ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ

މަޤާމް :އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                        

 

މަޤާމް

އެސިސްޓެންޓް ހިއުމަން ރިސޯސް އޮފިސަރ

އަސާސީ މުސާރަ

-/5,900 ރުފިޔާ

އެލަވަންސްތައް:

-/2,500 ރުފިޔާ

މަޤާމުގެ ރޭންކް

އޭ އެސް 6

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ހިއުމަން ރިސޯސް

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ގުޅޭ ދާއިރާގެ ޑިޕްލޮމާއެއް އޮތުން، ނުވަތަ ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 4 (ހަތަރެއް)  މާއްދާއިން ފާސްވުމާއެކު ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ  ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކުންފުނީގެ ވަޒީފާތަކަށް ބޭނުންވާ މީހުން ކުންފުނީގެ ސިޔާސަތާ އެއްގޮތަށް ހޯދުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައްކުރުން
  • މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް ކުރުމާއި، އެމުވައްޒަފެއްގެ ކްލިއަރެންސްގެ އެންމެހާ މަސައްކަތްތައް ކުރުން
  • ވަޒީފާއިން ވަކިވާ މުވައްޒަފުގެ ކްލިއަރެންސް ނިމުމުން، ދޭންޖެހޭ ނުވަތަ އުނިކުރަންޖެހޭ ފައިސާ މެމޯ ފައިނޭންސް ޑިޕާޓްމަންޓަށް ފޮނުވުން.
  • ބިދޭސީ މުވައްޒަފުންގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ އެޖެންޓާއި ގުޅިގެން ބިދޭސީ މުވައްޒަފުންނާއި ގުޅުންހުރި މަސައްކަތްތަށް ކުރުމަށް އެފަރާތައް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  • މުވައްޒަފުންގެ ޗުއްޓީ ޕްލޭންތަކާއި ޗުއްޓީއާބެހޭ އެންމެހާ ރެކޯޑްތައް ބެލެހެއްޓުމާއި ހަވާލުވެހުރި މުވައްޒަފު ނެތް ޙާލަތުގައި އެމަސައްކަތް ކުރުން
  • ކުންފުނީގެ އެކިއެކި މަޤާމުތަކަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުމަށް އެހީތެރިވުން.
  • މުވައްޒަފުންގެ ރިކްރިއޭޝަންގެ ކަންކަން ރާވައި ހިންގުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް އެހީތެރިވެދިނުން
  • ޑިޕާރޓުމަންޓުގެ އެންމެހާ މުވައްޒަފުން ޗުއްޓީ ނެގުންފަދަ  ނުވަތަ ދިމާވާ އެހެނިހެން ޙާލަތަކާއި ގުޅިގެން އެމުވައްޒަފެއްގެ މަސައްކަތް ކުރަން ސުޕަވައިޒަރު ޙަވާލުކޮށްފިނަމަ މިހާރު އަދާކުރަމުންދާ މަސްއޫލިއްޔަތުތަކާއި ގުޅޭ މަސައްކަތްތަކަށް ދަތިނުވާނެފަދަ ގޮތަކަށް އެކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • މިކަންކަމުގެ އިތުރުން ހިއުމަން ރިސޯސްއާއި ގުޅުންހުރި މަސައްކަތްތަކާއި، ކުންފުނީގެ މެނޭޖްމަންޓްއިން ހަވާލުކުރާ މަސައްކަތްތަކުގެ ތެރެއިން ހިއުމަން ރިސޯސްގެ އެހީތެރިކަން ބޭނުންވާ މަސައްކަތްތައް ކުރުން.

އިތުރު އެލަނަސްތައް

  • އެޓެންޑެންސް އެލަވަންސް : ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
  • ޓެކްނިކަލް ކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ %20 އެލަވަންސް ދެވޭނެއެވެ.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
  • ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 02 މެއި 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364 އާއި ގުޅުއްވުން އެދެމެވެ.

 

                           13 ރަމަޟާން 1442

25 އޭޕްރިލް 2021
ހޯދާ