މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ރޯދަމަހުގެ ރޭތައް އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ސަމާލުކަމަށް ގެނައުން

އިޢުލާން

 

ރޯދަމަހުގެ ރޭތައް އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ސަމާލުކަމަށް ގެނައުން

 

މި މިނިސްޓްރީގެ އިޢުލާން ނަންބަރު (IUL)101-BR/1/2021/77   (1 އެޕްރިލް 2021) އަދި އިޢުލާނު ނަންބަރު (IUL)101-BR/1/2021/76 (1 އެޕްރިލް 2021) އިން ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑި ކަނޑައަޅައި، ޢާންމުކޮށް އިޢުލާނުކޮށްފައިވާނެއެވެ.

 

  • ރޯދަމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ، އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދުއެވެ.
  • ރަމަޟާން މަހުން ފެށިގެން، ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު،  މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ހެނދުނު 8:00 އިން މެންދަމު 12:00 އަށެވެ.

މި މުއްދަތުގެ ތެރޭގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދޫކޮށްފައިނުވާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، ވިޔަފާރިކުރާ ތަންތަނުން މަތީގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމަށް އާންމުކޮށް އަންގާ އިޢްލާންކުރީމެވެ.

18 އޭޕްރިލް 2021
ހޯދާ