ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442 ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލާގަތުމާއި ގުޅޭ

 

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ

އުލިގަން، ދިވެހިރާއްޖެ

(IUL)245/245/2021/14 :ނަންބަރ

 އިޢުލާން

1442 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލާގަތުމާއި ގުޅޭ

                  1442 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 03 ރަމަޞާން 1442 (15 އޭޕްރީލް 2021) އިން  28 ރަމަޟާން 1442 (10 މެއި 2021) ވަނަ ދުވަހުގެ 12:30 ގެ ނިޔަލަށެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުގެ ތެރޭގައި އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތަކުން 2.4 ކިލޯގެ މިންވަރެވެ. ނުވަތަ އެ ޢަދަދަށްވާ ފައިސާ އެވެ.   

މިއަހަރު (1442 ވަނަ އަހަރު) މިރަށުގައި ފިޠުރު ޒަކާތުގެ ގޮތުގައި މީހަކަށް ދައްކަންޖެހޭ ފައިސާގެ ޢަދަދު ތިރީގައި އެވަނީ އެވެ.

 

އާދައިގެ ހަނޑޫ

ތައިލެންޑް ހުދު ހަނޑޫ

ބާސްމަތީ ހަނޑޫ

އާދައިގެ ފުއް

އާޓާ ފުއް

12.00ރ

55.20ރ

87.00ރ

9.60ރ

60.60ރ

 

މިއިދާރާއިން މިއަހަރު ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ  ބޭންކް ޓްރާންސްފަރ މެދުވެރިކޮށް އެކަންޏެވެ. ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ޒަކާތުގެ ފައިސާ ހއ. އުލިގަމު ކައުންސިލް އިދާރާގެ ނަމުގައި ބޭންކޮ އޮފް މޯލްޑިވްސް ގައި ހުޅުވާފައިވާ ތިރީގައި އެވާ އެކައުންޓަށް ފައިސާ ޓްރާންސްފާކޮށް ދެއްވުން އެދެމެވެ.

    ފައިސާ ޓްރާންސްފާ ކުރަންޖެހޭ އެކައުންޓް ނަންބަރު: 004 700299 7714 (1283- ޚަރަދު 2 )

  • ފައިސާ ޓްރާންސްފަރ ކުރައްވާއިރު ތަފްޞީލް (ރިމާރކްސް) ގައި ގޭގެ ނަމާއި މީހުންގެ ޢަދަދު އަދި ބާވަތް (އާދައިގެ ހަނޑޫ، ތައިލެންޑު ހުދުހަނޑޫ، ބާސްމަތީ ހަނޑޫ، އާދައިގެ ފުށް، އާޓާ ފުށް) މިއިން ބާވަތެއްގެ ނަން ޖެއްސެވުން އެދެމެވެ. ޒަކާތަށްވާ ފައިސާ ޓްރާންސްފަރ ކުރެއްވުމަށްފަހު 7843867 އަށް ސްލިޕްކޮޅު ވައިބަރ ކުރެއްވުން އެދެމެވެ.

ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

03 ރަމަޟާން 1442

15 އޭޕްރީލް 2021

15 އޭޕްރިލް 2021
ހޯދާ