ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލޭބަރ (ސްކިލްޑް)، ލޭބަރ (ނޮން ސްކިލްޑް) - ހއ.އުލިގަން

ނަންބަރު:FNK/A/IUL/2021/143    

ވަޒީފާގެ ފުރުޞަތު 

ކުންފުނީގެ ހއ.އުލިގަމު ބްރާންޗްގެ އައު އިންޖީނުގޭގެ ނުނިމިހުރި މަސައްކަތްތައް ކުރުމަށް މުވައްޒަފުން ނެގުމަށް ކުރިން ކުރެވުނު ކުންފުނީގެ ނަންބަރ FNK/A/IUL/2021/133 (21 އެޕްރީލް 2021) އިޢުލާ ބާތިލްކޮށް އަލުން ތިރީގައި މިދަންނަވާ މަޤާމްތަކަށް ކޮންޓްރެކްޓް އުޞޫލުން (4 މަސް ދުވަހަށް) މީހުން ހޯދުމަށް ބޭނުންވެއެވެ.

ލޭބަރ (ސްކިލްޑް)

މަޤާމް:

07 (ހަތެއް)

ބޭނުންވާ އަދަދު:

ހއ.އުލިގަން

މަސައްކަތް ކުރަންޖެހޭތަން:

ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން  

މުސާރަ:

(ހ) މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

(ށ) ސިއްހަތު ރަނގަޅު ބުރަ މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.

(ނ) ބައެއް ހާލަތްތަކުގައި ރޭގަނޑުގެ ވަގުތުތަކުގައާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައިވުން.

(ރ) ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

(ހ) ސްޕަވައިޒަރގެ އިރުޝާދުގެ ދަށުން ހަވާލު ކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

މަސްއޫލިއްޔަތު:

(ހ) މަސައްކަތް ކުރަންޖެހޭ މާހައުލަކީ ރާއްޖޭގެ އާއްމު މޫސުމީ މާހައުލު.

(ށ) މަސައްކަތުގެ ގިނަ ވަގުތަކީ ދުވާލުގެ ވަގުތުތައް ކަމުގައިވުމުން ގިނަ ވަގުތު އަވީގައި މަސައްކަތް ކުރަން ޖެހުމަކީ އެކަށީގެންވާކަމެއް.

(ނ) މަސައްކަތުގެ މާހައުލަކީ ތަފާތު މެޝިނަރީ އާއި އާލަތްތައް ގެންގުޅޭ ތަނަކަށްވުމުން މަސައްކަތުގެ އާއްމު މާހައުލަކީ އަޑުގަދަ މާހައުލަކަށްވުން އެކަށީގެންވޭ.

މަސައްކަތުގެ މާހައުލު:

 

ލޭބަރ (ނޮން ސްކިލްޑް)

މަޤާމް:

07 (ހަތެއް)

ބޭނުންވާ އަދަދު:

ހއ.އުލިގަން

މަސައްކަތް ކުރަންޖެހޭތަން:

ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން  

މުސާރަ:

(ހ) ސިއްޚަތު ސަލާމަތުން ހުރުމާއި އެކު ގިނަ ވަގުތު މަސައްކަތުގައި އުޅުން.

ފެންވަރު ނުވަތަ ޝަރުތު:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ހއ.އުލިގަމު ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 09:00 – 12:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 މެއި 2021 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް ނުވަތަ ހއ.އުލިގަމު ބްރާންޗަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

17 ރަމަޟާން 1442

29 އޭޕްރިލް 2021

 

 

 

29 އޭޕްރިލް 2021
ހޯދާ