ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 ރޯގާގެ ބިރުވެރިކަން އިތުރުވަމުންދާ މިދަނޑިވަޅުގައި ފަރުދީ ޒިންމާ އަދާކުރުމަށާއި ރައްކާތެރިވުމަށް އިލްތިމާސް ކުރުން

މާލެއާއި އަތޮޅު ތެރޭގައި ކޮވިޑް-19 ގެ ކޭސްތައް ގިނަވަމުންދާ މި ދަނޑިވަޅުގައި، ރައްކާތެރިކަމުގެ ގޮތުން ކުރަންޖެހޭ ކަންކަމަށް އިތުރަށް ސަމާލުވެ، ބައްޔަށް ހުށަހެޅި ބަލި ފެތުރޭނެ ފަދަ ކަންތައްތައް ނުކުރުމަށް އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރަމެވެ. މިގޮތުން ތިރީގައިވާ ކަންކަމަށް ހާއްސަކޮށް ސަމާލުވެ ފަރުދީ ޒިންމާ ފުރިހަމައަށް އަދާ ކުރުމަށް ތިޔަ ލޮބުވެތި ރައްޔިތުންގެ ކިބައިން ނުހަނު އިޙްލާސްތެރިކަމާއެކު އެދެމެވެ.

  • ގެއިން ބޭރަށް ނުކުންނަނަމަ މާސްކު ބޭނުން ކުރުމާއި އިޖްތިމާއި ގައި ދުރުކަން ޔަގީންކުރުން.
  • މާލެ ސަރަހައްދު، މޮނިޓަރިންގއަށް ލެވިފައިވާ ރަށެއް ނުވަތަ ފަތުރުވެރިން ޒިޔާރަތްކުރާ ރަށަކުން ދަތުރު ކުރާނަމަ އެޗް.ޕީ.އޭގެ މިންގަނޑިތަކާއި އުސޫލުތަކާ އެއްގޮތަށް މެނުވީ ދަތުރުނުކުރުން. އަދި ކަމާ ގުޅުންހުރި އިދާރާތަކާ ތެދު މަޢުލޫމާތު ހިއްސާކޮށް ނަގަންޖެހޭ ހުއްދަތަށް ދުރާލާ ނެގުން.
  • ހޯމް ކަރަންޓީންއަށް ދުރުވާ ބޭފުޅުން ދުރާލާ ހުއްދައަށް އެދިލެއްވުމާއި، އެޗް.ޕީ.އޭގެ ލީގަލް ޑޮކިއުމަންޓް ލިބުމަށްފަހު ކައުންސިލަށް ދަތުރުގެ މަޢުލޫމާތު ހިއްސާކޮށްފައި މެނުވީ ދަތުރު ނުކުރުން.
  • ރަށަށް އައުމަށްފަހު ހޯމް ކަރަންޓީންވާ ތަނަށް ދިއުމަށް، ގައިދުރުކަން ޔަގީން ކުރެވޭނެ ފަދަ އުޅަނދެއް ހިޔާރުކުރުމާއި އެއްވެސް ފަރާތަކާއި ބައްދަލު ނުކުރުން.  
  • ހޯމް ކަރަންޓީންގައި ތިއްބަވާ ބޭފުޅުން، އެހެން ފަރާތްތަކާއި ބައްދަލު ނުކުރުމާ ކަރަންޓީންގެ އެންމެހާ އުސޫލުތަކަށް ފުރިހަމައަށް ބޯލެބުން.
  • މީހުން އެއްވެއުޅޭ ތަންތަނަށް ނުދިއުމާއި ކޮންމެހެންދާންޖެހޭ ދަނޑިވަޅުތަކުގައިވެސް މާސްކު ބޭނުންކޮށް އިޖްތިމާއި ގައިދުރުކަން ދެމެހެއްޓުން.

މިހަރާކަށް އައިސް މަދުންނަމަވެސް ހެދިފައިވާ އުސޫލުތަކާ ހިލާފަށް ބައެއް ފަރާތްތަކުން ޢަމަލު ކުރާކަމީ އެންމެހާ ރައްޔިތުންނާއި މުއައްސަސާތަކުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރާ މަސައްކަތް، އެންމެ ފަރުދެއްގެ ސަބަބުން ހުރަސްއެޅޭ ފަދަ ހާލަތެއް މެދުވެރިވެދާނެފަދަ ކަމަކަށްވާތީ މިފަދަ އަމަލުތަކުން ދުރުހެލިވުމަށް ނަސޭހަތްތެރިވަމެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފަރުދީ ޒިންމާ އަދާކޮށްގެން މެނުވީ ކުރިއަށް އޮތްތަނުގައި މަސައްކަތު މަޤްޞަދު ހާސިލްނުކުރެވޭނެތީ މިކަމަށް  އެންމެހާ ރައްޔިތުންގެ އަރިހުން ނުހަނު އިޙްލާސްތެރިކަމޭއެކު އެދެމެވެ.

ކޮވިޑް-19 ރޯގާއިން ރައްކާތެރިވުމަށް އެޅިފައިވާ ފިޔަވަޅުތަކަށް ގިނަ އާންމު ފަރުދުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ނުހަނު އިޙްލާސްތެރިކަމާއެކު މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ.  

02 މޭ 2021
ހޯދާ