މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އަޕްގްރޭޑްކުރުމާބެހޭ

 އިޢްލާން

މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އަޕްގްރޭޑްކުރުމާބެހޭ

މި މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްwww.business.egov.mv  އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް  15 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:00 އިން ފެށިގެން، 16 އޭޕްރިލް 2021 ވާ ހުކުރު ދުވަހުގެ މެންދަމު 3.00 އަށް ކުރިއަށް ގެންދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މި މަސައްކަތް ކުރަމުންދާއިރު، ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދެވޭ ހުރިހާ ޚިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލެވޭނެއެވެ.

ބިޒްނަސް ޕޯޓަލް އަޕްގްރޭޑްކުރުމަށްފަހު، 16 އޭޕްރިލް 2021 ވާ ހުކުރު ދުވަހުގެ މެންދަމު 3:00 އިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ޚިދުމަތްތަކަށް އެދެވޭނެއެވެ. ބިޒްނަސް ޕޯޓަލް އަޕްގްރޭޑްކުރުމާއި ގުޅިގެން، ޚިދުމަތަށް އެދުމުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިއްޖެނަމަ، [email protected] އަށް މައްސަލައިގެ ތަފްޞީލު ހިއްސާކޮށްދެއްވުމަށް އެދެމެވެ.

15 އޭޕްރިލް 2021
ހޯދާ