އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާބެހޭ

އިޢުލާން           

މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން 02 ރަމަޟާން 1442 ބުދަ ދުވަހުންފެށިގެން 28 ރަމަޟާން 1442 ހޯމަ ދުވަހުގެ  މެންދުރު 12:00 ގެ ނިއަލަށް ހަމަޖެހިފައިވާކަމުގައި ދެންނެވީމެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި އާންމުކޮށް ކައި އުޅުނު ބާވަތްތަކުން (ގޮވާމުން) 2.4 ކިލޯގެ މިންވަރަށްވާ އަގެވެ. މިއަހަރު ޒަކާތުގެ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޒަކާތަށް ދައްކަން ބޭނުންވާ ފައިސާ މިއިދާރާގެ އެކައުންޓަށް ޓްރާންސްފަރ ކުރާގޮތަށެވެ.

އައްޑޫސިޓީގެ އަވަށްތަކުން ޒަކާތް ދެއްކުމަށް ހަމަޖެހިފައިވާ އަގުތައް މިދަންނަވަނީއެވެ.

އާދައިގެ ހަނޑުލުންނަމަ މީހަކަށް   40/14ރ  )ސާދަ ރުފިޔާ ސާޅީސް ލާރި)

ތައިލެންޑްގެ ހަނޑުލުންނަމަ މީހަކަށް -/96ރ  (ނުވަދިހަ ހަރުފިޔާ)

ބާސްމަތީ  އާދައިގެ ހަނޑުލުންނަމަ މީހަކަށް -/72ރ (ހަތްދިހަ ދެރުފިޔާ)

ބާސްމަތީ މޮޅުހަނޑުލުންނަމަ މީހަކަށް 40/86ރ  (އަށްޑިހަ ހަރުފިޔާ ސާޅީސްލާރި)

ބާސްމަތީ އެންމެ މޮޅުހަނޑުލުންނަމަ މީހަކަށް 20/115ރ  (އެއްސަތޭކަ ފަނަރަ ރުފިޔާ ވިހިލާރި)

ރަތްހަނޑުލުންނަމަ މީހަކަށް -/72ރ  (ހަތްދިހަ ދެރުފިޔާ)

އާދައިގެ ފުށުންނަމަ މީހަކަށް -/12ރުފިޔާ (ބާރަ ރުފިޔާ)

އާޓާ ފުށުންނަމަ މީހަކަށް -/60 ރުފިޔާ (ފަސްދޮޅަސް ރުފިޔާ)

ފިތުރު ޒަކާތުގެ ގޮތުގައި ދައްކާފައިސާ ޓްރާންސްފަރ ކުރުމަށް ހަމަޖެހިފައި ވަނީ އައްޑޫސިޓީ ކައުންސިލް އިދާރާގެ ތިރީގައި މިވާ ބީ.އެމް.އެލް އެކައުންޓަށެވެ.

އެކައުންޓް ނަންބަރ: 7708700341004

އެކައުންޓް ނަން: 1277-Kharadhu 2

ފިތުރު ޒަކާތުގެ ފައިސާ ޖަމާކުރާ ސްލިޕްގެ ރިމާކްސްގައި ޒަކާތުގެ ގޮތުގައި ފައިސާ ދެއްކެވި މީހުންގެ އަދަދު  ލިއުއްވުމަށްފަހުގައި މިއިދާރާގެ ހޮޓްލައިން ނަންބަރު 7905003އަށް ސްލިޕްތައް ވައިބަރކޮށް ދެއްވުން އެދެމެވެ.

            30 ޝަޢުބާން  1442

12 އޭޕްރިލް 2021
ހޯދާ