އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

މަޤާމް:              އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމްގެ ނަންބަރު:          J-333467

ބޭނުންވާ އަދަދު:            1 (އެކެއް)

މަޤާމުގެ ގިންތި:            ދާއިމީ

މަޤާމުގެ ރޭންކް            GS3

މަގާމުގެ ކްލެސިފިކޭޝަން:         އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:        އދ. ފެންފުށީ އިޖްތިމާއީ މަރުކަޒު

މުސާރަ:               -/4465ރ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަނސް:          -/1500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

އެހެނިހެން އެލަވަންސް:          ސަޕޯޓިން ކޯ އެލަވަންސް -/700ރ (ހަތްސަތޭކަ ރުފިޔާ)

މަގާމުގެ މައިގަނޑު

މަސްއޫލިއްޔަތު ތަކާއި ވާޖިބު ތައް:     1 އިޖުތިމާޢީ މަރުކަޒު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިތަކުގައި ހުޅުވާ ލެއްޕުމުގެ ހުރިހާ

                  އިންތިޒާމުތަކެއް ރާވާހަމަޖެހިފައިވޭތޯ ބަލައި އެކަން އިންތިޒާމުކުރުން.

                  2 ކޮންމެ މަހެއްގެ ޙާޟިރީ/އިތުރުގަޑި ރިޕޯޓް މަހުގެ 15 ވަނަ ދުވަހަށް ނިންމާ،

                  16ވަނަދުވަހު އޮފީސްބަންދުވުމުގެ ކުރިން ފޮނުވުން.

                  3 މަރުކަޒުގެ މުވައްޒިފުންގެ ޙާޟިރީ، އިތުރުގަޑީގައި ހުޅުވާލެއްޕުމުގެ ހުއްދަލިބިގެން ކުރެވޭ

                  މަސައްކަތްތަކުގެ ޙާޟިރީ ބެލެހެއްޓުމާއި، ދުވަހުންދުވަހަށް ނިންމަންޖެހޭ އިދާރީ މަސައްކަތްތައް

                  ނިންމުމާއި، އަޕްޑޭޓް ކުރެވޭ މަޢުލޫމާތުތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ކުޅިވަރާއި

                  އެހެނިހެންކަންތައްތައްކަށް ހޯދޭ ތަކެތީގެ އިންވެންޓްރީ އާއި އެހެނިހެން ލިޔެކިޔުންތައް

                  ފުރިހަމަކުރުމުގެޔަޤީންކަންލިބުމާއި، މަރުކަޒުގެ އަހަރީ ކަލަންޑަރ އެކަށައެޅުމާއި އެކު

                  އެކަލަންޑަރާއިއެއްގޮތްވާގޮތުގެ މަތީން ޕްރޮގްރާމްތައް ހިންގުމާއި، މަރުކަޒުގެ އަހަރީ

                  ރިޕޯރޓްކަޑައެޅިފައިވާތާރީޚަކަށް ފޮނުވުން.

                  4 މަރުކަޒުން ދޭ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ތަކެއްޗާއި، މަރުކަޒުގެ މަރާމާތާއި،

                  އާބަތުރާފިލުވުމުގައި ކުރަންޖެހޭ ކަންތައްތަކުގައި ހޯދަންޖެހޭ ތަކެތި ހޯދުމަށް މަރުކަޒުގެ

                  ކަންތައްތައްކޯޑިނޭޓްކުރާ ކައުންސިލް އިދާރާ މެދުވެރިކޮށް މާލިއްޔަތު ޤަވާޢިދާ

                  އެއްގޮތްވާގޮތުގެ މަތީން ހޯދުމާއި އަދި މަހުންމަހަށް ތައްޔާރުކުރަންޖެހޭ ޚަރަދު

                  ރިޕޯޓް ތައްޔަރުކޮށް ކައުންސިލާއިއެކުރިޕޯރޓް އިވަލުއޭޓް ކުރުން.

                   5 މަރުކަޒުން ބެލެހެއްޓުމަށް ހަމަޖެހިފައިވާ ކުޅިވަރު ކުޅޭ ދަނޑުތަކާއި ، ފުޓްސެލް

                   ދަނޑުތަށް ބެލެހެއްޓޭނޭ ނިޒާމެއްޤާއިމުކުރުން.

                   6 އިޖުތިމާޢީ މަރުކަޒުން ދެވޭ ޚިދުމަތްތަކަކީ އެމުޖުތަމަޢަކަށް ބޭނުންވާ

                   ޚިދުމަތްތަކެއްކަންޔަޤީންކުރުމާއި، ޚިދުމަތްދެމުންދާހުރިހާ ވަގުތެއްގައިވެސް މަރުކަޒުގެ

                    ތަކެއްޗާއި ތަނުގެސަލާމަތްތެރިކަމަށް ސަމާލުކަން ދިނުމާއި، މަރުކަޒުގެ އެއްވެސް

                    އޭރިޔާއެއްގައި ހަމަނުޖެހުންއުފެދޭނޭ އެއްވެސް ކަމެއް ހިނގިޔަނުދިނުމާއި މަރުކަޒުގެ

                    އޭރިޔާތަކުގައި ޤާނޫނާ ޤާވާޢިދާ ޚިލާފްއެއްވެސް ކަމެއް ނުހިގާނެކަމުގެ ޔަ

                   ޤީންކަން ލިބުން.

                   7 މަރުކަޒާއި އަދި މަރުކަޒުން ބަލަހައްޓަންޖެހޭ ތަންތަނުގެ އެތެރެއާއި ބޭރުން ސާފުތާހިރު

                   ކޮށް ބަލަހައްޓަންޖެހޭ ހިސާބުތަށް ކުނިކަހާ ސާފުކުރުވުމާއި، މަރުކަޒުގެ އެތެރޭގެ ހުރިހާތަނެއް

                   ކުނިކަހާ ފޮޅާސާފުކުރުވުމާއި، ތަޅުންގަޑު މޮޕްއަޅާސާފުކުރުމާއެކު ފެންފޮތިލާ ސާފުކޮށް

                   ބެލެހެއްޓުމާއި އެތަންތަނުން ނެގޭ ކުނިތަށް އެރަށެއްގައި ކުނި އުކާލުމަށް ހަމަޖެހިފައިވާ

                   ނިޒާމެއްގެ ދަށުން އުކާލެވޭނޭ ނިޒާމް ހަމަޖައްސާ އަދި އެމަސައްކަތްތައް ކުރުވުން.

                   8 މީގެ އިތުރުން، ކުޅިވަރު ކުޅޭ ތަންތަން ބެލެހެއްޓުމުގެ ގޮތުން ކައުންސިލްގެ ފަރާތުން

                   އަންގާ މަސައްކަތް ކުރުން.

 

މަގާމުގެ ޝަރުތު ތައް:           1 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން

                   'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ

                   ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ'

                   ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

                   1 ފުރިހަމަކޮށްފައިވާ ސިވިލްސާވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް

                  ސިވިލްސާވިސްކޮމިޝަންގެވެބްސައިޓުން http://www.csc.gov.mv/download/2249

                   އަދި މިކައުންސިލްގެއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

                   2 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް

                   ހިމެނޭ ގޮތަށް)

                   3 ވަޒީފާ އަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ

                   ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީއެއް، ނުވަތަ އައި، ޑީ ކާޑު

                   ގެއްލިފައިވާނަމަ،އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިން

                   ލައިސަންސް.    

                   4 ސިވިލް ސަރވިސްއަށް / ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް

                   މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ފަޒީފާއިން

                   ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

                   5 ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ:

                   (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު

                   ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ

                   ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ސެޓްފިކެޓް ނެތް

 

                   ހާލަތްތަކުގައި ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި މޯލްޑިވްސް ކޮލިފިކޭޝަން

                   އޮތޯރިޓީން ދޫކޮށްފައިވާއެމް ކިޔު އޭ އެސެސްމަންޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ

                   ކޮޕީ

                   (ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ

                   ކޮޕީއާއި ޓްރާންސް ކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ

                   ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

                   6 މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

                   (ހ) ސިވިލްސާވިސް ވަޒީފާއެއްގައި ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ

                   ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި

                   (އަހަރާއި މަހާއި ދުވަސް އެންގޭގޮތަށް) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގައި

                   ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން

                   ދޫކޮށްފައިވާ ލިޔުން

                   (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ

                   އަދާކޮށްފައިވާ ވަޒީފާ ވަޒީފާ އަދާކުރި މުއްތަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)

                   ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައި

                   ވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ

                   އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

                   (ނ) ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ،

                   އަދާކޮށްފައިވާ ފަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް

                   އެނގޭ ގޮތަށްވަޒީފާގެ މަސްއޫލިއްޔަތު ތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި

                   ވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ

                   ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާމަގާމަކީ މުސާރަދެވޭ މަގާމެއްކަން ނުވަތަ

                   ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ.ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް

                   އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

                   (ރ) އުވައިލައިފައިވާ ތައުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ

                   އަމިއްލައިދާރާއެއްގައި ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި

                   މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި

                   މަހާއިދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތު ތައް (އެއް އިދާރާއެއްގެ ތަފާތު

                   މަގާމުތަކުގައިވަޒީފާ އަދާކޮށްފައި ވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން

                   ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ވަޒީފާ އަދާކުރި ގޮތް އަންގައިދާ ރެފަރެންސް

                   ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް

ހޮވުމަށް ބެލެވޭނެ ކަންތައްތައް         ކަނަޑައަޅަފައިވާ ޤަވާއިދުތަކާއި އުޞޫލު ތަކާއެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް

                   ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ،

މަގާމަށް އެދެންވީގޮތާއި ސުންގަޑި:       މަޤާމަށް އދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 9 މެއި 2021 ގެ 13:00 ގެ

                   ކުރިން އދ. ފެންފުށީ ކައުންސިލްގެ އިދާރާ އަށެވެ.ވަޒީފާ އަށް އެދޭ ފޯމާއި

                   ލިޔުންތައް އީމެއިލް[email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.  

                   އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް

                   ކަމޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެ

                   އެވެ.

ޝޯޓް ލިސްޓް ކުރުން:           މިފަޒީފާ އަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާ އަށް

                   ބަލައި  ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން

                   ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާން

އޮންނާނެތަނާއި މުއްދަތު:           މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން އޮންނާނީ 10 މެއި

                   2021 އާއި 12 މެއި 2021 އާ ދެމެދު އދ. ފެންފުށީ ކައުންސިލްގެ އިދާރާގައެވެ.

ވަޒީފާ އަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު

ގޮތުގެ ޝީޓް (A2 ފޯމް)

އާންމުކުރުން                  އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް

                      ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް

                      ފެންނާނެހެން މިއިދާރާގެ ނޯޓިސް ބޯޑުގައި އާމްމުކުރެވޭނެއެވެ. ވަޒީފާ އަށް

                      ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ

                      A2 ފޯމު އާންމުކުރާ ދުވަހުންފެށިގެން ރަސްމީބަންދު ނޫން 3 ދުވަހުގެ ތެރޭގައި

                      އެޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިއުލާނާގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6680539 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ 6680889 އެވެ. އީ-މެއިލް ކުރާނީ

[email protected]  އަށެވެ. ސިވިލްސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާ އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް، އަދި އެ

އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް، ސިވިލް ސަރވިސް ކޮމިޝަންގެވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ"

(http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

17 ރަމަޟާން 1442

29 އެޕްރީލް 2021

29 އޭޕްރިލް 2021
ހޯދާ