ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ ލެބޯޓްރީ ޓެކްނީޝަން

މަޤާމް :ސީނިއަރ ލެބޯޓްރީ ޓެކްނީޝަން
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ ލެބޯޓްރީ ޓެކްނީޝަން

ބޭނުންވާ އަދަދު:

1

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

27

އޮފީސް:

ފެކަލްޓީ އޮފް ހެލްތް ސައިންސަސް

މަޤާމުގެ މުސާރަ:

މަހަކު 7,835.52 ރ

ސަރވިސް އެލަވަންސް:

މަހަކު 3,358.08 ރ

ޢިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުޞޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 7/8 ގެ ސެޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން. ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5 ގެ ސެޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސެޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

 

  • ލެކްޗަރަރ އިން ދެއްވާ އިރުޝާދާ އެއްގޮތްވާގޮތުގެ މަތީން  ފެކަލްޓީ އޮފް ހެލްތް ސައިންސަސް ގެ ފިޒިއޯތެރަޕީ އަދި ޕްރޮސީޖަރ ލެބޯޓްރީގެ މަސައްކަތްތައް ކުރުން.
  • ފެކަލްޓީ އޮފް ހެލްތް ސައިންސަސް ގެ ފިޒިއޯތެރަޕީ އަދި ޕްރޮސީޖަރ ލެބޯޓްރީގެ މާހައުލާއި ތަނުގެ ރައްކާތެރިކަން ބެލެހެއްޓުމާއި ލެބޯޓްރީގައި ހިންގާ ކްލާސްތަކަށް ބޭނުންވާ ޢަމަލީ އަދި އިދާރީ އެހީތެރިކަން ފުރިހަމައަށް ފޯރުކޮށް ދިނުން.
  • ފިޒިއޯތެރަޕީ އަދި ޕްރޮސީޖަރ ލެބޯޓްރީގެ ސްޓޮކް އަދި އިންވެންޓްރީ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތިން ބެލެހެއްޓުމާއި ލެބޯޓްރީގެ އިންވެންޓްރީގައި ހިމެނޭ އެންމެހައި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ފެކަލްޓީގެ މީޓިންގްތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި މީޓިންގްތަކަށް ޙާޒިރުވުމާއި މިފަދަ މީޓިންގްތަކުގައި ނިންމޭ ކަންތައްތައް ނިންމުމަށް ކަނޑައެޅޭ ތާރީޚަށް ނިންމުން.
  • ކޯސްތަކަށް ކިޔަވައި ދެއްވުމަށް ވަޑައިގަންނަވާ ޕާޓްޓައިމް / ފުލްޓައިމް ލެކްޗަރަރ އިން ކިޔަވައިދިނުމަށް ބޭނުންވާ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށް ދެއްވަންޖެހޭ ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށް ދެއްވުން.
  • ފެކަލްޓީގެ ލިޔެކިޔުންތައް ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ފައިލްކޮށް ރަނގަޅަށް ބެލެހެއްޓުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން ފެކަލްޓީގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ ކަންތައްތައް ކުރުން.
  • ކޮންމެ އަހަރަކު ލެބުތަކަށް ހޯދަންޖެހޭ މެޑިކަލް ކޮންސިއުމަބަލްސްގެ ލިސްޓު ހަދާ އެތަކެތި ގަތުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2021 މޭ 05 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

http://bit.do/MNUJobs-FHS-2021-60

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://bit.do/MNU-JobApplicationForm

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްޢޫލިއްޔަތާއި، ވަޒީފާ އަދާކުރަން ފެއްޓެވި ތާރީޚް އަދި އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނަށެވެ.
28 އޭޕްރިލް 2021
ހޯދާ