ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
އެޗް.އާރް ސޮފްޓްވެއަރއެއް ގަތުމަށް

ނަންބަރު:462/1/2021/9(IUL)  

އިޢުލާން

މި ކޮމިޝަނަށް އެޗް.އާރް ސޮފްޓްވެއަރއެއް ވިއްކާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ 462/1/2021/9(IUL)   (21 މާރިޗް 2021) ގެއިޢުލާނާގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިއުލާންކުރަމެވެ.

އެހެންކަމުން، މި ކޮމިޝަނަށް އެޗް.އާރް ސޮފްޓްވެއަރއެއް ވިއްކުމަށް ޝައުޤުވެރިވާ، ފަރާތްތަކުން މި ކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީހަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

 ތަފްޞީލު

 ތާރީޚު

 ދުވަސް

ގަޑި

ޕްރީބިޑް މީޓިންގ (މައުލޫމާތު ސާފުކުރުމަށް)

20 އޭޕްރީލް 2021

އަންގާރަ

11:30

އަންދާސީހިސާބު ހުށަހެޅުން

29އޭޕްރީލް 2021

ބުރާސްފަތި

11:00

  • ·         ޕްރީބިޑް މީޓިންގ އާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ: ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން، ހުރަވީ ބިލްޑިންގ 1 ވަނަ ފަންގިފިލާ އަށެވެ.
  • ·         އަންދާސީ ހިސާބު ހުށަހެޅޭނީ، ޕްރީމިޑް މީޓިންގއަށް ހާޟިރުވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

-  މިއިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 21 އޭޕްރީލް 2021 އިން  28 އޭޕްރީލް  2021 އަށް، ކޮމިޝަނުގެ އީމެއިލް [email protected] އަށް  ސާފު ކުރެއްވުމަށް ބޭނުންވާ މައުލޫމާތު އެނގޭނޭހެން ލިޔުއްވާ މެއިލް ކުރެއްވުން އެދެމެވެ.  އަދި  މި ސުވާލުތަކަށް ދޭ ޖަވާބު ކޮމިޝަނުގެ ވެބް ސައިޓުގައިވާ، މިއިއުލާނާ ގުޅޭ މަޢުލޫމާތާ އެކު ޝާޢިއު ކުރެވޭނެއެވެ.

-     ފޯނު: 3302582 

-     އިއުލާނާ ގުޅޭ މައުލޫމާތު ޝީޓެއް މި އިޢުލާނާ އެކު އެޓޭޗް ކޮށްފައިވާނެއެވެ.

 

  

3 ރަމަޟާން 1442

                                                           15 އޭޕްރީލް 2021

15 އޭޕްރިލް 2021
ހޯދާ