އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުސަތު

ތާރީޚް: 18 އޭޕްރިލް 2021

ނަންބަރު:(IUL)486/1/2021/1001

އިޢުލާނު

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ތިރީގައިވާ މަގާމްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

ކޭސް މެނޭޖްމަންޓް އޮފިސަރ

ބޭނުންވާ އަދަދު:

2 (ދޭއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ޑިޕާރޓްމަންޓް އޮފް ޓެކްނިކަލް ސަޕޯރޓް

މުސާރަ:

ު 11,000/- ރ(އެގާރަ ހާސް ރުފިޔާ)

ސަރވިސް އެލަވަންސް:

5500/- ރ (ފަަސްހާސް ފައްސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      އިންތިޤާލީ އިންސާފުގެ އޮމްބަޑަސްޕަރސަންސްގެ އޮފީހަށް ހުށަހެޅޭ މައްސަލަތަކާއި ޝަކުވާތަކަށް ޖަވާބު ދިނުމުގައި އިދާރީ އެންމެހައި ކަންކަން ބެލެހެއްޓުން؛

2-      އޮފީހަށް ހުށަހެޅޭ މައްސަލަތަކާއި ޝަކުވާތަކުގެ ރަޖިސްޓަރީ ބެލެހެއްޓުން.

3-      އޮފީހުގެ މަސައްކަތްތަކަށް އެވަގުތަކު ބޭނުންވާ އެހީތެރިކަމެއް ފޯރުކޮށްދިނުން.

4-      ކޮމްޕްލެއިންޓްސް އެންޑް ރަޖިސްޓްރޭޝަން ޔުނިޓު އަދި ވިކްޓިމް ސަޕޯޓް އަދި މީޑިއޭޝަން އެންޑް ޑިސްޕިއުޓް ޔުނިޓްގެ އިދާރީ މަސައްކަތް ކުރުން

5-      މައްސަލަހުށަހަޅާ ފޯމްތަކާއި ސިޓީތައް ސިސްޓަމަށް އެންޓަރ ކުރުމަށްފަހު ސަޕޯޓް ސާރވިސް ޑިޕާޓްމަންޓްގެ ޑިރެކްޓަރއަށް ފޮނުވުން

6-      މައްސަލަތަކާ ގުޅިގެން އެކިއެކި މުއައްސަސާތަކުން އަންނަ ސިޓީތައް ހޯދައި ސިސްޓަމުން ލިންކުކުރުން.

7-      މަސް ނިމުމުން މަސްދުވަހުގެ ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިވެދިނުން.

8-      ކޮންމެ އަހަރެއް ނިމުމުން އެއަހަރެއްގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުގެ ތަފާސް ހިސާބު ތައްޔާރުކުރުމަށް އެހީތެރިވެދިނުން.

9-      އަދި މިނޫންވެސް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން

މަޤާމުގެ ޝަރުޠުތައް:

ދާއިރާއާ ގުޅޭގޮތުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާގައި 3 އަހަރު ގެ ތަޖުރިބާ ލިބިފައިވުން

މަޤާމު:

ވިކްޓިމް ސަޕޯޓް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ޑިޕާރޓްމަންޓް އޮފް ޓެކްނިކަލް ސަޕޯރޓް

މުސާރަ

ު 15,500/- ރ (ފަނަރަަހާސް ފައްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

6,500/-ރ (ހަހާސް ފައްްސަތޭކަ ރުފިޔާ)

1. ވިކްޓިމް ސަޕޯޓް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި، އިންސާފު އަދި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައްކުރުމާއި ދޭންޖެހޭ ޚިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުން.

2. ވިކްޓިމް ސަޕޯޓް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބިފައިވާ ފަރާތްތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައްކުރުމާއި، އެފަރާތްތަކުގެ މައްސަލަ ކުރިއަށްދާގޮތުގެ މަޢުލޫމާތު ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުން.

3. ވިކްޓިމް ސަޕޯޓް ޔުނިޓްގެ އިޖްރާޢަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހެކިންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުން.

4. ވިކްޓިމް ސަޕޯޓް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބިފައިވާ ފަރާތްތަކާއި ގުޅިގެން އެހެނިހެން މުއައްސަސާތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައްކުރުން.

5. ވިކްޓިމް ސަޕޯޓް ޔުނިޓްގެ މަސައްކަތާ ގުޅުންހުރި އެހެން މުއައްސަސާތަކަށް ހުށަހަޅަންޖެހޭ މައްސަލަތައް ސުޕަވައިޒަރުގެ އިރުޝާދާއެއްގޮތަށް މުއައްސަސާތަކަށް ރިފަރކޮށް، ހުށަހެޅޭ މައްސަލަތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ބާއްވައި، އެބައްދަލުވުންތަކުގެ ރެކޯޑިންގ ބެލެހެއްޓުން.

6. ވިކްޓިމް ސަޕޯޓް ޔުނިޓަށް ރިޕޯޓުކުރާ މައްސަލަތަކުގެ ތަފާސް ހިސާބު އެއްކޮށް ބެލެހެއްޓުމުގެ މަސައްކަތް ރާވާ ހިންގުން.

7. ވިކްޓިމް ސަޕޯޓް ޔުނިޓްގެ މަސައްކަތް ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެހީތެރިވެދިނުން.

8. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ  އޮފީހުން ހިންގާ ތަޙްޤީޤުގެ އަލީގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ފަރާތަކުން ، ނިޒާމީ ސިފައެއްގައި  ރާވައިގެން ހިންގާފައިވާ  އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު  ޢަމަލުތަކާއި،  ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް އެހީ ފޯރުކޮށް ދިނުން.

9. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަޙްޤީޤުގެ އަލީގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި  ރާވައިގެން ހިންގާފައިވާ  އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު  ޢަމަލުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އަނިޔާލިބިފައިވާ ފަރާތްތަކަށާއި އެފަރާތްތަކަށް އަނިޔާވި ފަރާތްތަކަށް  މުޖުތަމަޢުގައި އިޙްތިރާމާއެކު އެއްބައިވަންތަކަމުގައި އުޅުމުގެ މަގު ފަހިކޮށްްްދިނުމުގެ ގޮތުން، ފަރުވާއާއި އެހީތެރިކަން ފޯރުކޮށް ދިނުން

10. މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

 ދާއިރާއާއި ގުޅޭގޮތުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާގައި 5 އަހަރު ގެ ތަޖުރިބާ ލިބިފައިވުން 

މަޤާމު:

ެ ރިސާރޗް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ބިއުރޯ

މުސާރަ:

15,500/- ރ (ފަނަރަަހާސްފައްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

6,500/- ރ (ހަހާސް ފައްްސަތޭކަ ރުފިޔާ)

1-      އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރުމަށް ކަނޑައަޅާފައިވާ ދިރާސާތައް ކުރުމުގެގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި، މި ދިރާސާތަކުގެ މައްޗަށް އެކުލަވާލަންޖެހޭ ރިޕޯޓްތައް އެކުލަވާލައި، އަދި  މި ރިޕޯޓްތައް އާންމުކުރުމުގެ ގޮތުން ޑިޕާޓްމަންޓްއިން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އިސް ދައުރެއް އަދާކުރުން.

2-      ދިރާސާކުރުމުގެ ތެރޭގައި ކަމާ ގުޅުންހުރި ލިޔުންތައް މުޠާލިއާކުރުމާއި، މަޢުލޫމާތު ހޯދުމުގެގޮތުން ބައްދަލުކުރަންޖެހޭ ފަރާތްތަކާ ބައްދަލުކުރުމާއި، އަތޮޅުތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ހޯދަންޖެހޭނަމަ އެކަން ކުރުމާއި، ރިޕޯޓްތައް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ލިޔުމާއި، އޮމްބަޑްސްޕަރސަންގެ އޮފީހުން މި ރިޕޯޓްތައް ފާސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އިސް ދައުރެއް އަދާކުރުން.

3-      އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރުމަށް ކަނޑައަޅާ ދިރާސާތަކުގެ ތެރެއިން ކަމާބެހޭ މާހިރެއް ލައްވާ ކުރުމަށް ކަނޑައަޅާ ދިރާސާތަކާ ގުޅިގެން، ކަމާބެހޭ މާހިރެއް ހޯދުމުގެގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ކަމާބެހޭ މާހިރު މަޢުލޫމާތު ހޯދުމުގެގޮތުން ބައްދަލުކުރަންޖެހޭ ފަރާތްތަކާއެކު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމާއި، އަތޮޅުތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ހޯދަންޖެހޭނަމަ ކަމާބެހޭ މާހިރާއެކު އަތޮޅުތަކަށް ޒިޔާރަތްކުރުމާއި، މި ޒިޔާރަތްތަކުގެ އިންތިޒާމްތައް ހަމަޖެއްސުމާއި، ކަމާބެހޭ މާހިރުން ދިރާސާގެ ރިޕޯޓްތައް ފޮނުވުމުން އޮމްބަޑްސްޕަރސަންގެ އޮފީހުން ރިޕޯޓްތަކަށް ކޮމެންޓުކުރުމާއި، އޮމްބަޑްސްޕަރސަނުންް މި ރިޕޯޓްތައް ފާސްކުރުމާއި، ރިޕޯޓްތައް އާންމުކުރުމުގެ ގޮތުން ޑިޕާޓްމަންޓްގެ ފަރާތުން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އިސް ރޯލެއް އަދާކުރުން.

4-      ކަމާބެހޭ މާހިރުން ލައްވާ ކުރުވާ ދިރާސާތަކުގައި، އެ މާހިރުންނަކީ ރާއްޖެއިން ބޭރުގެ މާހިރެއްނަމަ، ކަމާ ގުޅުންހުރި ލިޔުންތައް މުޠާލިއާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެއްވެސް ލިޔުމެއް ތަރުޖަމާކުރަންޖެހޭނަމަ، އެލިޔުންތައް ތަރުޖަމާކުރާ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދީ، އެ މުވައްޒަފުންނަށް ލަފައާއި އިރުޝާދުދިނުން.

5-      ކަމާބެހޭ މާހިރުންގެ ރިޕޯޓްތައް އޮމްބަޑްސްޕަރސަނުން ފާސްކުރުމުން، މި ރިޕޯޓްތައް ދިވެހި ބަހަށް ތަރުޖަމާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުމުގައި އަދި  މި ތަރުޖަމާކުރެވުނު ރިޕޯޓްތައް ޑިޕާޓްމަންޓް ލެވެލްގައި ފާސްކުރުމުގައި އިސް ރޯލެއް އަދާކުރުން.

6-      އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރާ އެންމެހައި މުޢާމަލާތްތަކުގައި ދިރާސާގެ ހޯދުންތަކާ ގުޅޭގޮތުން ހިންގަންޖެހޭ އެންމެހައި މުޢާމަލާތްތައް ހިންގުމުގައި އިސް ދައުރެއް އަދާކުރުން

7-       އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުން.

8-      އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަން ކަމާ ޚިލާފު ޢަމަލުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އަނިޔާ ލިބިފައިވާ ފަރާތްތަކަށްލިބިފައިވާ އަނިޔާތަކާއި ގުޅޭގޮތުން ދިރާސާކޮށް އަންނަން އޮތް ޖީލުތަކަށް އެކަމުން ފިލާވަޅު ލިބޭނޭހެން ހަނދާނީ ބިނާ ނުވަތަ ދާރުލްއާސާރުފަދަ ތަންތައް ޤާއިމު ކުރުމަށް ކަމާގުޅުން ހުރި މުއައްސަސާތަކާއި ހަވާލު ކުރުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތް ކުރުން.

9-      އިންސާނީޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ އަނިޔާތަކާއި ގުޅޭގޮތުން ދިރާސާ ކުރުމަށްފަހު  އަކަމާ ގުޅުންހުރި ހެއްކާއި ލިޔެކިޔުންތަކުގެ މައްޗަށް އެ ހާދިސާ ލިޔެ ޝާއިޢު ކުރުމަށް ކަމާ ގުޅުން ހުރި މުއައްސަސާއަކަށް ޙަވާލު ކުރުމަށް ކުރާން ޖެހޭ އެންމެހާ މަސައްކަތް ކުރުން

10-   އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީހުން  ބޭނުންވެއްޖެ ޙާލަތެއްގައި އޮމްބަޑްސްޕާރސަންގެ އޮފީހުން ރާވާ ދަތުރުތަކުގައިޔާއި އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

ދާއިރާއާ ގުޅޭގޮތުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާގައި 5 އަހަރު ގެ ތަޖުރިބާ ލިބިފައިވުން 

މަޤާމު:

 އެޑްމިނިސްޓްރޭޓިވްއޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ސަޕޯޓް ސަރވިސް ޑިޕާޓްމަންޓް

މުސާރަ:

ު10,700/-ރ (ދިހަހާސް ހަތްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

5,500/- ރ (ފަސްހާސް ފަސްސަތޭކަ ރުފިޔާ)

1-      އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އަހަރީ ރިޕޯޓްގެ މަސައްކަތްތައް ރާވާ ހިންގުން.

2-      އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ހަދަންޖޭހޭ އިދާރީ އުސޫލުތައް ދެނެގަނެ، އެކަމާ ގުޅޭގޮތުން ދޭންޖެހޭ ލަފައާއި އިރުޝާދު ޑިރެކްޓަރަށް ދިނުމާއި، އަދި އިދާރީ އުސޫލުތައް އެކުލަވާލުމަށް ކުރަންޖެހޭ މަަސައްކަތްތައް ކުރުން.

3-      އެއްގަމާއި، ކަނޑާއި، ވައިގެމަގުން  އަތޮޅުތެރެއަށް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރަންޖެހޭ އަދި ރާއްޖޭއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ރާވާ ހަމަޖެއްސުމާއި އިދާރީ އިންތިޒާމުތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މުޢާމަލާތްތައް ކުރުން.

4-      އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މެއިންޓަނަންސްގެ އެންމެހާ މަސައްކަތްތައް ކުރުން.

5-      އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް އަންނަ އަދި ފޮނުވާ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުމުގެ ނިޒާމެް ޤާއިމުކޮށް ބެލެހެއްޓުން.

6-      އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެެ މަސައްކަތްތަކަށް އެކި ފަރާތްތަކާއެކު ހަދަންޖެހޭ އެގްރީމަންޓް ތަކާއި ގުޅޭ މަސައްކަތް ކުރުން.

7-      އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އަހަރީ ބަޖެޓް ހެދުމުގައި އެހީތެރިކަން ފޯރުކޮށް ދިނުން.

8-      އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މާލީ ބަޔާން ތައްޔާރުކުރުމުގައި އިސް ރޯލެއް އަދާ ކުރުން.

9-      ބަޖެޓާއި ބެހޭގޮތުން ތައްޔާރު ކުރަންޖެހޭ އެންމެހާ ރިޕޯޓުތައް ތައްޔާރު ކުރުމުގެ މަަސައްކަތްތައް ކުރުން.

10-ރިސެޕްޝަނަށް އަންނަ ކޯލްތަކާއި ލިޔެކިޔުންތައް ބަލަހަށްޓައި ކަމާބެހޭ ޑިޕާރޓްމަންތަކަށް ފޯރުކޮށް ދިނުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

11-އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންޓާރނަލް އޯޑިޓް ހެދުމަށް އެހީތެރިކަން ފޯރުކޮށް ދިނުން.

12- މިނޫންވެސް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

ފައިނޭންސް ނުވަތަ އެކައުންޓިންގ، ދާއިރާއިން ބެޗްލާސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން .

މިދާއިރާއިން މަދުވެގެން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން

މަގާމުގެ ކޯ ޑިސިޕުލިންގް: ފައިނޭންސް ،އެކައުންޓިންގ ،ބިޒްނަސް އެޑްމިނިސްޓްރޭޝަން ،ބިޒްނަސް މެނޭޖްމަންޓް

މަޤާމު:

ި ލީގަލް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ޑިޕާރޓްމަންޓް އޮފް ޓެކްނިކަލް ސަޕޯރޓް

މުސާރަ:

ުަ: 15,500/-ރ (ފަނަރަހާސް ފައްްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

6500/- ރ (ހަހާސް ފައްސަތޭކަ ރުފިޔާ)

1-      އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ގަވާޢިދާއިއިދާރީއުސޫލުތައްއެކުލަވާލުމުގައިޤާނޫނީލަފަޔާއިއެހީތެރިކަންފޯރުކޮށްދިނުން.

2-      އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ އެންމެހާ މައްސަލަތަކުގައި ތަޙްޤީޤަށް ބޭނުންވާ ޤާނޫނީ ލަފާދިނުން.

3-      އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ޕްރޮސިކިޓަރ ޖެނެރަލްއަށާއި، ބަންޑާރަނައިބު އަދި  ކޯޓުތަކަށް ފޮނުވަން ޖެހޭ މައްސަލަތަކުގެ ލިޔެކިޔުންތައް އެކުލަވާލުމުގެ މަސައްކަތް ކުރުން.

4-      މަސައްކަތާ ގުޅޭގޮތުން މިޑިއާގައި އޮމްބަޑްސްޕަރސަންގެ އޮފީސް ތަމްސީލު ކުރުން.

5-      އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ދިރާސާތަކަށް ބޭނުންވާ ޤާނޫނީ އިރުޝާދު ދިނުން.

6-      ތަޙްޤީޤަށްފަހު އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގަތުމުގެ މައްސަލަތައް، ކުރިއަށް އޮތްތަނުގައި ނުހިނގާނޭކަން ކަށަވަރު ކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި އެފަދަ ކަންކަމާ ގުޅޭގޮތުން ގެންނަންޖެހޭ އިޞްލާޙްތައް ގެނައުމަށް ބޭނުންވާ ޤާނޫނީ ލިޔެކިޔުންތައް ތައްޔާރު ކުރުން.

7-      ތަޙްޤީޤަށްފަހު އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގަތުމުގެ މައްސަލަތަކާ ގުޅޭގޮތުން އަންނަން އޮތް ޖީލުތައް ހޭލުން ތެރި ކުރުވުމަށް ހިންގާ ޕްރޮގްރާމްތަކާއި ތައްޔާރުކުރާ ޑޮކިއުމަންޓްސްތަަކަށް ބޭނުންވާ ޤާނޫނީ އިރުޝާދު ދިނުމާ އެފަދަ ތަކެތި ތައްޔާރު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.

8-      އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އަނިޔާ ލިބިފައިވާ ފަރާތްތަކަށްލިބިފައިވާ އަނިޔާތަކާއި ގުޅޭގޮތުންކުރާ ދިރާސާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

9-      އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަން ކަމާ ޚިލާފު ޢަމަލުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އަނިޔާ ލިބިފައިވާ ފަރާތްތަކަށްލިބިފައިވާ އަނިޔާތަކާއި ގުޅޭގޮތުން ދިރާސާ ކުރުމަށްފަހު  އެކަމާ ގުޅުންހުރި ހެއްކާއި ލިޔެކިޔުންތަކުގެ މައްޗަށް އެ ހާދިސާ ލިޔެ ޝާއިޢު ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުން.

10-  މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

މީޑިއޭޝަން އޮފިސަރ

ބޭނުންވާ އަދަދު:

2 (ދޭއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ޑިޕާރޓްމަންޓް އޮފް ޓެކްނިކަލް ސަޕޯރޓް

މުސާރަ:

ުަ 15,500/-ރ (ފަނަރަހާސް ފައްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

6500/- ރ (ހަހާސް ފައްްސަތޭކަ ރުފިޔާ)

1-      ތަޙްޤީޤު ޓިމުން މީޑިއޭޝަން އެންޑް ޑިސްޕިއުޓް ރިސޮލިއުޝަން ޔުނިޓަށް  ފޮނުވާ ރިޕޯޓުތައް މުރާޖާ ކުރުން.

2-      އެ މައްސަލައަކީ ޞުލްޙަ ކުރެވިދާނެ މައްސަލައެއް ކަމަށް ފެނިއްޖެނަމަ އެ މައްސަލަ ޞުލްޙަ ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުން.

3-       މައްސަލަ ޞުލްޙަ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ދެފަރާތް ހާޒިރު ކުރުމަށް ކުރަން ޖެހޭ އެންެމެހައި މަސައްކަތް ކުރުން.

4-      މައްސަލައެއްގައި ދެފަރާތް ޞުލްޙަކުރުމަށް އެކި ގޮތްގޮތް ބޭނުން ކުރުން، އެގޮތުން ބޭނުންކުރާ ގޮތެއްގެ ނަތީޖާގެ ރިޕޯޓް ތައްޔާރުކުރުމަށް ފަހު ޑިރެކްޓަރގެ ލަފަޔާއެކު އެހެން ގޮތްތައް ބޭނުން ކުރުން.

5-      ޞުލްޙަ ކުރުމަށް ކުރަންޖެހޭ މަސައްކަތަށް ހުށަހެޅޭ މައްސަލަތަކުގެ ރިޕޯޓްތަަކާއި ލިޔެކިޔުންތައް ރައްކާކޮށް ބެލެހެއްޓުން.

6-      ޞުލްޙަ ކުރުމަށް ހުށަހެޅޭ މައްސަލަތަކުގައި ނަތީޖާއަކަށް ވާޞިލް ވަންދެން މަސައްކަތް ކުރުމާއި ފޮލޯއަޕް ހެދުން އަދި ތަންްފީޒުވާ މިންވަރު ބެލުން.

7-      ޞުލްޙަ ކުރުމަށް ކުރާ މަސއްކަތުގެ އެޑިއުކޭޝަނަލް ކޮމްޕޯނެންޓެއް ހިމެނޭ ނަމަ، ޓްރެއިނިންގ އޮފިސަރާ ގުޅިގެން އެފަދަ ޕްރޮގްރާމްތައް ރާވާ ހިންގުން

8-      މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން

މަޤާމުގެ ޝަރުޠުތައް:

ދާއިރާއާއި ގުޅޭގޮތުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާގައި 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން 

މަޤާމު:

ބިއުރޯ އޮފިސަރ

ބޭނުންވާ އަދަދު:

2 (ދޭއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ބިއުރޯ

މުސާރަ:

 14,000/-ރ (ސާދަހާސް ރުފިޔާ)

ސަރވިސް އެލަވަންސް:

5500/- ރ (ފަސްހާސް ފައްސަތޭކަ ރުފިޔާ)

1-      އޮމްބަޑްސްޕަރސަނުންގެ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުން.

2-      އޮމްބަޑްސްޕަރސަނުންގެ ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކުރުމާއި ބައްދަލުވުންތަކުގެ ހާޟިރީ ބެލެހެއްޓުން.

3-      އޮމްބަޑްސްޕަރސަނުންގެެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ޤަވާއިދުން ލިޔެ އޮމްބަޑްސްޕަރސަނުންނަށް ފޮނުވުން އަދި ޔައުމިއްޔާއަށް ހުށަހަޅާ އިސްލާހުތައް ގެނެސް ޖެހިގެން އަންނަ ބައްދަލުވުމުގައި ހުށަހެޅުމަށް ތައްޔާރުކުރުން.

4-      އޮމްބަޑްސްޕަރސަނުންގެ ބައްދަލުވުންތަކުގެ ނިންމުންތައް އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ކަމާގުޅޭ

ޑިޕާޓްމަންޓްތަކަށާއި ޔުނިޓްތަކަށް ފޮނުވުން.

5-      އޮމްބަޑްސްޕަރސަނުންގެ ބައްދަލުވުންތަކުގެ ނިންމުންތައް ތަންފީޒުކުރެވެމުންދާ މިންވަރު ބެލުމަށް

ޑިޕާޓްމަންޓްތަކުގެ ޑިރެކްޓަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

6-      އޮމްބަޑްސްޕަރސަނުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމް

ހަމަޖެއްސުމާއި، ބޭނުންވާ މަޢުލޫމާތުތައް ހޯދުމާއި ތައްޔާރުކުރަންޖެހޭ ޕްރެޒެންޓޭޝަން ތައްޔާރުކުރުން.

7-       އޮމްބަޑްސްޕަރސަނުން ބައްދަލުކުރުމަށް އެދޭ ފަރާތްތަކުގެ އެޕޮއިންޓްމަންޓްތައް ޑިރެކްޓަރގެ ލަފާގެމަތީންއިންތިޒާމުކުރުމާއި، މި ބައްދަލުވުންތަކަށް ބޭނުންވާ ލިޔެކިޔުންތައް ކަމާބެހޭ ޑިޕާޓްމަންޓުން ނުވަތައެހެނިހެން ފަރާތްތަކުން ހޯދައި ތައްޔާރުކުރުމާއި މި ބައްދަލުވުންތަކުގެ ރެކޯޑް ބެލެހެއްޓުމާއިއަދި މި ބައްދަލުވުންތަކުގެ ފޮލޯއަޕް މަސައްކަތެއް ވާނަމަ، އެ މަސައްކަތެއް ކުރުމަށް އޮމްބަޑްސްޕަރސަނުނަށްް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.

8-      އޮމްބަޑްސްޕަރސަނުންގެ ބައްދަލުވުންތަކާ ގުޅުންހުރި އެންމެހާ ލިޔެކިއުންތަކާއި، އޯޑިއޯ، ފޮޓޯ އަދި ވީޑިއޯތަރުތީބުކޮށް ރައްކާކޮށް ބެލެހެއްޓުން.

9-      އޮމްބަޑްސްޕަރސަނުންގެ ހާޟިރީއާއި މެމްބަރުންގެ ޗުއްޓީ ރެކޯޑްސް ބެލެހެއްޓުން

10-  -މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭންޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން.

11-  އޮމްބަޑްސްޕަރސަނުން ބޭނުންވެއްޖެ ހާލަތެއްގައި އޮމްބަޑްސްޕަރސަން އޮފީހުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.

12-  އަދި މިނޫންވެސް އޮމްބަޑްސްޕަރސަން އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައިބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

މަސައްކަތާއި ގުޅޭގޮތުން  ބެޗްލާރސް ޑިގްރީއެއް  ހާސިލް ކޮށްްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއެެއްގައި 4 އަހަރުގެ ތަޖުރިބާ ހުރުން

މަޤާމު:

ޕަބްލިކް ރިލޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ބިއުރޯ

މުސާރަ:

15,000/-ރ (ފަނަރަހާސް ރުފިޔާ)

ސަރވިސް އެލަވަންސް:

6000/- ރ (ހަހާސް ރުފިޔާ)

1-      އިންތިޤާލީ އިންސާފުގެ އޮމްބާޑްސްޕަރސަންގެ އޮފީހުގެކޮމިއުނިކޭޝަންސްއެންޑްޕީ.އާރްސްޓްރެޓެޖީ އެކުލަވާލާ ސްޓްރެޓެޖީއާ އެއްގޮތައްމީޑިއާގެމަސައްކަތްތައްރާވައި ހިންގާ އާއްމުކުރުމުގެ މަސައްކަތްތައްކުރުން.

2-      އިންތިޤާލީ އިންސާފުގެ އޮމްބާޑްސްޕަރސަންގެ އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމުހަމަޖެއްސުން.

3-      އިންތިޤާލީ އިންސާފުގެ އޮމްބާޑްސްޕަރސަންގެ އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ޚަބަރު/ނޫސްބަޔާން ތައްޔާރުކޮށްއާއްމުކުރުން އަދި ޕްރެސް ބްރީފިންގ/ޕްރެސް ކޮންފަރެންސް ބާއްވަން ޖެހިއްޖެ ހިދެއްގައި  ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުން.

4-       އިންތިޤާލީ އިންސާފުގެ އޮމްބާޑްސްޕަރސަންގެ އޮފީހުގެ ސޯޝަލް މީޑިއާ ޕްލެޓްފޯރމްތައް ޑިޒައިންކޮށް ތައްޔާރު ކުރުން.

5-      އިންތިޤާލީ އިންސާފުގެ އޮމްބާޑްސްޕަރސަންގެ އޮފީހުން މީޑިއާއަށް މަޢުލޫމާތު ދިނުމަށް މަސައްކަތްތަކާ ގުޅޭ ޚަބަރުތައް އޮމްބާޑްސްޕަރސަންގެ އޮފީހުގެ ސޯޝަލް މީޑިއާ ޕްލެޓްފޯރމް ތަކުގައިއާއްމުކުރުން

6-      އިންތިޤާލީ އިންސާފުގެ އޮމްބާޑްސްޕަރސަންގެ އޮފީހުން އިންތިޤާލީ އިންސާފަށް މުޖުތަމަޢު ހޭލުންތެރި ކުރުވުމަށް  ތައްޔާރުކުރާ ލުއިފޮތް، އަތްމަތީ ފޮތް ، ރިޕޯރޓް، އަދި އެހެނިހެން ހަރަކާތްތަކަށްތައްޔާރުކުރާ ވީޑިއޯ ކްލިޕްސް/ ވީޑިއޯ ސްޕޮޓްސް، ތައްޔާރުކުރުމުގައި އެހެން ޑިޕާރޓްމަންޓްތަކަށްދޭންޖެހޭ އެހީތެރިކަން ދިނުން

7-       އިންތިޤާލީ އިންސާފުގެ އޮމްބާޑްސްޕަރސަންގެ އޮފީހުން ބާއްވާ ޚާއްސަ ޙަރަކާތްތަކާއި ބައްދަލުވުންތަކާއި ޖަލްސާތަކާ އަދި އެހެނިހެންއިވެންޓްތަކުގެ ފޮޓޯ/ވީޑިއޯ ނެގުން.

8-      ނޫސްބަޔާން، ޚަބަރު އަދި މީޑިއާގެ މަސައްކަތްތަކާ ގުޅޭ އެހެނިހެން ލިޔެކިއުންތައް ގަވާއިދުންފައިލްކޮށް ބެލެހެއްޓުން.

9-      މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި އޮމްބާޑްސްޕަރސަންގެ އޮފީސް ތަމްސީލުކޮށް މަޢުލޫމާތުދޭންޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން.

10-  އޮމްބާޑްސްޕަރސަންގެ އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި އޮމްބާޑްސްޕަރސަންގެ އޮފީހުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.

11-  އަދިމިނޫންވެސް އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައިބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

ދާއިރާއާއި ގުޅޭގޮތުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާގައި 4 އަހަރު ގެ ތަޖުރިބާ ލިބިފައިވުން

މަޤާމު:

ފައިނޭންސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ސަޕޯޓް ސަރވިސް ޑިޕާޓްމަންޓ

1-      ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިިދާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފައިސާއާއިބެހޭ އެންމެހައި ލިޔެކިޔުންތަކާއި ރިޕޯޓްތައް ތައްޔާރުކޮށް ބެލެހެއްޓުން.

2-       އޮމްބަޑްސްޕަރސަންގެ އޮފީހުން ދުވަހުން ދުވަހަށް ސިސްޓަމުން ނުވަތަ ފޮތްތަކުން ބާކީ ބެލެހެއްޓުމާއި، ކޮންމެ މަހެއް ނިމުމުން އެމަހެއްގެ ބަޖެޓް ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

3-      މާލިއްޔަތު ޤާނޫނާއި ގަވާއިދުގައި ވާގޮތުގެ މަތިން އޮމްބަޑްސްޕަރސަންގެ އޮފީހުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް ވަންނަ ފައިސާއާއި ޚަރަދުވާ ފައިސާގެ ރެކޯޑްތައް ސިސްޓަމުން ނުވަތަ ފޮތްތަކުން ބަލަހައްޓައި އެކައުންޓްތަކުގެ މަސްދުވަހުގެ ރިޕޯޓާއި އަހަރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

4-      މާލިއްޔަތު ޤާނޫނާއި ގަވާއިދު ގައިވާގޮތުގެ މަތިން އިންތިޤާލީ އިންސާފުގެ  އޮމްބަޑްސްޕަރސަންގެ އޮފީހުގެެ ތިޖޫރީގެ ހަފްތާ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ބެލެހެއްޓުމާއި ދައުލަތަށް ލިބޭ އާމްދަނީ ފައިސާ ގަވާއިދުން ޕަބްލިކް ބޭންކް އެކައުންޓަށް ޓްރާންސްފަރކޮށް ބެލެހެއްޓުން.

5-      ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކޮށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި ހިނގާ އަހަރުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ބަޖެޓް ފާސްކުރުމަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން

6-      އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އަހަރީ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓް ތައްޔާރުކުރުމާއި ހުށަހަޅަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުން.

7-      އޮފީހުގެ މާލީ ހިސާބުތައް އޮޑިޓްކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮޑިޓަރުންނަށް އެހީތެރިވުން.

8-      ފައިސާ ޚަރަދު ކުރުމުގެ ވަައުޗަރު މާލިއްޔަތު ޤަވާއިދާއެއްގޮތަށް ތައްޔާރުކޮށް ފައިސާ ހަވާލު ކުރުމަށް ޗެކް ހެދުމާއި، އޮމްބަޑްސްޕަރސަންގެ އޮފީހުގެ ފައިސާ ޚަރަދު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

9-      ފައިސާއާ ބެހޭ އެންމެހާ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.

10-  އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައާއި އެހެނިހެން ޢިނާޔަތްތައް ދިނުމަށް ގަވާއިދާ އެއްގޮތަށް މަހުން މަހަށް ތައްޔާރުކުރަންޖެހޭ މުސާރަޝީޓްތައް ތައްޔާރުކޮށް، ފައިސާ ދޫކުރުމަށް ކަނޑައެޅިފައިވާ ތާރީޚުގައި މުވައްޒަފުންނަށް ދޫކުރުން.

11-  އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގައި ދިމާވާ ކުއްލި އިމަރޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވެ އެކަންކަމުގައި އެހީތެރިވެދިނުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

12-  އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ޑިރެކްޓަރ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. އަދި އޮމްބަޑްސްޕަރސަންގެ މަސައްކަތާއި އޮމްބަޑްސްޕަރސަންގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި އޮމްބަޑްސްޕަރސަން އާއި ޑިރެކްޓަރ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

މަޤާމުގެ ޝަރުޠުތައް:

ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ބެޗްލާސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން .

މިދާއިރާއިން 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން

މަގާމުގެ ކޯ ޑިސިޕުލިންގ : ފައިނޭންސް ،އެކައުންޓިންގ ،ބިޒްނަސް އެޑްމިނިސްޓްރޭޝަން ،ބިޒްނަސް މެނޭޖްމަންޓް

މަޤާމު:

ޓްރެއިނިންގ އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

 ސަޕޯޓް ސަރވިސް ޑިޕާރޓްމަންޓް

1-       އިންތިޤާލީ އިންސާފުގެ އޮމްބަޑްޕަރސަންގެ އޮފީހުން ހިންގަން ބޭނުންވާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

2-      އިންތިޤާލީ އިންސާފުގެ އޮމްބަޑްޕަރސަންގެ އޮފީހުން ހިންގަން ބޭނުންވާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކު ރެކޯޑްސް ބެލެހެއްޓުން އަދި ޕްރޮގްރާމްގެ އިފެކްޓިވްނެސް ބެލުން.

3-      އިންތިޤާލީ އިންސާފުގެ ޤާނޫނަށް މުޖުތަމާޢު ހޭލުންތެރިކުރުމަށް އެކި އެކި  އެވެއަރނަސް ސެޝަންތައް ބޭއްވުން އަދި މީޑިއާ މެދުވެރިކޮށް މުޖުތަމާއު ހޭލުންތެރި ކުރުވުން

4-      އިންތިޤާލީ އިންސާފުގެ ޤާނޫނަށް މުޖުތަމާޢު ހޭލުންތެރިކުރުމަށްއެޑިޔުކޭޝަނަލް މެޓީރިއަލްސް ތައްޔާރުކުރުން.

5-      މީޑިއާ އެޑްްވޮކަސީ ކޮންސެޕްޓް ތައްޔާރުކުރުމާއި ހިންގުން.

6-      އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ  އޮފީހުން ހިންގާ ތަޙްޤީޤުގެ އަލީގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ފަރާތަކުން ،ނިޒާމީ ސިފައެއްގައި  ރާވައިގެން ހިންގާފައިވާ  އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު  ޢަމަލުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އަނިޔާލިބިފައިވާ ފަރާތްތަކަށާއި އެފަރާތްތަކަށް އަނިޔާދިން ފަރާތްތަކަށް  މުޖުތަމަޢުގައި އިޙްތިރާމާއެކު އެއްބައިވަންތަކަމުގައި އުޅުމުގެ މަގު ފަހިކޮށްްްދިނުމުގެ ގޮތުން، ފަރުވާއާއި އެހީތެރިކަން ދިނުމުގައި އެޑިއުކޭޝަނަލް ކޮމްޕޯނަންޓްތައް ހިމަނައިގެން ޕްރޮގްރާމްތައް  ކުރިއަށްގެންދިއުން.

7-      އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަން ކަމާ ޚިލާފު ޢަމަލުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ އަނިޔާތަކާއި ގުޅޭގޮތުން ދިރާސާކޮށް އަންނަން އޮތް ޖީލުތަކަށް އެކަމުން ފިލާވަޅު ލިބޭނޭހެން ހަދާނީ ބިނާ ނުވަތަ ދާރުލްއާސާރުފަދަ ތަންތައް ޤާއިމު ކުރުމަށް ކަމާގުޅުން ހުރި މުއައްސަސާތަކާއި ހަވާލު ކުރުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތަކުގައި އެހީތެރިކަން ފޯރުކޮށް ދިނުން

8-      އިންސާނީޙައްޤުތަކާއި އަސާސީ މިނިވަން ކަމާ ޚިލާފު ޢަމަލުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އަނިޔާ ލިބިފައިވާ ފަރާތްތަކަށްލިބިފައިވާ އަނިޔާތަކާއި ގުޅޭގޮތުން ދިރާސާ ކުރުމަށްފަހު  އަކަމާ ގުޅުންހުރި ހެއްކާއި ލިޔެކިޔުންތަކުގެ މައްޗަށް އެ ހާދިސާ ލިޔެ ޝާއިޢު ކުރުމަށް އެހީތެރިކަން ފޯރުކޮށް ދިނުން.

9-      މީގެ އިތުރުންވެސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ މަސައްކަތާއި ގުޅިގެން އޮފީހުން އަންގަވާ އެންމެހާ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ވަޒީފާއާއި ގުޅޭ ދާއިރާ އަކުން މާސްޓަރސް ޑިގްރީ އެއް ހާސިލްކޮށް ފައިވުން

އަދި  4 އަހަރުގެ މަސައްކަތު ތަޖުރިބާ ހުރުން

މަޤާމު:

އެސިސްޓަންޓް ކޭސް މެނޭޖްމަންޓް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ޑިޕާރޓްމަންޓް އޮފް ޓެކްނިކަލް ސަޕޯރޓް

މުސާރަ:

9,500/-ރ (ނުވަހާސް ފައްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

4,500/- ރ (ހަތަރުހާސް ފައްސަތޭކަ ރުފިޔާ)

1-      ކޮމްޕްލެއިންޓްސް އެނޑް ރަޖިސްޓްރޭޝަން ޔުނިޓު އަދި ވިކްޓިމް ސަޕޯޓް  އަދި މީޑިއޭޝަން އެންޑް ޑިސްޕިއުޓް ޔުނިޓްގެ އިދާރީ މަސައްކަތް ކުރުން.

2-      މައްސަލަހުށަހަޅާ ފޯމްތަކާއި ސިޓީތައް ސިސްޓަމަށް އެންޓަރ ކުރުމަށްފަހު ސަޕޯޓް ސާރވިސް ޑިޕާޓްމަންޓްގެ ޑިރެކްޓަރ އަށް ފޮނުވަން އެހީތެރިކަން ފޯރުކޮށް ދިނުން.

3-      މައްސަލަތަކާ ގުޅިގެން އެކިއެކި މުއައްސަސާތަކުން އަންނަ ސިޓީތައް ހޯދައި ސިސްޓަމުން ލިންކުކުރުން.

4-      ޑިޕާޓްމަންޓްގެ މަސައްކަތާ ގުޅޭ ގޮތުން ބާއްވާ ބައްދަލުވުންތަށް އިންތިޒާމު ކުރުމާއި ޔައުމިއްޔާ ލިޔުން.

5-      މަސް ނިމުމުން މަސްދުވަހުގެ ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިވެދިނުން.

6-      ކޮންމެ އަހަރެއް ނިމުމުން އެއަހަރެއްގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުގެ ތަފާސް ހިސާބު ތައްޔާރުކުރުމަށް އެހީތެރިވެދިނުން..

7-      މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

ދާއިރާއާ ގުޅޭޭގޮތުން ޑިޕްލޮމާއެއް ހާސިލްކޮށްފައިވުން އަދި 2 އަހަރުގެ ތަޖުރިބާ ހުރުން

މަޤާމު:

އޮފީސްް އެސިސްޓަންޓް

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ސަޕޯޓްސަރވިސް ޑިޕާޓްމަންޓް

މުސާރަ:

ު 6,500/-ރ (ހަަހާސް ފަސްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

3,500/- ރ (ތިންހާސް ފަސްސަތޭކަ ރުފިޔާ)

1-      އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އެތެރެ ކުނިކަހާ ފޮޅާ ސާފުކޮށް ބެލެހެއްޓުމާ ފާހަނާ ސާފުކޮށް ބެލެއްހެއްޓުން.

2-      އޮފީހުގެ ރިސެޕްޝަންގައި މަޑުކުރަން ޖެހިއްޖެ ހާލަތެއްގައި ރިސެޕްޝަންގެ މަސައްކަތް ކުރުން.

3-      އޮމްބަޑްސްޕަރސަންގެ އޮފީހުގެ ފަރާތުން ފޮނުވަން ޖެހޭ ސިޓީއާ އެހެނިހެން ތަކެތި ބެހުން

4-      އޮމްބަޑްސްޕަރސަންގެ އޮފީހުގެ ބައެއް މައްސަލަތަކާއި ގުޅިގެން ހާޟިރުކުރަންޖެހޭ މީހުން ހާޟިރުކުރުމަށް އެފަރާތްތަކަށް ޗިޓް ހަވާލުކުރުން.

5-       އޮމްބަޑްސްޕަރސަންގެ އޮފީހުގެ މީޓިންގްތަކަށް ތަން ތައްޔާރުކޮށް ދިނުން.

6-      އޮމްބަޑްސްޕަރސަންގެ އޮފީހަށް ހޯދަންޖެހޭ ތަކެތީގެ އަގުބެލުމާއި އެތަކެތި އެތަންތަނުން ނަގައި  އޮފީހަށް ގެނެސް ދިނުން.

7-      އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގައި ހިންގާ މުހިއްމު  އިވެންޓްތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުން.

8-      އަދި މިނޫންވެސްއިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

ގްރޭޑް 7 ގެ ފެންވަރު ހުރުމާއެކު  3  އަހަރުގެ ތަޖުރިބާ ހުރުން

މަޤާމު:

އިންވެސްޓިގޭޝަން  އޮފިސަރ

ބޭނުންވާ އަދަދު:

5 (ފަހެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ޓެކްނިކަލް ސަޕޯޓްޑިޕާޓްމަންޓް

މުސާރަ:

15,500/-ރ (ފަނަރަހާސް ފަސްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

6,500/- ރ (ހަހާސް ފަސްސަތޭކަ ރުފިޔާ)

1.       ޤާނޫނު ނަންބަރު: 28/2020 (އިންތިޤާލީ އިންސާފުގެ ޤާނޫނު) ގެ ދަށުން  އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ އެންްމެހާ މައްސަލާތައް ޑިރެކްޓަރާއި  ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރގެ އިރުޝާދު މަތިން ތަޙްޤީޤު ކުރުން.

2.       އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލާތަކާއި ގުޅޭގޮތުން ނަގަންޖެހޭ ބަޔާންތައް ނެގުމާއި މަޢުލޫމާތު ހޯދުމަށް ކުރަންޖެހޭ ޒިޔާރަތްތަކުގައި ބައިވެރިވުން

3.       ހަވާލު ކުރެވޭ ތަޙްޤީޤުތައް ނިންމުމަށްފަހު ރިޕޯޓު އެކުކަވާލާ  އޮމްބަޑްސްޕަރސަނުންނަށް ޑިރެކްޓަރގެ އިރުޝާދުގެ މަތިން ފޮނުވުނ.ް

4.       ތަޙްޤީޤު ކުރާ މައްސަލަތަކުގެ ރިޕޯޓާއި ތަޙުޤީޤާއި ގުޅޭ ލިޔެކިޔުންތަކުގެ ރެކޯޑް ރަގަޅަށް ބެލެހެއްޓުން.

5.       އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ޤާނޫނު ލާޒިމް ކުރާ ތަޙްޤީޤުތައް ކުރުމަށްފަހު، އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަން ކަމެއް ނިގުޅައިގަނެފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި ފަރާތްތައް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން  ދެނެގަނެ ޖަވާބުދާރީ ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

6.       އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަޙްޤީޤަށްފަހު ޖިނާއީ ކުށެއްކަމުގައިވާ ޢަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނަރަލް އަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން   

7.       އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެއޮފީހުން ހިންގާ ޤާނޫނު ލާޒިމް ކުރާ ތަޙްޤީޤުތައް ކުރުމަށްފަހު، އިންސާނީ ޙައްޤުތަކާއި ޚިލާފު ޢަމަލުތައް ހިންގާ ފަރާތްތަކާއި ޒިންމާއުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބަދަލު ހޯދައިދީ ފަރުވާ ހޯދުމަށް ފޮނުވަން ޖެހޭފަރާތްތަކަށް ފޮނުވުމުގެ  މަސައްކަތް ކުރުން.

8.       އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަޙްޤީޤަށްފަހު މަދަނީ ދަޢުވާ އުފުލަންޖެހޭ ފަރާތްތަކަށް ދަޢުވާ ކުުރުމަށް ބަންޑާރަ ނައިބަށް ފޮނުވުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތް ކުރުން.

9.       ތަޙުޤީޤަށްފަހު އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަން ނިގުޅައިގަތުމުގެ މައްސަލަތައް، ކުރިއަށް އޮތްތަނުގައި ނުހިނގާނޭކަން ކަށަވަރު ކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި އެފަދަ ކަންކަމާ ގުޅޭގޮތުން ގެންނަންޖެހޭ އިޞްލާޙްތައް ގެނައުމުގެ އެންމެހާ މައްސަކަތްތައް ކުރުން.

ާދާއިރާއާ ގުޅޭގޮތުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާގައި 5 އަހަރު ގެ ތަޖުރިބާ ލިބިފައިވުން

މަސައްކަތް ކުރަންޖެހޭ ތަން:

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް

ރަސްމީ ގަޑި:

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ހުށަހަޅަންޖެހޭ ލިޔުންތައް:

1.       ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފޯމު ނުހިމަނާ ހުންނަ އެޕްލިކޭޝަންތައް ބާތިލްވާނެއެވެ.)

2.       މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.

3.        ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ،ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ.

4.       ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.

5.       ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

6.       ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

7.       ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން.

ސުންގަޑި:

  27 އޭޕްރިލް 2021 ގެ 14:00

އެހެނިހެން:

1.       މަތީގައިވާ މަޤާމުތަކުގެ  އިންޓަވިއުއަށް ވަޑައިގަތުމަށް  މި އޮފީން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޟިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.

2.       އޮފީހުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.

3.       އޮފީހުގެ ވަޒީފާއަކަށް އޮމްބަޑްސްޕާސަން އެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.

4.       މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.

5.       އެޕްލިކޭޝަން ފޯމު  މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.

6.       އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7337486

އެޕްލިކޭޝަން ފޯމު އީމެއިލް  އީމެއިލް ކުރައްވާނީ [email protected] އަށެވެ.

                                     06 ރަމަޟާން 1442

                                      18 އޭޕްރިލް 2021

މާލެ، ދިވެހިރާއްޖެ

ހޯދާ