ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ވިންޑޯ ބްލައިންޑްސް ހަރުކޮށްދިނުން

     ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އޮފީސް އިމާރާތް މ. ވީނަސް 4 ވަނަ އަދި 5 ވަނަ ފަންގިފިލާގެ ކުޑަދޮރުތަކުގައި ހަރުކުރުމަށް ވާޓިކަލް ބްލައިންޑްސް ފޯރުކޮށްދެއްވާ، އެތަކެތި ހަރުކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު 2021/10/އައި.ޔޫ.އެލް/480 އިޢުލާނަށް ހުށަހަޅާފައިވާ ބިޑްތަކަކީ އެކަށީގެންވާ ބިޑްތަކަކަށް ނުވާތީ، އެ އިޢުލާނާ ގުޅިގެން ބާޠިލްކޮށް، މި މަސައްކަތަށް އަލުން ބިޑް ހުށަހެޅުމަށް ހުޅުވާލަމެވެ.

     ވީމާ މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 އޭޕްރީލް 2021 ގެ 10:00 އަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އިދާރާ (ހ.އޯކިޑްމާގެ، ލޮޓަސް ގޯޅި، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 26 އެޕްރީލް 2021 ގެ 10:00 އަށް ހ. އޯކިޑްމާގެ، ލޮޓަސް ގޯޅި، 1 ވަނަ ފަންގިފިލާ އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދެންނެވީމެވެ.

     މި އިޢުލާނާއެކު މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އަންދާސީހިސާބު ހުށަހަޅާ ފޯމާއި، މަސައްކަތާބެހޭ އިތުރު ތަފުޞީލު، އަދި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކުރާ މަޢުލޫމާތު ޝީޓެއް ހިމަނާފައިވާނެއެވެ. 

     މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ [email protected] އެޑްރެހަށް އީމެއިލްކުރެއްވުމުން، ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމުން، އެދިވަޑައިގަންނަވާ މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. 

15 އޭޕްރިލް 2021
ހޯދާ