މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

 މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

އިންޖިނިއަރިން އެންޑް ޑޮކިންގ ޑިވިޜަނަށް ބޭނުންވާ މަޤާމުތައް

މަޤާމް:

 އެސިސްޓަންޓް ބޯޓް ބިލްޑަރ

ބޭނުންވާ އަދަދު:           

03

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  •  14،000 – 15,000 ރ. އާއި ދެމެދު.
  • ކުންފުނީގެ އިތުރުގަޑީގެ ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކ. ތިލަފުށި

ޝަރުޠު                 

  • ކިއްސަރު ވަޑާން ކުރަން ދަންނަ ފަރާތެއްކަމުގައިވުމާއިއެކު މަދުވެގެން 2 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • އޮޑި ދޯނި ފަހަރު ބަނުމުގެ މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

 

  • މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

މަޤާމް:

އެސިސްޓަންޓް ފައިބަރގްލާސް ޓެކްނީޝަން

ބޭނުންވާ އަދަދު:           

03

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • 13،000– 14،000 ރ. އާއި ދެމެދު.
  • އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކ. ތިލަފުށި ސައިޓްގައި

ޝަރުޠު                 

  • ބޯޓްޔާރޑުގެ ފައިބަރގްލާސް މަސައްކަތްކުރުމުގެ ހުނަރު އަދި މި ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ރަނގަޅު ފެންވަރެއްގައި ބޯޓުފަހަރު މަސައްކަތްކުރުމަށް ބޭނުންވާ ފައިބަރ މަސައްކަތްތައް  ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ސުޕަރވައިޒްކޮށް މިމަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން.
  • މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް  އޮފިސަރ

ބޭނުންވާ އަދަދު:           

  • 01

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހު)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • މުސާރަ :    14,000- 13,000 ރ. އާއި ދެމެދު.
  • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • ކ. ތިލަފުށި ސައިޓްގައި

ޝަރުޠު:                 

  • ބިޒްނަސް، ޢެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ މަގާމާއި ގުޅޭދާއިރާއަކުން އެ.އެން.އިއު.އެފް ލެވެލް 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއިއެކު މަގާމާއި ގުޅުން ހުރި ދާއިރާއަކުން މަދުވެގެން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ:
  • ބިޒްނަސް، ޢެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ މަގާމާއި ގުޅޭދާއިރާއަކުން އެ.އެން.އިއު.އެފް ލެވެލް 5 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއިއެކު މަގާމާއި ގުޅުން ހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • އިގިރޭސީ އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • މައިކްރޮސޮފްޓް އް އެކްސެލް އަދި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.
  • އޮފީސް މަސައްކަތް ކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

  • މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

މަޤާމް:

ފައިބަރގްލާސް ޓެކްނީޝަން

ބޭނުންވާ އަދަދު:           

01      

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • 14،000 – 15،000ރ އާއި ދެމެދު
  • އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކ. ތިލަފުށި ސައިޓްގައި

ޝަރުޠު                 

  • ބޯޓްޔާރޑުގެ ފައިބަރގްލާސް މަސައްކަތްކުރުމުގެ ހުނަރު އަދި މި ދާއިރާއިން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ރަނގަޅު ފެންވަރެއްގައި ބޯޓުފަހަރު މަސައްކަތްކުރުމަށް ބޭނުންވާ ފައިބަރ މަސައްކަތްތައް  ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ސުޕަރވައިޒްކޮށް މިމަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

  • މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

މަޤާމް:

ވެލްޑަރ

ބޭނުންވާ އަދަދު:           

2

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • މުސާރަ :    14,000- 13,000 ރ. އާއި ދެމެދު.
  • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • ކ. ތިލަފުށި

ޝަރުޠު:                 

  • އެޑްވާންސް ސެޓްފިކެޓް އިން ވެލްޑިންގް ނުވަތަ
  • މި ދާއިރާއިން މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
  • މި މަސައްކަތަށް ޝައުގުވެރިކަން ހުރުމާއި، ހީވާގި ކަމާއިއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

  • ރަނގަޅު ފެންވަރުގައި ވެސެލްތަކަށް ބޭނުންވާ ވެލްޑިންގ މަސައްކަތްކުރުން، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.
  • މިމަޤާމުގެ މަސްޢޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

މަޤާމް:

ކްރޭން އޮޕަރޭޓަރ

ބޭނުންވާ އަދަދު:           

1

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • 14,00015,000-ރ އާއި ދެމެދު
  • ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކ.ތިލަފުށ

ޝަރުޠު:                 

  • ކްރޭން އޮޕަރޭޓް ކުރުމުގެ ލައިސެންސް ލިބިފައިވުން
  • މި މަސައްކަތަށް ޝައުގުވެރިކަން ހުރުމާއި، ހީވާގި ކަމާއިއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

  • ސައިޓް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކްރޭން އޮޕަރޭޓްކުރުން.
  • މިމަޤާމުގެ މަސްޢޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 16 އޭޕްރިލް 2021 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހެޅޭނި ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. 

ވެބްސައިޓް:  https://mtcc.mv/careers/

ފޯން: 3001100/ 3001120 / 3001149 

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

12 އޭޕްރިލް 2021

12 އޭޕްރިލް 2021
ހޯދާ