ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1442 ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާއި ބެހޭ

1442 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާންމަހުގެ 03 ވަނަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 28 ވަނަ ދުވަހުގެ (10 މެއި 2021) ރަސްމީ ބަންދުނޫން ކޮންމެދުވަހެއްގެ 9:30 ން 12:00 ގެ ނިޔަލަށެވެ. މިދިޔަ އަހަރަކޭވެސް އެއްފަދައިން މިއަހަރުވެސް ފިޠުރުޒަކާތް ބޭންކް ޓްރާންސްފަރ މެދުވެރިކޮށް ދެއްކުމަށް ކައުންސިލުން ބާރުއަޅާ ވާހަކަ ދަންނަވަމެވެ.  

          ފިޠުރު ޒަކާތުގެ މިންވަރަކީ 2.4 ކިލޯގެ މިންވަރެވެ. ޒަކާތް ނެރޭނީ އަހަރުތެރޭގައި އާންމުކޮށް ކައިއުޅުނު ހަނޑުލުގެ (ގޮވާމުގެ) ބާވަތަކަށް ބަލައިގެންނެވެ. ރަސްމީކޮށް ޒަކާޠް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ އަގަށްވާ ފައިސާއިންނެވެ.

           ބޭންކް ޓްރާންސްފަރ ކޮށް ޒަކާތް ދައްކަވާ ފަރާތްތަކުން ކައުންސިލް އިދާރާގެ އެކައުންޓް ނަންބަރު 7706700281004 (1301 ޚަރަދު2) އަށް ޒަކާތަށްވާ ފައިސާ ޓްރާންސްފަރ ކުރެއްވުމަށްފަހު 9902325 ސްލިޕްކޮޅު ވައިބަރ ކުރެއްވުން އެދެމެވެ. ފައިސާ ޓްރާންސްފަރ ކުރައްވާއިރު ތަފްޞީލް (ރިމާރކްސް) ގައި ގޭގެ ނަމާއި މީހުންގެ ޢަދަދު  އަދި ބާވަތް (އާދައިގެ ހަނޑޫ, ހުދުހަނޑޫ، ރަތްހަނޑޫ،ބާސްމަތީ، އާޓާފުށް،ގޮދަންފުށް) މިއިން ބާވަތެއްގެ ނަން ޖެއްސެވުން އެދެމެވެ.

Example: Remarks: Dheyliyaage – Aadhaige hadoo4, baasmathy1, godhanfuh6

އާދައިގެ ހަނޑުލުން

ތައިލެންޑް ހުދު ހަނޑުލުން

ބާސްމަތީ ހަނޑުލުން (އާދައިގެ)

ބާސްމަތީ ހަނޑުލުން (މޮޅު)

ރަތް ހަނޑޫ

ގޮދަންފުށުން

އާޓާފުށުން

މީހަކަށް -/15ރ

މީހަކަށް -/48ރ

މީހަކަށް -/58ރ

މީހަކަށް -/81ރ

މީހަކަށް -/75ރ

މީހަކަށް -/12ރ

މީހަކަށް -/62ރ

14 އޭޕްރިލް 2021
ހޯދާ