ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ޑެޕިޔުޓީ ޕްރިންސިޕަލް

މަޤާމް :

ޑެޕިއުޓީ ޕްރިންސިޕަލް

މަޤާމުގެ ނަންބަރ :

J-309734

ބޭނުންވާ ޢަދަދު :

01

މަޤާމުގެ ގިންތި : 

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 2 އިން އީ.އެކްސް 6 އަށް

މަޤާމުގެ ކްލެސިފިކޭޝަން:

ޓީއެސްއޯ 3 އިން ޓީ.އެސްއޯ 11 އަށް

ވަޒީފާ އަދާކުރަންޖެހޭ ތަން :

ޢިމާދުއްދީން ސްކޫލް / ކ. މާލެ

މުސާރަ:

6295.00 އާއި 15560.00 ދެމެދު

ސަރވިސް އެލަވަންސް:

2500.00

ޓެނުއަރޝިޕް އެލަވަންސް:

2000.00

އިތުރު ޢިނާޔަތްތައް :

1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4. މަޤާމާއި ގުޅިގެން ލިބޭ ފޯން އެލަވަންސް.

6- ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މަހަކު މުސާރައިގެ %28 ލިބޭނެ، ( ޓެކްނިކަލް ކޯ އެލަވަންސް ލިބޭނެ ކޯ ޑިސިޕްލިންގ އަކީ އެޑިޔުކޭޝަން، ސްކޫލް މެނޭޖްމަންޓް، ސްޕެޝަލައިޒްޑް ސަބްޖެކްޓް، ޓީޗިންގ) ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހިއްޖެނަމަ ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު ، ތިރީގައިވާ ގޮތަށް ސަޕޯޓިންގ ކޯ އެލަވަންސް 2 ހަމަޖެހޭނެއެވެ.

 

 

ރޭންކް

ސަޕޯޓިންގ ކޯ އެލަވަންސް 2

ރޭންކް

ސަޕޯޓިންގ ކޯ އެލަވަންސް 2

ރޭންކް

ސަޕޯޓިންގ ކޯ އެލަވަންސް 2

MS 2

900.00ރުފިޔާ

EX 1

1100.00ރުފިޔާ

EX 4

1300.00ރުފިޔާ

MS 3

900.00ރުފިޔާ

EX 2

1100.00ރުފިޔާ

EX 5

1500.00ރުފިޔާ

MS 4

900.00ރުފިޔާ

EX 3

1300.00ރުފިޔާ

EX 6

1500.00ރުފިޔާ

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް :    

 

 

 

1-      ޕްރިންސިޕަލްގެ އިރުޝާދުގެ ދަށުން ދަރިވަރުންނަށް އުނގަންނައި ދިނުމަށާއި އިތުރު ޙަރަކާތްތައް ރާވާ ހިންގުން..

2-      ހެނދުނު ދަންފަޅީގެ ( ގްރޭޑް 5 ން 10 ) ކިޔަވައިދިނުމާގުޅޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.

3-      ހެނދުނު ދަންފަޅީގެ ޓީޗަރުންނާއި ކިޔަވައި ދިނުމުގައި ޙަރަކާތްތެރިވާ އެހެނިހެން މުވައްޒަފުންގެ މަސައްކަތްތައް ކުރިއަށް ގެންދާގޮތް ކަނޑައެޅިފައިވާ ގޮތުގެ މަތިން ބަލައި، މުޤައްރަރުގައިވާ ގޮތުގެމަތިން އުނގެނުމާއި އުނގަންނައިދިނުމުގެ ޙަރަކާތްތައް ގެންދިއުމަށް މަގުފަހިކޮށްދިނުން.

4-       ސްކޫލުގެ ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާ ގުޅޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.

5-      ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

6-      ޖީ.ސީ.އީ އޯލެވެލް އަދި އެސް.އެސް.އީ އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، ދަރިވަރުންގެ ކުރިއެރުމަށް ބޭނުންވާ މަސައްކަތްތައް ޕްރިންސިޕަލްގެ އިރުޝާދުގެދަށުން ކުރުން.

7-      ސްކޫލްގެ ފަރާތުން ބައިވެރިވާ އިމްތިހާންތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބެލެހެއްޓުން.

8-      ސްކޫލްގެ އިތުރު ހަރަކާތްތަކާއި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށްދާގޮތްބަލައި މިފަދަ ހަރަކާތްތައް ކުރިއެރުވުމަށްޓަކައި މަސައްކަތްކުރުން.

9-      އައި.ސީ.ޓީގެ ދާއިރާއިން ޓީޗަރުންނާއި މުވައްޒަފުންގެ މަސައްކަތަށް ބޭނުންވާ ތަމްރީންތައް ފާހަގަކޮށް، ތަމްރީން ބޭނުންވާ މުވައްޒަފުންނަށް އެކަމަށް މަގުފަހިކޮށްދިނުން.

10-  ސްކޫލަށް ބޭނުންވާ އެންމެހައި ޕޮލިސީތައް ހެދުމުގައި އިސްކޮށް ޙަރަކާތްތެރިވުން.

11-  ހެނދުނު ދަންފަޅީގެ ލީޑިންގ ޓީޗަރުންގެ މަސައްކަތް ކޯޑިނޭޓްކޮށް ގަވާއިދުން ރިވިއު މީޓިންގތައް ބޭއްވުން.

12-  ދަރިވަރުންނަށް ހާސިލުވަމުންދާ މިންވަރު ދެނެގަތުމަށް ރިވިއު މީޓިންގތައް ބާއްވައި، މާއްދާތަކުގެ ނަތީޖާއާއި ގްރޭޑްތަކުގެ ކުރިއެރުން ރިވިއުކުރުން.

13-  ދަރިވަރުންނަށް ހާސިލުވާ މިންވަރު ބެލެނިވެރިންނަށް އަންގައިދިނުމުގެ ގޮތުން ބައްދަލުވުންތައް ރާވައި ހިންގުން

14-  ލީޑިންގ ޓީޗަރުންނާއި އެހެނިހެން މުވައްޒަފުންގެ ތެރެއިން ޙަވާލުކުރެވޭ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް ޤަވާޢިދުން އެޕްރައިޒަލް ފޯމު ފުރިހަމަކުރުން.

15-  ހެނދުނު ދަންފަޅީގެ އެސެމްބްލީ، ގްރޭޑް މީޓިންގ އަދި ކުލަބު ހަރަކާތްތައް ކޯޑިނޭޓްކޮށް މޮނިޓަރކުރުން.

16-  ސްކޫލުގެ ފަރާތުން ސްކޫލް ތަމްސީލުކުރަންޖެހޭ ޖަލްސާތަކަށާއި ބައްދަލުވުންތަކަށް ހާޒިރުވެ، ސްކޫލް ތަމްސީލުކުރުން.

17-  ސްކޫލްގެ އިސްވެރިޔާ އަންގާ ގޮތެއްގެމަތިން ސްކޫލްގައި ހިންގޭ އެންމެހާ ޙަރަކާތްތައް ފަހިކަމާއެކު ކުރިއަށް ގެންދެވޭނެ ގޮތުގެމަތިން ހަވާލުކުރެވޭ ގްރޭޑްތަކުގެ އެހެން މުއައްޒަފުން ލައްވާ މަސައްކަތް ކުރުވުން.

18-  އެޗް.އާރު ސެކްޝަންގެ މަސައްކަތްތައް ބެލެހެއްޓުން

19-  ސްކޫލްގައިހިންގާ ޔުނީފޯރމް ހަރަކާތްތަކުގެ ތެރެއިން ހަވާލުކުރެވޭ ހަރަކާތްތައް ކޯޑިނޭޓްކޮށް މޮނިޓަރކުރުން.

20-  މުޖުތަމަޢާއި ސްކޫލާ ދެމެދު އޮންނަ ގުޅުމަކީ ބަދަހި ގުޅުމަކަށް ހެދުމުގެ މަސައްކަތްކުރުން.

 

މަޤާމުގެ ރޭންކާއި ، ކްލެސިފިކޭޝަނާއި ، ޝަރުޠާއި ، އަސާސީ މުސާރައާއި ، ސަރވިސް އެލަވަންސް.

 

 

ސަރވިސް އެލަވަންސް

މަޤާމުގެ އަސާސީ މުސާރަ

 

ޝަރުޠު

 

ކްލެސިފިކޭޝަން

 

 

ރޭންކް

 

 

މަޤާމް

 

2500.00

6295.00

 

- ޓީޗިން ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިނގަޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި އެކު ކިޔަވައި ދިނުމުގެ ރޮނގުން 2  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ޓީޗިންގ ސަރވިސް

އޮފިސަރ 3

MS

2

 

 

ޑެޕިއުޓީ ޕްރިންސިޕަލް

 

 

 

 

 

 

 

2500.00

 

 

 

 

 

 

 

 

 

 

 

 

 

 

 

2500.00

 

 

 

7035.00

 

 

- ޓީޗިން ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިނގަޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި އެކު ކިޔަވައި ދިނުމުގެ ރޮނގުން 2  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

ޓީޗިންގ ސަރވިސް

އޮފިސަރ 4

 

 

MS

3

 

 

 

 

 

 

 

 

 

ޑެޕިއުޓީ ޕްރިންސިޕަލް

 

 

 

 

 

 

 

 

 

ޑެޕިއުޓީ ޕްރިންސިޕަލް

 

 

 

 

 

 

7875.00

 

- ޓީޗިން ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިނގަޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި އެކު ކިޔަވައި ދިނުމުގެ ރޮނގުން 2  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

ޓީޗިންގ ސަރވިސް

އޮފިސަރ 5

 

 

 

MS

4

 

 

 

 

8835.00

 

- ޓީޗިން ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިނގަޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި އެކު ކިޔަވައި ދިނުމުގެ ރޮނގުން 2  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

ޓީޗިންގ ސަރވިސް

އޮފިސަރ 6

 

 

 

 

EX

1

 

 

9890.00

 

- ޓީޗިން ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

- ޓީޗިން ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިނގަޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި އެކު ކިޔަވައި ދިނުމުގެ ރޮނގުން 2  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

ޓީޗިންގ ސަރވިސް

އޮފިސަރ 7

 

 

EX

2

 

11065.00

 

- ޓީޗިން ސަރވިސް އޮފިސަރ 7 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ،އެމަޤާމުގައި މަދުވެގެން  3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

ޓީޗިންގ ސަރވިސް

އޮފިސަރ 8

EX

3

 

 

 

 

ޑެޕިއުޓީ ޕްރިންސިޕަލް 

 

 

 

12400.00

 

- ޓީޗިން ސަރވިސް އޮފިސަރ 8 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ،އެމަޤާމުގައި މަދުވެގެން  3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

ޓީޗިންގ ސަރވިސް

އޮފިސަރ 9

EX

4

13890.00

 

- ޓީޗިން ސަރވިސް އޮފިސަރ 9 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ،އެމަޤާމުގައި މަދުވެގެން  3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

ޓީޗިންގ ސަރވިސް

އޮފިސަރ 10

EX

5

15560.00

 

- ޓީޗިން ސަރވިސް އޮފިސަރ 10 ގެ މަޤާމުގެ ޝަރުޠު ފުރިހަމަވެ،އެމަޤާމުގައި މަދުވެގެން  3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

ޓީޗިންގ ސަރވިސް

އޮފިސަރ 11

EX

6

 

 

 

 

 

 

 

 

                       

މަގާމުގެ ތަޢުލީމީ ރޮނގުތައް:

އެޑިއުކޭޝަން/ ސްކޫލް މެނޭޖްމަންޓް/ ސްޕެޝަލައިޒްޑް ސަބްޖެކްޓް/ ޓީޗިންގ

ގުޅޭ ވަޒީފާގެ ދާއިރާތައް:

ޓީޗިންގ ސަރވިސަސް

މަޤާމްގެ ކޯ ޑިސިޕްލިންގ

އެޑިޔުކޭޝަން/ ސްކޫލް މެނޭޖްމަންޓް / ސްޕެޝަލައިޒްޑް ސަބްޖެކްޓް / ޓީޗިންގ

މަޤާމްގެ ޕްރިފަރޑް ޑިސިޕްލިންގ

ނެތް

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް :

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމް ސިވިލް ސަރވިސްގެ ކޮމިޝަނުގެ ވެބްސައިޓުން http://www.csc.gov.mv/download/2249 ( އަދި  ޢިމާދުއްދީން ސްކޫލްގެ އޮފީހުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

6- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)   އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް :

 

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށްވަރުކުރުމަށް އިންޓަވިއު ކޮއްގެން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި :

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ  ތަކެތި ހުށަހަޅާނީ 22 އޭޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، ޢިމާދުއްދީން ސްކޫލްގެ އޮފީހަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރި ކޮށްވެސް ބަލައި ގަނެވޭނެއެވެ.އީ-މެއިލް އެޑްރެހަކީ، [email protected]އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން  އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން :

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު ( އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން ) އޮންނާނެ ތަނާއި، މުއްދަތު :

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 26 އޭޕްރީލް 2021 އާއި 06 މެއި 2021 އާއި ދެމެދު، ޢިމާދުއްދީން ސްކޫލް ގައެވެ.

 

އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން :

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3315759 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

 

 

05 ރަމަޝާން 1442

17 އޭޕްރިލް 2021
ހޯދާ