ ނަތީޖާ ޑީސެލިނޭޝަން ޕްލާންޓަށް ފޮނުވައި، ޕްލާންޓުގެ ފަރުމާ އެކަށޭނަގޮތަށް ބަދަލުކުރަން މަގުފަހިވާނެއެވެ. ބީލަމުގެ މަރުހަލާގައި ސްޓޯރޭޖް ތާނގީގެ ފައުންޑޭޝަނަށް ތިން ރަށުގެ ވެލި ޓެސްޓުކުރުން ހިމެނޭނެއެވެ.
  2. އާރް. އޯ. ޑީސެލިނޭޝަން ޕްލާންޓް ސަޕްލައިކޮށް ބެހެއްޓުން. ބީލަމުގެ ލިޔުންތަކުގައި ހައި ލިފްޓެއް ސަޕްލައިކޮށް ބެހެއްޓުމާއި، އާރް. ޑަބްލިޔު.އެޗް.އޯ ޕަމްޕުތަކާއި، ސީ. އާރް. ޑަބްލިޔު .އެޗް. ގެ ފިލްޓަރ ސިސްޓަމާއި، ޕްލާންޓް ސަރަހައްދުގެ ނަރުދަމާ ގުޅުންތައް ހިމެނޭނެއެވެ.
  3. ޕީ. އީ އަދި ޕީ. ވީ. ސީ ހޮޅިއާއި، ވޭލްވާއި ފިޓިންގްސް، އަދި ބޭނުންވާ އެހެން ތަކެތި ސަޕްލައިކުރުން. މިތަކެތި ބޭނުންކުރެވޭނީ ޑިސްޓްރިބިއުޝަން މަސައްކަތަށާއި، ސީ. އާރް. ޑަބްލިޔު. އެޗް ކަލެކްޝަނަށާއި، ޖީ. ޑަބްލިޔު. އާރ ނިޒާމުތަކަށެވެ.
  4. ސާފުކުރެވޭ ފެން ރައްކާކުރުމަށް ތިން ރަށުގައި ޖީ. އާރް. ޕީ ފެން ރައްކާކުރާ ތާނގީ ބަހައްޓައި ސަޕްލައިކުރުން.
  5. ޕްލާންޓު ބަހައްޓައި، ހިންގާނެ ތަން އިމާރާތްކުރުން. މީގެ ތެރޭގައި ހިމެނެނީ އޮޕަރޭޝަންސް ބިލްޑިންގާއި (އޮޕަރޭޝަންސް ބިލްޑިންގ އިމާރާތްކުރުމަށްޓަކައި ޖާގަ ފާސްކުރުމަށް ޑީސެލިނޭޝަން ޕްލާންޓް ސަޕްލަޔަރުގެ ހުއްދަ ބޭނުންވާނެ)، ޖީ. އާރ. ޕީ ޓޭންކް ފައުންޑޭޝަނާއި، ވަށައިފާރާއި، ލޭންޑްސްްކޭޕިންގާއި، ލޮނުފެން ނައްތާލާ ނިޒާމާއި، ފަރުނީޗަރު ސަޕްލައިކުރުމާއި، އަދި ޕްލާންޓުގެ ސަރަހައްދުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތަކެވެ. ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމަށްޓަކައި އޮޕަރޭޝަން ބިލްޑިންގ އިމާރާތްކޮށް ނިންމަން ޖެހެއެވެ.
  6. ސާފުކުރެވޭ ފެން ޑިސްޓްރިބިއުޓް ކުރުމަށް ނަރުދަމާ ނިޒާމެއް ހަދައި، ސީ. އާރް. ޑަބްލިޔު. އެޗް ކޮލޭޝަން ނެޓްވޯކެއް ހަދައި، ޖީ.ޑަބްލިޔު. އާރް ސިސްޓަމްތަކާއި، ގޭގެއަށް މި ފެނުގެ ނިޒާމު ގުޅުމާއި، ވޭލްވުތަކާއި ފިޓިންގްތައް ހަރުކުރުން، އަދި ކޮންކްރީޓް ޗޭމްބަރުތައް އިމާރާތްކުރުން. އިމާރާތްކުރަން ފެށުމުގެކުރިން ނަރުދަމާ ހޮޅި ސަޕްލައިތައް އަޅައި ނިންމަންޖެހޭނެއެވެ.
  7. ސީ. އާރް. ޑަބްލިޔު. އެޗް ސިސްޓަމްތަކަށް ތިން ކޮންކްރީޓް ފެންތާނގީ ކޮންމެ ރަށެއްގައި އިމާރާތްކުރުން. މިމަސައްކަތުގައި ކޮމިއުނިޓީ އިމާރާތްތައް ތާންގިތަކާއި ގުޅުވުމަށް ނަރުދަމާ ނިޒާމެއް އެޅުން ހިމެނެއެވެ.
  8. ކަރަންޓު ޖެނެރޭޓަރާއި، އެއަށް ބޭނުންވާ އެހެނިހެން ތަކެއްޗާއި، ކަރަންޓު ކޭބަލްތައް ސަޕްލައިކޮށް، ހަރުކޮށްދިނުން.
  9. ސޯލާ ޕެނަލް ކަރަންޓު ނިޒާމަކާއި، އެއާ ގުޅޭތަކެތި ހޯދައި ހަރުކޮށްދިނުން.        
  10. ވަޅުފެން އާލާވާ ނިޒާމެއް އިމާރާތްކޮށް، ނަރުދަމާ އަޅައި، ކަޅުހަން ތާނގީ ހޯދައި، ބަހައްޓައިދިނުން.

ވީމާ، މި މަސަތްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ޑޮކިއުމަންޓް ނެގުމަށް ކުންފުނީގެ ސިޓީއަކާއި އަދި 1000 ރުފިޔާގެ ޗެކަކާއި (ޔޫއެންޑީޕީ ގެ ނަމުގައި) އެކު ޔޫއެން ބިލްޑިންގ އޮފީސް ހުޅުވިފައި ހުންނަގަޑިއަށް ވަޑައިގަތުމުން ބީލަން ޑޮކިއުމަންޓް ދޫކުރެވޭނެއެވެ. އޮފީސް ހުޅުވިފައި ހުންނާނީ އާދީއްތަ އިން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހަކު ހެދުނު 09:00 އިން ހަވީރު 17:00 އަށެވެ.

ބީލަންމާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ޔުނޮޕްސް މޯލްޑިވްސް ޕްރޮޖެކްޓް ސެންޓަރ

ފޯނު:    +(960) 334 3384  ނުވަތަ  +(960) 334 3386

13 މޭ 2013
ހޯދާ