މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ހުޅުމާލެ ގޮފީގައި ފާހާނާއެއް ހެދުމާއި ބައެއް މަރާމާތުތައް ކުރުން

އިޢުލާން

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ހުޅުމާލެ ގޮފީގައި ފާހާނާއެއް ހެދުމާއި ބައެއް މަރާމާތުތައް ކުރުން

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު ހުޅުމާލެ ގޮފީގައި ފާހާނާއެއް ހެދުމާއި އެ މަރުކަޒުގެ ބައެއް މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ބޭފުޅުންނަށް މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.

ޕްރީ ބިޑް މީޓިންގ އޮންނާނީ 19 އޭޕްރިލް 2021 ވާ ހޯމަ ދުވަހުގެ 10:00 ގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައެވެ. މި މީޓިންގައި ބިޑާއި ގުޅިގެން ސަމާލުކަންދޭންވީ ކަންކަން ހިއްސާކުރުމާއި، ބިޑަރުންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 18 އޭޕްރިލް 2021 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް  [email protected]  މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓަރ ކުރެވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތު:

-          އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

-          ކުންފުނީގެ ނަން

-          ގުޅޭނެ ފޯނު ނަންބަރު

-          އީމެއިލް އެޑްރެސް

-          މެއިލް ފޮނުވާ ފަރާތުގެ ނަން

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 އޭޕްރިލް 2021 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައެވެ. ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 21 އޭޕްރިލް 2021 ވާ ބުދަ ދުވަހުގެ 13:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020284، 3020276، 3020239 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                              02 ރަމަޟާން 1442

14 އޭޕްރިލް 2021
ހޯދާ