މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުންފުނީގައި އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމްއެއް ޤާއިމްކުރުމަށް ބޭނުންވާ ކޮންސަލްޓެންސީ ސާރވިސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

                            މި ކުންފުންފުނީގައި އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ މެނޭޖްމަންޓް ސިސްޓަމްއެއް ޤާއިމްކުރުމަށް ބޭނުންވާ ކޮންސަލްޓެންސީ ސާރވިސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެ ކުރެވުނު ނަމްބަރު (IUL)113-PD/I/2021/21 އިއުލާނާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބުތައް އަގު ބޮޑުކަމަށް ފެންނާތީ، އެ އިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރަމެވެ.

ވީމާ، މި ޚިދުމަތް ފޯރުކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައިވާ ގޮތަށް މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

މައުލޫމާތު ސާފުކުރުމާއި ރަޖިސްޓަރީވުން

 04 މެއި 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓަރވުމަށް އެދޭ ފޯމް) ފިލްކުރުން.

 (ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ. އަދި ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

 

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

 11 މެއި 2021 ވާ އަންގާރަ ދުވަހުގެ 11:00 އަށް

 މި ކުންފުނީގެ ހެޑްއޮފީހަށް ވަޑައިގެން އަގު ހުށަހަޅާ ގޮތަށް

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

 

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

 އަގު ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި  ޕްރޮޕޯސަލް

 

         

             މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.

28 އޭޕްރިލް 2021
ހޯދާ