އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
މިކޮމިޝަނުގެ އިޢުލާން ނަންބަރު 123-A/IUL/2021/28 ގެ މަޢުލޫމާތު ޝީޓަށް އިސްލާހެއް ގެނައުމާއި އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް ބަދަލުވުން

123-A/IUL/2021/32

އިޢުލާން

މިކޮމިޝަނުގެ އިޢުލާން ނަންބަރު 123-A/IUL/2021/28  ގެ މަޢުލޫމާތު ޝީޓަށް އިސްލާހެއް ގެނައުމާއި އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް ބަދަލުވުން

މިކޮމިޝަނަށް ވީޑިއޯ ކެމެރާއަކާއި އެއާއިގުޅޭ އިތުރު ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނުގެ މަޢުލޫމާތު ޝީޓަށް ގެނެވިފައިވާ އިސްލާހުތައް އެނގޭނެހެން ހައިލައިޓް ކުރެވިފައިވާނެއެވެ. މި އިޢުލާނާއި އެކު މަޢުލޫމާތު ޝީޓް އެއްހީރަސްކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ މަޢުލޫމާތު ޝީޓުގައިވާ ގޮތަށެވެ.

މީގެއިތުރުން، މިކޮމިޝަނުގެ އިޢުލާން ނަންބަރު 123-A/IUL/2021/28 އާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތާރީޚު ވަނީ ބަދަލުވެފައެވެ. ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  2021 އެޕްރީލް 18 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިކޮމިޝަނަށް (ހ. ސަކީނާ މަންޒިލް 3 ވަނަ ފަންގިފިލާ) ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

26 ޝަޢުބާން    1442

08 އެޕްރީލް     2021

08 އޭޕްރިލް 2021
ހޯދާ