ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސީނިއަރ މެއިންޓަނަންސް އެންޑް ކާޕެންޓްރީ އޮފިސަރ

މަޤާމް :ސީނިއަރ މެއިންޓަނަންސް އެންޑް ކާޕެންޓްރީ އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

 

 

މަޤާމް

ސީނިއަރ މެއިންޓަނަންސް އެންޑް ކާޕެންޓްރީ އޮފިސަރ

އަސާސީ މުސާރަ

/-8,150 ރުފިޔާ

އެލަވަންސްތައް:

-/3,000 ރުފިޔާ

މަޤާމުގެ ރޭންކް

ޓީޕީ 3

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ކޯޕަރޭޓް ސަރވިސް ޑިޕާރޓްމަންޓް

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމާ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއިން އޮތުން ނުވަތަ މަޤާމާގުޅޭ ދާއިރާއިން  ޑިޕްލޮމާއެއް އޮތުމާއެކު މަޤާމާގުޅޭ ދާއިރާއިން (ހަތަރެއް) 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާގުޅޭ ދާއިރާއިން 8 (އަށެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކޮންޓެންޓް އުފެއްދުމަށް ބޭނުންވާ ސެޓްތަކާއި ސެޓަޕްތައް ހެދުމަށް ބޭނުންވާ ތަކެއްޗާއި ޚަރަދުތައް ދެނެގަނެ، ބަޖެޓް ހެދުމާއި ސެޓްތަކާއި ސެޓަޕްތައް ހަދައިދިނުން؛
  • ކުންފުނީގެ މެއިންޓެނަންސް މަސައްކަތައް ސްޕަވައިޒަރު އަންގާ ގޮތަކަށް ކުރަމުން ގެންދިއުން؛
  • ކުންފުނީގެ ޢިމާރާތްތަކަށް ގެންނަޖެހޭ ބަދަލުތައް ގެނައުމާއި މަރާމާތުކުރުމަށް ބޭނުންވާ މަސައްކަތްކުރުން؛ 
  • ކުންފުނީގެ ޢިމާރާތްތަކާ ގުޅިފައިވާ އެކި ބައިތަކާއި ތަންތަން މަރާމާތުކުރުމުގެ މަސައްކަތް ކުރުން؛ 
  • ކުންފުނީގެ ޢިމާރާތްތަކާއި ތަކެތި ބެލެހެއްޓުމުގެ މަސައްކަތް ކުރުން؛
  • ކުންފުނީގެ އެންމެހާ ޢިމަރާތްތަކާއި ޢިމާރާތްތައް ހިމެނޭ ބިންތަކާއި އެ ތަންތާނގެ ވަށައިގެންވާ ތަންތާނގެ ރައްކާތެރިކަމަށާއި ހަލާކުވުން ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
  • ކުންފުނީގެ އެންމެހާ ޢިމަރާތްތަކާއި ޢިމާރާތްތައް ހިމެނޭ ބިންތަކާއި އެ ތަންތާނގެ ވަށައިގެންވާ ތަންތަން ސާފުކޮށް ބެލެހެއްޓުން؛ 
  • ކުންފުނީގެ އެކިއެކި ޑިޕާރޓްމަންޓްތަކާއި، ސްޓޫޑިއޯތަކުގައި އަޅާފައިވާ ކާރޕެޓް ހަޑިވިޔަނުދީ ވެކިއުމް ކްލީނަރ މެޝިން ބޭނުންކޮށްގެން ސާފުކުރުވުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރުމާއި ކުރުވުން؛ 
  • ކުންފުނީގެ ބޭނުމަށް ގެންނަ އެކިއެކި ތަކެތި، އެ އެއްޗެއް ގެންދިއުމަށް ހަމަޖެހިފައިވާ ތަނަކަށް ގެންގޮސްދިނުން؛
  • ރޭޑިއޯ ޕްރޮގްރާމްތަކާއި ޓީވީ ޕްރޮގްރާމްތަކަށް ބޭނުންވާ މެއިންޓެނަންސް އެހީތެރިކަން ލިބިދިނުން؛
  • ރޭޑިއޯ ޕްރޮގްރާމްތަކާއި ޓީވީ ޕްރޮގްރާމްތަކަށް ސްޓޫޑިއޯތައް ތައްޔާރުކޮށްދިނުން؛
  • ޓީވީ ޕްރޮގްރާމްތަކަށް ބޭނުންވާ ސެޓްތައް ސްޕަވައިޒަރ ޙަވާލުރުމުން ހަދައިދިނުން؛
  • މެއިންޓެނަންސް މަސައްކަތްކާބެހޭ ވީކްލީ އަދި މަންތްލީ ރިޕޯޓްތަކަށް ބޭނުންވާ މަޢުލޫމާތު ލިބިދިނުން؛  
  • ކުންފުނީގެ ލޮޖިސްޓިކް މަސައްކަތްތައް ކުރުވުމާއި، މީޓިންގ އަދި ޙަފްލާތަކަށް ބޭނުންވާ ލޮޖިސްޓިކް ސަޕޯރޓްދިނުމުގެ މަސައްކަތް ބެލެހެއްޓުން؛
  • ކުންފުނީގެ ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން؛
    • ކުންފުނީގެ ފަރާތުން ކުރާ އެހެން މަސައްކަތުގައި ކުންފުނިން ބޭނުންވެއްޖެނަމަ ބައިވެރިވުމާއި އެހީތެރިވުން.
    • ޑިޕާޓްމަންޓްގެ ފަރާތުން ކުރަންޖެހޭ އެހެން ކަންތައްތައް ކުރިޔަށް ގެންދެވުމުގައި ބައިވެރިވެ ޢަމަލީގޮތުން ޙަރަކާތްތެރިވުން.
    • ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުން އިންތިޒާމްކުރާ ކަންތައްތަކަށް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބިދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ލިބިދިނުން.
    • ކުންފުނީގެ ކުރަންޖެހޭ ވަޑާމުގެ ހުރިހާ މަސައްކަތެއްގައި އެހީތެރިވެދިނުން.
    • މީގެ އިތުރުން ޑިޕާރޓްމަންޓް ހިންގަވަން ހުންނަ ވެރިއަކު ޙަވާލުކުރައްވާ އޮފީހުގެ މަސައްކަތްތައްކުރުން.

އިތުރު އެލަނަސްތައް

  • އެޓެންޑެންސް އެލަވަންސް : ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)

ޓެކްނިކަލް ކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ 20% އެލަވަންސް ދެވޭނެއެވެ.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
  • ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 04 މެއި 2021 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000386، 3000364 އާއި ގުޅުއްވުން އެދެމެވެ.

                        15 ރަމަޟާން 1442

27 އޭޕްރިލް 2021
ހޯދާ