ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސީ.އެމް.ޑީ.އޭ ކޯރޕަރޭޓް ގަވަރނަންސް (ސީ.ޖީ) ކޯޑު އިޞްލާޙުކުރުމާބެހޭ:

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުން 2008 ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުން އަންނަ، ސީ.އެމް.ޑީ.އޭ ސީ.ޖީ ކޯޑަށް އޮތޯރިޓީއިން ހުށަހަޅާފައިވާ އިޞްލާޙުތަކާ ގުޅޭ ގޮތުން ދަންނަވަމެވެ.

މި އިޞްލާޙުތަކުގެ މައިގަނޑު ބޭނުމަކީ، ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގެ ކޮމްޕޮޒިޝަން ކަނޑައެޅޭ ގޮތާއި، ބޯޑަށް ޑިރެކްޓަރުން އައްޔަންކުރުމުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، އައްޔަންކުރެވޭ ޑިރެކްޓަރުން، ޚާއްޞަކޮށް ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންގެ ދައުރާއި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ 'ކޮންޓިނިއުޓީ' ދެމެހެއްޓިގެން ދިއުމަށް މަގުފަހިކުރެވޭ ގޮތް ހެދުމާއި 'އިންޑިޕެންޑެންޓް ޑިރެކްޓަރުން' ގޮތުގައި ކަނޑައެޅޭ ފަރާތްތަކުގެ 'އިންޑިޕެންޑެންސް' އިތުރަށް ކަށަވަރުކުރެވޭނެ މަގުފަހިކުރުމެވެ. 

ވީމާ، މި އިޞްލާޙުތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު 05 މޭ 2021 ގެ ނިޔަލަށް އާންމުކޮށް ހުޅުވާލަމެވެ. މި ގޮތުން، އިޞްލާޙުކޮށްފައިވާ ސީ.ޖީ ކޯޑުގެ ދެލިކޮޕީއެއް ތިރީގައިވާ ލިންކުން ޑައުންލޯޑްކުރެވޭނެކަމުގައި ދަންނަވަމަވެ. އަދި، ސީ.ޖީ ކޯޑުގައި އިޞްލާޙުކޮށްފައިވާ ބައިތަށް ރަތް ކުލައިން ފާހަގަކުރެވިފައިވާނެއެވެ. 

Link to CG code amendment

ސީ.ޖީ ކޯޑުގެ އިޞްލާޙުތަކަށް ހުށަހަޅާ ޚިޔާލު،  [email protected] އަށް އީމެއިލްކުރެއްވުމަށް ދެންނެވީމެވެ. 

 

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ                                                   

3 ވަނަ ފަންގިފިލާ، ހ. އޯކިޑް،

އަމީރު އަޙްމަދު މަގު، މާލެ

ފޯނު: 3014115

16 ރަމަޟާން 1442

28 އެޕްރީލް 2021

28 އޭޕްރިލް 2021
ހޯދާ