މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަލްޓަން ޕާރކްގައި ތަރައްޤީކޮށްފައިވާ ވިންޓަރ ތީމް ޕާރކް ހިންގައި ބެލެހެއްޓުމަށް އެއްބަސްވުން ހަދާފައިވާ ފަރާތް ހޯދުމާއި ގުޅޭ

            ސަލްޓަން ޕާރކްގައި ތަރައްޤީކޮށްފައިވާ ވިންޓަރ ތީމް ޕާރކް ހިންގައި ބެލެހެއްޓުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހަވާލުކޮށްފައިވާ ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވިންޓަރ ތީމް ޕާރކް އޮޕަރޭޓް ކުރަމުން ނުދާތީ، ޑައިމަންޑް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް އަންގަންޖެހޭ އެންގުންތައް ފޮނުވުމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އެޑްރެހުގައި އެ ކުންފުނީގެ އޮފީހެއް ނެތުމާއި ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑާއި އެކު މުއާމަލާތް ކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވީނަމަވެސް ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ އެއްވެސް ބޭފުޅަކާ މުޢާމަލާތް ކުރެވޭނެ ގޮތެއް ނުވުމާއި،  އަދި މިވަގުތު ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑް ހިންގަމުން ދަނީ ކޮން އެޑްރެހެއްގައި ކަން  މިކައުންސިލަށް އެނގިފައި ނުވެއެވެ.

            ވީމާ، ސަލްޓަން ޕާރކުގައި ތަރައްޤީކޮށްފައިވާ ވިންޓަރ ތީމް ޕާރކް ހިންގައި ބެލެހެއްޓުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެކު އެއްބަސްވުމުގައި ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވާ ފަރާތް ނުވަތަ އެކުންފުނީގެ ޑިރެކްޓަރުންގެ ތެރޭގައި ހިމެނޭ ބޭފުޅަކު މިއަދު (22 އޭޕްރިލް 2021) ން ފެށިގެން 10 ދުވަހުގެ ތެރޭގައި މިކައުންސިލަށް ހާޟިރުވުމަށް އަންގަމެވެ.މި މުއްދަތުގެ ތެރޭގައި ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ބޭފުޅަކު، މާލޭ ސިޓީ ކައުންސިލަށް ހާޟިރުނުވެއްޖެނަމަ ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑާއި އެކު ވިންޓަރ ތީމް ޕާރކް ހިންގައި ބެލެހެއްޓުމަށް ވެފައިވާ އެއްބަސްވުން ކެންސަލް ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.

22 އޭޕްރިލް 2021
ހޯދާ