މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ދޫކުރާ "ވަރކް ޕާރމިޓް ކާޑު" އާ ގުޅޭ

އިޢުލާން

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ދޫކުރާ "ވަރކް ޕާރމިޓް ކާޑު" އާ ގުޅޭ

ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ އައު ގަވާއިދު (ނަންބަރު 2021/R-16) ގައި ބަޔާންކުރާ ގޮތުގެ މަތިން، ކުރިން އަމަލުކުރަމުން ގެންދިޔަ ގަވާއިދުތަކުގެ ދަށުން ދޫކުރި އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ބަދަލުގައި ވަރކް ޕަރމިޓް ދޫކުރުމާއި އަދި ރާއްޖޭގައި މަސައްކަތްކުރަމުންގެންދާ ބިދޭސީންނަށް މޯލްޑިވްސް އިމިގްރޭޝަނުން ދޫކުރަމުން ގެންދިޔަ "ވާރކް ވިސާ ކާޑު"ގެ ބަދަލުގައި، "ވަރކް ޕާމިޓް" ކާޑު ދޫކުރުމުގެ މަސައްކަތް މި މިނިސްޓްރީ އިން މިދަނީ ކުރަމުންނެވެ.

ވަރކް ޕަރމިޓް  ކާޑު ދޫކުރުމުގައި ޚަރަދުކުޑަ، އަވަސް އަދި ފަސޭހަ ގޮތެއްގެ މަތިން، ވަރކް ޕަރމިޓް ކާޑު  ބިދޭސީންނަށް ލިބޭނެ އަދި ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، ޕްރިންޓްކޮށްގެން ދޫކުރެވޭ "ފިޒިކަލް ވަރކް ޕަރމިޓް ކާޑު"ގެ އިތުރުން "ވަރޗުއަލް ވަރކް ޕަރމިޓް ކާޑު" ލިބޭނެ އިންތިޒާމް މި މިނިސްޓްރީން ހަމަޖައްސާދީފައިވާނެ ކަމުގައި ދެންނެވީމެވެ. އަދި، ވަޒީފާދޭ ފަރާތްތަކުގެ ބެލުމުގެދަށުގައިވާ ބިދޭސީންގެ ވަރކް ޕަރމިޓް ފީ ދައްކާ، ވަރކް ޕަރމިޓާ ގުޅިގެން ފުރިހަމަކުރަންޖެހޭ ހުރިހާ ކަންކަން ފުރިހަމަކުރާތާ 48 ގަޑިއިރުގެ ތެރޭގައި،އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް "ވަރޗުއަލް ވަރކް ޕަރމިޓް ކާޑު" ލިބޭނެ ވާހަކަ ދެންނެވީމެވެ. އަދި ފިޒިކަލް ވަރކް ޕަރމިޓް ކާޑު ބޭނުންވެލައްވާ ފަރާތްތަކަށް މި މިނސްޓްރީގެ މެއިލް [email protected] އަށް މެއިލް ކުރެއްވުމުން ޕްރިންޓް ކުރެވިފައިވާ ކާޑް 03 ދުވަހުގެ ތެރޭގައި އެ ފަރާތަތަކަށް ދޫކުރާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

"ފިޒިކަލް ވަރކް ޕަރމިޓް ކާޑު" އަދި "ވަރޗުއަލް ވަރކް ޕަރމިޓް ކާޑު" ބޭނުންކުރާ ކޮންމެފަރާތަކަށްވެސް ކާޑުގެ ޞައްހަކަން އަދި ޞައްޙަ މުއްދަތު، ކާޑުގައިވާ "ކިއު.އާރް ކޯޑް" ސްކޭންކޮށްގެން ބެލޭނެ ވާހަކަ  ދެންނެވީމެވެ.

މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން، ވަރކް ޕަރމިޓް ކާޑު ބޭނުންކޮށްގެން ބިދޭސީ ފަރާތުގެ މައުލޫމާތު ދެނެގަނެ ހުއްދައިގެ ޞައްޙަކަށް ދެނެގަތުމުގައި އަމަލުކުރާނެ ގޮތުގެ އަދި ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން ރާއްޖޭގައި މަސައްކާތްކުރާ ބިދޭސީއެއްކަން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދެނެގަތުމުގައި އަމަލުކުރާނެ ގޮތުގެ މެނުއަލް  އެކްސްޕެޓް ސިސްޓަމް  xpat.egov.mv ގެ ހޯމް ޕޭޖް އަދި މި މިނިސްޓްރީގެ ވެބްސައިޓް employement.trade.gov.mv ން ލިބޭނެވާހަކަ ދެންނެވީމެވެ.  

       ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

 

 

 

 

 

25 އޭޕްރިލް 2021
ހޯދާ