ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :2

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

2

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ޑިޕާޓްމަންޓް:

އެގްޒަމިނޭޝަން

ގްރޭޑް:

05

ސްޕައިން ޕޮއިންޓް:

24

މުސާރަ:

މަހަކު  7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3,064.83 ރުފިޔާ

އިނާޔަޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 7/8 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން،ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5 ގެ ސަރޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • ޙަވާލުކުރެވޭ ތާވަލުގައިވާ ގޮތުގެމަތިން އިމްތިޙާނުތައް ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވައިގެން ކުރުން.
  • އިމްތިހާން ޓައިމްޓޭބަލް ހެދުމަށްޓަކައި ފެކަލްޓީ/ސެންޓަރުތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދުން.
  • އިމްތިހާން ޓައިމްޓޭބަލް އެކުލަވާލުމުގެ މަސައްކަތުގައި އެހީތެރިވުން.
  • އިމްތިހާން ކަރުދާސްތައް ޕްރިންޓްކޮށް، އިމްތިހާން ހޯލަށް ބޭނުންވާ ގޮތަށް ތައްޔާރުކުރުން.
  • އިމްތިހާން ހޯލަށް ބޭނުންވާ އެހެނިހެން ތަކެތި ތައްޔާރުކުރުން.
  • އިމްތިހާނު ހެދުމަށްޓަކައި ބޭނުންވާ ހޯލް/ރޫމްބުކްކޮށް، އިމްތިހާން އޮންނަ ދުވަހުގެ ކުރިން އެތަންތަން އިމްތިހާނުގެ ބޭނުމަށް ލިބިފައިވާކަން ކަށަވަރު ކުރުން.
  • އިމްތިހާން ހޯލްތަކުގައި އެއްވެސް މައްސަލައެއް ހުރިތޯ އިމްތިހާން އޮންނަ ދުވަހުގެ ކުރިން ޗެކްކުރުން ނުވަތަ ޗެކްކުރުމަށް ކަމާބެހޭ ފަރާތަށް އަންގާ އެކަން އެފަރާތުން ކުރިކަން ކަށަވަރުކުރުން.
  • އިމްތިހާން އިންވިޖިލޭޓް ކުރުން.
  • އިމްތިހާނަށް ބޭނުންވާ ތަކެއްޗަށް ކުރިޔާލާ ސްޓޮކުން އެދުމާއި އެތަކެތި ސްޓޮކުން ނެގުން.
  • ސްޓޮކްގައި އިމްތިހާނަށް ޚާއްސަ ކުރެވިފައިވާ ތަކެތި މަދުވަމުންދާ ނިސްބަތުން އޯޑަރުކުރުމަށް ސްޓޮކް ބަލަހައްޓާ ފަރާތަށް އެދުން.
  • އެގްޒޭމިނޭޝަން އޮފީހުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  • ކަމާބެހޭ ލިޔެކިޔުންތައް ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
  • އިމްތިހާނަށްފަހު ނައްތާލަންޖެހޭ ލިޔުންތައް ގަވާއިދުން ނައްތާލުން.
  • އިމްތިހާން ކަރުދާސްތައް ރައްކައުތެރިކޮށް ބެލެހެއްޓުން. އަދި އެތަކެތި އެހެން ފަރާތްތަކަށް ނުފެންނާނޭ ފަދަ ގޮތަކަށް ރައްކައުކުރެވިފައިވާކަން ކަށަވަރުކުރުން.
  • އިމްތިހާން ކަރުދާހުގައިވާ އެއްވެސް މައުލޫމާތެއް އެހެން ފަރާތަކާ ހިއްސާނުކުރުން.
  • އިމްތިހާނަށް ދަރިވަރުން އައުމުގެ ކުރިން އިމްތިހާނަށް ބޭނުންވާ ތަކެތި އިމްތިހާނު ހޯލުގައި ހަމައަށް ހުރިތޯ ކަށަވަރުކުރުން.
  • އިމްތިހާން ބޭއްވުމަށްޓަކައި އައުޓް-ރީޗް ސެންޓަރުތަކަށް ދަތުރުކުރާ ޗީފް އިންވިޖިލޭޓަރުންގެ ދަތުރުގެ ކަންތައްތައް ހަމަޖެއްސުން.
  • އެހެން ކެމްފަހެއް ނުވަތަ އައުޓް-ރީޗް ސެންޓަރެއްގައި އިމްތިހާން ހެދޭނެގޮތް ހަދާދިނުމަށް ދަރިވަރަކު އެދޭނަމަ، ޤަވާއިދުން އެކަން ހަމަޖައްސައި ދިނުން.
  • ކޮންމެ އިމްތިހާނެއް ނިމުމުން އެ އިމްތިހާނާއި ބެހޭ ތަފްސީލް ރިކޯޑް އެކުލަވާލުން.
  • އެގްޒޭމިނޭޝަން އޮފީހުން ދޫކުރާ އިމްތިހާންތަކުގެ ނަތީޖާ ޝީޓް ޕްރިންޓްކޮށް، ރިސެޕްޝަނުން ދޫކުރެވޭނޭ އިންތިޒާމް ހަމަޖެއްސުން.
  • އިމްތިހާން ޓައިމްޓޭބަލާއި، އިމްތިހާނުގެ ޤަވާއިދުތައް ވެބްސައިޓުން ލިބޭނޭގޮތަށް ބެހެއްޓުން.
  • ޔުނިވަރސިޓީ ވެބްސައިޓްގެ އިމްތިހާނާ ބެހޭ ބައިގައިވާ މައުލޫމާތުތައް ޤަވާއިދުން އަޕްޑޭޓްކުރުން.
  • އަހަރީ ރިޕޯޓަށް ބޭނުންވާ އިމްތިހާންތަކާއި ބެހޭ މަޢުލޫމާތު ތައްޔާރުކޮށް، ކަޑައެޅިފައިވާ މުއްދަތަށް ކަމާ ބެހޭ ސެކްޝަނާ ޙަވާލުކުރުން.
  • އެގްޒޭމިނޭޝަން އޮފީހުން ފޮނުވަންޖެހޭ ލިޔެކިޔުން ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުމަށް ރިސެޕްޝަނާ ޙަވާލުކުރުން. އަދި އެތަކެތި އެޑްރެސް ކުރެވިފައިވާ ފަރާތްތަކަށް ރައްދުކުރެވިފައިވޭތޯ ބެލުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2021 މޭ03 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

http://bit.do/MNUJobs-CA-2021-57

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application.pdf

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެއްވެސް ކޯހެއްގައި ކިޔަވަމުންދާ ދަރިވަރަކަށް ވެގެން ނުވާނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަމްބަރު ފޯނަށެވެ.
26 އޭޕްރިލް 2021
ހޯދާ