ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442 ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާއިބެހޭ

މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 3 ރަމަޟާން 1442 ( 15 އޭޕްރީލް  2021) ވާ ބުރާސްފަތި ދުވަހުން ފެށިގެން 27 ރަމަޟާން1442 (09 މެއި 2021 ) ވާ އާދީއްތަ  ދުވަހުގެ  ނިޔަލަށްށެވެ.  ފިޠުރު ޒަކާތް ބަލައިގަންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9.30 ން 12.30 ހާއި ދެމެދު މި ކައުންސިލް އިދާރާއިންނެވެ. ޒަކާތް ދައްކަވަން ދުރުވާއިރު ދައްކަވަން ޖެހޭ ޢަދަދަށް ފައިސާ މާރު ކުރައްވައިގެން ދުރުވުން އެދެމެވެ. ފިޠުރު ޒަކާތަށް ދައްކަވަންޖެހޭ މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރު ތެރޭގައި އާންމުކޮށް ކައި އުޅުނު ބާވަތްތަކުން  ( ގޮވާމުން) އެރަށެއްގައި 2.4 ކިލޯގެ މިންވަރުގެ އެދަދަށްވާ  ފައިސާއެވެ.

ހއ. ބާރަށުން ޒަކާތް ބަލައި ގަތުމަށް ހަމަޖެހިފައިވާ އަގުތައް މިދަންނަވަނީއެވެ.

 އާދައިގެ ހަނޑުލުންނަމަ މީހަކަށް ދައްކަވާނީ:  76/11 ރުފިޔާ

ރަތްހަނޑުލުންނަމަ މީހަކަށް ދައްކަވާނީ :  -/84    ރުފިޔާ

ތައިލެންޑް ހަނޑުލުންނަމަ މީހަކަށް ދައްކަވާނީ : 80/52 ރުފިޔާ

ބާސްމަތީ އާދައިގެ ހަނޑުލުންނަމަ މީހަކަށް ދައްކަވާނީ:  20/73 ރުފިޔާ

ބާސްމަތީ މޮޅު ހަނޑުލުންނަމަ މީހަކަށް ދައްކަވާނީ : -/84 ރުފިޔާ

ބާސްމަތީ އެންމެ މޮޅު ހަނޑުލުންނަމަ މީހަކަށް ދައްކަވާނީ : -/96 ރުފިޔާ

އާޓާ ފުށުންނަމަ މީހަކަށް ދައްކަވާނީ:  10/59 ރުފިޔާ

އާދައިގެ ފުށުންނަމަ މީހަކަށް ދައްކަވާނީ:  36/9 ރުފިޔާ

 

   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

                02 ރަމަޟާން 1442

                  14 އޭޕްރީލް  2021

14 އޭޕްރިލް 2021
ހޯދާ