ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބެޑްމިންޓަން އެސޯސިއޭޝަނުގައި ރަޖިސްޓްރީވެފައިވާ ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެންބަރުންނަށް 13 އެޕްރީލް 2021 އިން ފެށިގެން އެކުވެނި އިންޑޯހޯލް ޝެޑިއުލްކޮށްގެން ބޭނުންކުރުމުގެ ގަޑިތައް.

ކޯޓް ޝެޑިއުލް ކުރެވޭ ގަޑިތައް:

 

16:00-17:45   ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެމްބަރުން (ކޯޓް 1 އަދި 2)

20:30-22:00   ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެމްބަރުން (ކޯޓް 7،6،5 އަދި 8)

22:00-23:30   ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެމްބަރުން (8 ކޯޓް)

23:30-01:00   ކްލަބް/ޖަމްޢިއްޔާ އަދި އަމިއްލަ މެމްބަރުން (8 ކޯޓް)

 

14 އެޕްރިލް 2021 އިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 17:45 އަށް ކޯޓް ނަމްބަރު 8،7،6،5،4،3 އަދި ރޭގަނޑު 20:30 އިން 22:00 އަށް ކޯޓް ނަމްބަރު 4،3،2،1 ޝެޑިއުލް ކުރެވިފައިވަނީ މި އެސޯސިއޭޝަންގެ ބޭނުމަކަށެވެ.

 

ކޯޓް ޝެޑިއުލް ކުރުމަށް ބޭނުންވާނެ މަޢުލޫމާތު:

 

އަމިއްލަ މެމްބަރުން ޝެޑިއުލް ކުރަން އެދޭއިރު މަދުވެގެން 6(ހައެއް) ގިނަވެގެން 8(އަށެއް) މެމްބަރުންގެ، މަޢުލޫމާތު ހިމަނަންވާނެއެވެ.

  • ކުޅުންތެރިންގެ ފުރިހަމަނަން،
  • ކުޅުންތެރިންގެ މެމްބަޝިޕް ނަމްބަރު (2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އަށް ފީދައްކާފައިވާ)،
  • ކޯޓް ޝެޑިއުލް ކުރަންބޭނުންވާ ގަޑި.

ކުލަބް/ޖަމިއްޔާ ތަކަށް ޝެޑިއުލްކުރުމަށް ރިކުއެސްޓު ކުރުމުން ކުލަބް/ޖަމިއްޔާގެ މެމްބަރުންގެ ޢަދަދަށް ބަލައި ކޯޓު ޝެޑިއުލް ކުރެވޭނެއެވެ.

 

v     ކޯޓް ޝެޑިއުލްކުރުމަށް 9924444 އަށް ވައިބަރ ކުރެއްވުން އެދެމެވެ.

 ( އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3314057 އަށެވެ.)

 

ނޯޓް: ކޮންމެ ދުވަހެއްގެ ހެންދުނު 9:00 އާއި ހެނދުނު 11:00 އާ ދެމެދު ވައިބަރ މެދުވެރިކޮށް ފޮނުވާފައިވާ ރިކުއެސްޓްތަކަށް ބަލައި، ޖެހިގެން އަންނަ ދުވަހުގެ ކޯޓް ޝެޑިއުލް ތައްޔާރުކޮށް ބެޑްމިންޓަން އެސޯސިއޭޝަންގެ ވައިބަރ ކޮމިއުނިޓީ އަދި ނޯޓިސް ބޯޑުގައި އާންމުކުރާނެކަމުގައި ދަންނަވަމެވެ. މި އެސޯސިއޭޝަނުން ނެރޭ ޝެޑިއުލް އަދި އެޗް.ޕީ.އޭ ގެ އުޞޫލުތަކާއި މިންގަނޑުތަކަށް ސަމާލުވެ ޢަމަލުކުރުމަކީ މި އެސޯސިއޭޝަންގެ ވަރަށްބޮޑު އެދުމެކެވެ.

12 އޭޕްރިލް 2021
ހޯދާ