މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ

މި އިޢުލާންވަނީ 14 އޭޕްރިލް 2021 20:17 ގައި ބާތިލް ކުރެވިފައެވެ.


މަޤާމު:

ހިއުމަން ރިސޯސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-305557

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، ކ.މާލެ

މުސާރަ:

6295.00

ސަރވިސް އެލަވަންސް:

2,000.00

އެހެނިހެން އެލަވަންސް:

އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވެންސްގެ ގޮތުގައި މުސާރައިގެ 35%

ޓެކްނިކަލްކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ 28%

(ޓެކްނިކަލްކޯ އެލަވަންސްއަށް ޝަރުތު ހަމަވާނީ މަޤާމުގެ ކޯ ޑިސިޕްލިންގެ ގޮތުގައި ކަނޑައަޅާފައިވާ ދާއިރާއަކުން ތަޢުލީމް ޙާސިލްކޮށްފައިވާނަމަ)

ޓެކްނިކަލްކޯ އެލަވަންސްއަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގކޯ އެލަވަންސްގެ ގޮތުގައި 900/- ރުފިޔާ.

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީގެ މުވައްޒަފުންނަށް ވަޒީފާ ދިނުމާއި، ވަކިކުރުމާއި، ބަދަލުކުރުމާއި، މިނޫންވެސް ވަޒީފާއާބެހޭ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި މުވައްޒަފުންގެ ރަޖިސްޓްރީ އަދި މުވައްޒަފުންގެ ޕާސަނަލް ފައިލްތައް އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރުން، އަދި ވަޒީފާއަށް އަލަށް ގުޅޭ މުވައްޒަފުންނަށް ސިވިލް ސަރވިސް ޤަވާއިދުގައިވާ ގޮތުގެ މަތީން އިންޑަކްޝަން ހިންގުން.
  2. އިތުރުގަޑީގެ ޙާޒިރީއާއި ބަންދު ދުވަސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާޒިރީ އާއި އެލަވަންސްތަކުގެ މަޢުލޫމާތު ބެލެހެއްޓުމާއި ރިޕޯރޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި އަދި މުވައްޒަފުންގެ ސަލާމައި ޗުއްޓީ އަދި ދަތުރުތައް އަޕްޑޭޓް ކޮށް ބެލެހެއްޓުން.
  3. މިނިސްޓްރީ މުވައްޒަފުންގެ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަނަށް މުސާރައިން ކަނޑާ ރެކޯޑްތައް ބެލެހެއްޓުމާއި މިނިސްޓްރީގެ މުވައްޒަފުން ރެޖިސްޓްރީވެފައިވާ އެކިއެކި ސްކީމްތަކަށް މުސާރައިން ކަނޑާ ރެކޯޑްތައް ބެލެހެއްޓުމާއި، މިނިސްޓްރީއަށް އަލަށް ލައްވާ އަދި ވަކި ކުރާ މުވައްޒަފުންގެ ސެޕް ސިސްޓަމަށް އެޅުމާއި، މުސާރަ ދިނުމުގައި ސީނިއަރ އެޗް.އާރު އޮފިސަރ އަށް އެހީތެރިވުން، އަދި މުސާރައާއި އެލަވަންސާއި ގުޅިގެން ހުށަހެޅޭ މައްސަލަތައް ބަލާ ހައްލުކުރަމަށް ސެކްޝަންވެރިޔާއަށް އެހީތެރިވުން.
  4. މުވައްޒަފުންގެ ޗުއްޓީއާއި ބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއި (މުވައްޒަފުގެ ޗުއްޓީ ފެށޭ ތާރީޚްގެ ކުރިން ޗުއްޓީ ޗިޓް ޙަވާލުކުރުން.) މުވައްޒަފުންގެ ޑާޓާ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  5. އެޗް.އާރު ސެކްޝަނަށް އަންނަ ލިޔެކިޔުންތައް އެންޓްރީ ކުރުން. އަދި ސެކްޝަން ހެޑް އަންގަވާ ގޮތެއްގެމަތިން ލިޔުންތައް ރޫޓްކުރުމާއި ސެކްޝަން ޔައުމިއްޔާ ތައްޔާރުކޮށް ފައިލްކޮށް ބެލެހެއްޓުން އަދި، ސެކްޝަނަށް އެއް އަހަރުން އަނެއް އަހަރަށް ހަދަންޖެހޭ ފައިލްތައް ހެދުމާއި ފައިލިންގ ސިސްޓަމް ބެލެހެއްޓުން.
  6. މިނިސްޓްރީގެ ޓްރެއިނިންގް ރިކުއަރމަންޓް އަހަރުން އަހަރަށް ތައްޔާރުކޮށް މަޢުލޫމާތު ދޭންވާ ފަރާތްތަކާއި ޙިއްސާކޮށް ބެލެހެއްޓުން، އަދި މުވައްޒަފުންނަށް ދިވެހިރާއްޖޭއާއި ރާއްޖޭން ބޭރުގައި ހިންގޭ ތަމްރީން ޕްރޮގްރާމްތަކުގެ އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި އޭގެ ރެކޯޑްސް ބެލެހެއްޓުން، އަދި ތަމްރީން ޕްރޮގްރާމްތަކުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވާ މުވައްޒަފުންގެ ރެޖިސްޓްރީ އަޕްޑޭޓްކޮށް އެ މުވައްޒަފުންގެ ކޯހާއި ގުޅޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން. އަދި ބޮންޑުކުރަންޖެހޭ މުވައްޒަހުންގެ ކަންކަން ބެލެހެއްޓުން.
  7. ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަނުން ކުރާ މަސައްކަތާ ގުޅިގެން ލިޔަންޖެހޭ ސިޓީ، މެމޯ، ނޯޓް ފަދަ ތަކެތި ލިޔުމާއި ފޮނުވަންޖެހޭ ނޯޓް ފަދަ ތަކެތި ފޮނުވުން އަދި ފައިލް ކުރުން، އަދި އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް ހަވާލުކުރުން.
  8. ހިއުމަން ރިސޯސް މެނޭޖްމެންޓް ސެކްޝަންގެ މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެ މުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. މިނިސްޓްރީގެ މުވައްޒަފުންނާއި ބެހޭ ގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިނުން.
  10. މިނިސްޓްރީގެ އެޗް.އާރު ސިސްޓަމަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  11. އެޗްއާރ އެމްޑީ ކޮމިޓީގެ މަސައްކަތްތަށް ޕާރމަނަންޓް ސެކެރަޓަރީ އަންގަވާ ގޮތުގެ މަތިން ރާވާ ހިންގުން އެޗައާރ އެމްޑީ ކޮމިޓީ ސެކްޓްރިއޭޓް ބެލެހެއްޓުން، އެޕްރައިސަލް، މަތީގައިވާ މަސައްކަތުގެ އިތުރުން ދިވެހިރާއްޖޭގެ ވަޒީފާއާއި، ސިވިލްސަރވިސް ޤާނޫނާއި ގަވައިދާ ހިލާފު ނުވާ ގޮތުގެމަތިން އޮފީހުގެ ވެރިން އަންގާއެއްގުންތައް މަސައްކަތް ކުރުން، އެޗްއާރާ ގުޅުންހުރި މިނިސްޓްރީގެ އެންމެހައިކަންތައް ވިލަރެސްކޮށް ރާވާ ހިންގުން، މުވަޒަފުންނާއި މެދު އަޅާފިޔަވަލު ތަކާއި އޭގެ ރެކޯޑް ބެލެހެއްޓުން/ ފިޔަވަލު އެޅުން. 
  12. މީގެ އިތުރުން މިނިސްޓްރީގެ ނުވަތަ ސެކްޝަންގެ މަސައްކަތުގެ ދާއިރާއިން ސެކްޝަންގެ ވެރިމީހާ ނުވަތަ ޕަރމަނަންޓް ސެކްރެޓަރީ އަންގަވާ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުންދީ، މިނިސްޓްރީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމި ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމި ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ހިއުމަން ރިސޯސް މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް:

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

  1. ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
 
  1. ޙާސިލުކޮށްފައިވާ ތަޢުލީމަށް %35
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް 15%
  3. ލިބިފައިވާ ހުނަރަށް %50
  4. ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ 25% އަށްވުރެމަތިވުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 އެޕްރީލް 2021 ގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނ

ެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 25 އެޕްރީލް 2021 އާއި 26 މެއި 2021 އާ ދެމެދު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3037300 އަށެވެ. އީ-މެއިލް ކުރާނީ  [email protected]އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

14 އޭޕްރިލް 2021
ހޯދާ