އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޕަބްލިކް ރިލޭޝަންސް ކޮންސަލްޓެންޓް

މި ކުންފުނީގެ ނަންބަރAS/IUL/2021/018 ގެ އިޢުލާނަށް އެކަށީގެންވާވަރަށް ކެންޑިޑޭޓުން ލިބިފައިނުވާތީ، ތިރީގައިމިވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

 

އިޢުލާން ނަންބަރު: AS/IUL/2021/021

އާސަންދަ ކުންފުނި އަދި ހުސްނުވާ އާސަންދަ ސްކީމަށް އާންމުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ތިރީގައިމިވާ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ. މިމަގާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް ފަރާތެކެވެ.

 

މަޤާމް: ޕަބްލިކް ރިލޭޝަންސް ކޮންސަލްޓެންޓް

ބޭނުންވާ އަދަދު: 01 (އެކެއް)

މަސައްކަތުގެ މުއްދަތު: 03 މަސް ދުވަސް.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

  • ކޮންސަލްޓެންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އާސަންދަ ކުންފުނި އަދި ހުސްނުވާ އާސަންދަ ސްކީމަށް އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް އެކިއެކި ޕްރޮގްރާމްތައް ރޭވުމާއި އާސަންދައިން ފޯރުކޮށްދޭ ޚިދުމަތްތައް ޕްރޮމޯޓްކުރުން.
  • އާސަންދައިގެ ޚިދުމަތްތަކާ ބެހޭގޮތުން މީޑިއާއަށް މަޢުލޫމާތު ދިނުމާއި، ނޫސް ބަޔާންފަދަ މީޑިއާއަށް މަޢުލޫމާތު ދިނުމަށްޓަކައި ބޭނުންވާނެ ތަފާތު އެކި ރިޕޯޓު، ކޮންޓެންޓް އަދި ޓެންޕްލެޓް ތައްޔާރުކުރުން.

 

މި މަސައްކަތާގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެެ. އަދި މިމަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ [email protected]  އީމެއިލް ކުރެއްވުން އެދެމެވެ.

 

ކުރިމަތިލުމުގެ ސުންގަޑި:  2021 މޭ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން

 

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  2. ސީވީ.
  3. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ
  4. މަސައްކަތާގުޅޭ ތަޖުރިބާ ދައްކުވައިދޭ އެހެނިހެން މަސައްކަތްތަކުގެ ޕޯޓްފޯލިއޯ.
  5. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

 

ޚާއްޞަ ސަމާލުކަމަށް:

- ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި މަޤާމަށް މީހަކު ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި ކޮށްފައިހުރި މިބާވަތުގެ މަސައްކަތުގެ ކުޑަބޮޑުމިނަށް ބެލުމަށްފަހުއެވެ.

 

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

26 އޭޕްރިލް 2021
ހޯދާ