ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މިކުންފުނިން އުފައްދާ ލަވަ ޕްރޮގްރާމަށް ސައުންޑް އިންޖިނިއަރއެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2021/74

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-46-21) PSM-TVM Pro /2021/66

 

 

 

އިޢުލާން

ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނިން އުފައްދާ ލަވަ ޕްރޮގްރާމަށް ސައުންޑް އިންޖިނިއަރއެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު (IUL) PSM-FP/PSM/2021/73 އިޢުލާނަށް އެކަށީގެންވާ އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް 2 ވަނަ ފަހަރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، 15 އޭޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ޕީ.އެސް.އެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

 • ލަވަ ޕްރޮގްރާމްގައި ޕާރފޯމްކުރާ 25 ލަވައިގެ ރެކޯޑިންގ އަދި މާސްޓަރިންގ ހެދުން.
 • މި 25 ލަވަ ބަހާލެވިފައިވަނީ ތަފާތު 5 ޕްރޮގްރާމަކަށެވެ. ކޮންމެ ޕްރޮގްރާމެއްގައި ތަފާތު 5 ސޯލޯ އާޓިސްޓުން ލަވަ ޕާރފޯމްކުރާނީ ލައިވްކޮށް އަދި މިއުޒިކް ބޭންޑަކާއި އެކުއެވެ.

 

ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު

1

ޕްރޮޕޯސަލް ހުށަހަޅާއިރު ހިމަނަންޖެހޭ އަސާސީ މަޢުލޫމާތު:

ޕްރޮޕޯސަލް ހުށަހަޅާ މަރުޙަލާގައި،

އަސާސީ މަޢުލޫމާތެއް މަދުނަމަ، އެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެއެވެ.

 • ކުންފުނި، އަމިއްލަ ފަރުދުންގެ ވިޔަފާރި އަދި އަމިއްލަ ފަރުދުން

1-  ކޯޓޭޝަން/ އަގު: ދިވެހި ރުފިޔާއިން: (ތަފްޞީލާއެކު)

 • ކުންފުންނި / އަމިއްލަ ފަރުދުންގެ ވިޔަފާރިނަމަ،

2-  ކޮމްޕެނީ / އަމިއްލަ ފަރުދުންގެ ވިޔާފާރި ރަޖިސްޓްރީގެ ކޮޕީ:

3-  ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީ:

4-  ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ނުކުރާނަމަ ނޮޓިފިކޭޝަން އޮފް ޓެކްސް ރެޖިސްޓްރޭޝަން ކޮޕީ

 • އަމިއްލަ ފަރުދެއްނަމަ،

5-   އައިޑީ ކާޑް ކޮޕީ / ވަނަވަރަރު

6-   ޖީ އެސް ޓީ އަށް ރަޖިސްޓްރީކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީ

2

ޕޮއިންޓް ދެވޭނެގޮތް

1-  އަގަށް:                     70 ޕޮއިންޓް

2-  ކަމާގުޅުންހުރި ތަޖްރިބާ:           20 ޕޮއިންޓް

3-  ފައިސާ ދައްކަން ހުށަހަޅާ މުއްދަތަށް:  10 ޕޮއިންޓް

3

ސުންގަޑި

15 އޭޕްރީލް 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ރޭޑިއޯ ބިލްޑިންގ އަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

4

ބިޑްނުވަތަ މަސައްކަތް އެވޯޑްކުރުން

ޕީއެސްއެމްގެ ބިޑްކޮމެޓީން ކޯޓޭޝަންތައް އިވެލުއޭޓްކޮށް ނިމުމުން އެވޯޑް ކުރެވޭ ފަރާތަށް އެވޯޑް ލެޓަރ އެއް ފޮނުވޭނެއެވެ.އަދި ނުހޮވޭ ފަރާތްތަކަށް މި މަޢުލޫމާތު ޙިއްސާކުރެވޭނެއެވެ.

އެވޯޑް ލެޓަރ ފޮނުވުމަށްފަހު، ނުހޮވޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް 5 ދުވަހުގެ ފުރުޞަތެއް ދެވޭނެއެވެ. މި 5 ދުވަސްފަހުން އެއްވެސް ޝަކުވާއެއް ހުށަހެޅިފައި ނުވާނަމަ އެވޯޑްވި ފަރާތާ، ޕީއެސްއެމްއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ޙަވާލުކުރެވޭނެއެވެ. 

5

ޕްރޮޕޯސަލްބަލައި ގަތުން:

 • ޕްރޮޕޯސަލް  ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
 • އެޑްރެސް ކުރަންވާނީ ،ތިރީގައިވާ ގޮތަށެވެ.
 • ޕްރޮޕޯސަލް ހުށަހަޅާ ކަމެއް-
 • ޕްރިކޮއުމަންޓް ޑިޕާރޓްމަންޓް
 • ޕަބްލިކް ސާރވިސް މީޑިއާ
 • ރޭޑިޔޯ ބިލްޑިންގް
 • އަމީނީމަގު،މާލެ 20331

 

ދީފައިވާ މަޢުލޫމާތާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

                   30 ޝަޢުބާން 1442

                     12 އޭޕްރީލް 2021

12 އޭޕްރިލް 2021
ހޯދާ