މަޤާމު:
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު
|
ޑިޕާޓްމަންޓް:
|
ޕްރޮޖެކްޓްސް ޑިޕާޓްމަންޓް
|
ގްރޭޑް:
|
05
|
ސްޕައިން ޕޮއިންޓް:
|
24
|
މުސާރަ:
|
މަހަކު 7,151.26 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 3,064.83 ރުފިޔާ
|
އިނާޔަޔްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
|
މަގާމުގެ ޝަރުތު:
|
- ސެޓިފިކެޓް ލެވެލް 7/8 ގެ ސެޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން. ނުވަތަ،
- މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5 ގެ ސެޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
- މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސެޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ޕްރޮޖެކްޓްތަކާ ގުޅިގެން އަންނަ ސިޓީތައް ބަލައި، ދޭންވީ ޖަވާބު ދިރާސާކޮށް، ޖަވާބު އެކުލަވާލައި ސުޕަވައިޒަރާއި މަޝްވަރާކޮށް ޖަބާދިނުން.
- ޕީ.އެސް.އައި.ޕީ، ޔުނިވަރސިޓީ އިން ޚަރަދު ކުރާ، ނޭޝަނަލް އަދި އިންޓަރނޭޝަނަލް އެކި އެކި ޕްރޮޖެކްޓްތަކުގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެ، ޕްލޭންކުރުމާއި، އެގްޒިކިޔުޓް ކުރުމާއި ރިޕޯރޓް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވުން.
- އެކިއެކި ޕްރޮޖެކްޓްސް އާއި ގުޅިގެން ހަދާ ޕްރޮޖެކްޓް ޑިޒައިން، ބީއޯކިއު، ޓެނޑަރ ޑޮކިޔުމަނޓްސް ފަދަ ކަންކަން ތައްޔާރުކުރުމުގައި ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.
- ޕްރޮޖެކްޓްތަކުގެ ޢިމާރާތްތައް ކުރެވެމުން ދާގޮތް މޮނިޓަރ ކުރުމަށް ހަމަޖައްސާފައިވާ އުޞޫލްތަކުން ކަންކުރޭތޯ ބެލުމާއި، ޖެހޭ މައްސަލަތައް ސްޕަވައިޒަރަށް ހުށަހަޅާ ކޮންޓްރެކްޓަރުންގެ ސުވާލުތަކަށް ފުރަތަމަ ފެންވަރުގައި ޖަވާބު ދިނުން.
- ޕްރޮޖެކްޓް މޮނިޓަރިންގ ޖަލްސާތައް އިންތިޒާމްކޮށް އަންނަ ފަރާތްތަކާ މަރުޙަބާ ކިޔައި ޖަލްސާގެ ޔައުމިއްޔާ ނަގާ ސްޕަވައިޒަރަށް ހުށަހެޅުން.
- ޕްރޮޖެކްޓްތަކާއި ގުޅިގެން ހިންގާ އެންމެހާ ޕްރޮކިޔުމަންޓް ހަރާކާތްތަކުގައި އަމަލީގޮތުން އިސްނަގައިގެން އުޅުން. މިގޮތުން ސްޕެސިފިކޭޝަން ހޯދުމާއި، ލިސްޓް އެކުލަވާލުން، ބިޑްކުރުން، ހުއްދަތައް ހޯދުންފަދަ އެންމެހާ ކަންކަން ޤަވައިދުން ކުރުން.
- ޕްރޮޖެކްޓާއި ގުޅޭޖަލްސާތައް އިންތިޒާމްކުރުމާއި، ޔައުމިއްޔާ ނެގުމާއި، ޖަލްސާގައި ނިންމާ ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންތައްތައް ފޮލޯއަޕް ކޮށް ކުރިއަށް ގެންދިއުން.
- އައު ޕްރޮޖެކްޓްތައް އެކުލަވާލުމުގައި ސްޕަވައިޒަރަށް އެހީތެރިވުން.
- ޕްރޮޖްކްޓްތައް މޮނިޓަރ ކޮށް، ސަރުކާރާއި، ބައިނަލްއަގުވާމީ އިދާރާތަކަށް ފޮނުވަންޖެހޭ ރިޕޯރޓްތައް އެކުލަވާލުމުގައި އަމަލީގޮތުން ބައިވެރިވުމާއި، އެކަންކަން ޤަވާއިދުން ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ކުރަމުން ދިއުން.
- ޕްރޮޖެކްޓް މޮނިޓަރިންގް ސޮފްޓްވެއަރ ގެ އެހީގައި ޕްރޮޖެކްޓްތައް މޮނިޓަރކޮށް ބެލެހެއްޓުން
- ޕްރޮޖްކްޓް މޮނިޓަރ ކުރުމުގެ ގޮތުން އެކިއެކި ސަރުކާރުގެ މުއައްސަސާ ތަކުން ފުރިހަމަ ކުރަންހަވާލުކުރާ ޕްރޮޖްކްޓް އަޕްޑޭޓްތައް ޤަވާއިދުން ފުރިހަމަކޮށް އަޕްޑޭޓް ކުރަމުން ދިއުން.
- ސެކްޝަނަށް އަލަށް ވަންނަ މުވައްޒަފުން އޮފީހުގެ މަސައްކަތްތަކަށް އަހުލުވެރި ކުރުވުން.
- ޕްރޮޖެކްޓްތަކާ ބެހޭގޮތުން ރާއްޖެ ތެރެއަށް ކުރާ ދަތުރު ތަކުގެ ޓިކެޓު ބުކިންގްސް ހަދައި ހުރުމާ ކެއުމާއި ދަތުރުގެ އެހެން އިންތިޒާމްތައް ހަމަޖެއްސުން.
- ޑެޕިޔުޓީ ވައިސް ޗާންސްލަރ (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް) ފަރާތުން ކުރަންޖެހޭ މަސައްކަތްތައް (ސިޓީ/ލިޔުން ތައްޔާރުކުރުން، އެޕޮއިންމަންޓްތައް ބެލެހެއްޓުން) ސެކްރެޓަރީއެއްގެ ގޮތުން ބެލެހެއްޓުން އަދި އެހީތެރިވެދިނުން.
- އެހެން ސެކްޝަންގެ މަސައްކަތްތަކުގައި އެހީތެރިކަން ދިނުމަށް އެދިއްޖެ ހާލަތުގައި އެއްބާރުލުން ދިނުން.
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2021 މޭ 03 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމު ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
http://bit.do/MNUJobs-CA-2021-58
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
http://mnu.edu.mv/wp-content/uploads/2016/10/Job-Application.pdf
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަމްބަރު ފޯނަށެވެ.
|