ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ އިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް، ރާއްޖޭގެ ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން ހޯދުށް

 އެސް.ޓީ.އޯ އިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް، ރާއްޖޭގެ ރަށްރަށުގައި ވިއްކައިދިނުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުން ހޯދުމަށް އިއުލާނު ކުރަމެވެ.

 

އެސް.ޓީ.އޯ އިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް އަތޮޅުތެރޭގެ ރަށްރަށުގައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ އޭޖެންޓުންނަށް ވުމުގެ ފުރުސަތު ހުޅުވާލަމެވެ. އެޖެންޓުން ނެގުމަށް މިވަގުތު ހަމަޖެހިފައިވަނީ ށ، ނ، ރ، ޅ، އއ، އދ، ވ، މ، ފ، ދ އަދި ތ އަތޮޅުގައެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

 

މަސައްކަތުގެ ވެރިފަރާތް:       ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

 

ކުރަންޖެހޭ މަސައްކަތް:      އެސް.ޓީ.އޯ އިން ވިއްކާ ކޮންސްޓްރަކްޝަން މެޓީރިއަލްސްގެ ބާވަތްތައް ކަނޑައެޅިފައިވާ އަތޮޅުތަކުގައި ވިއްކުމުގެ ހިދުމަތް ދިނުން.

 

  • ކޮންމެ އަތޮޅަކުން ނެގުމަށް ހަމަޖެހިފައި ވަނީ 02 (ދޭއް) އޭޖެންޓެވެ.

 

  • އޭޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރި ތަކެވެ.

 

  • އެޖެންޓު ކަމަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް ބީލަން ހުށަހެޅޭނީ ގިނަވެގެން 02 (ދޭއް) އަތޮޅަށެވެ.

  

  • ކޮންސްޓްރަކްޝަން މެޓީރިއަލްސް ގެ ގޮތުގައި އެޖެންޓުން ވިއްކުމަށް ހަމަޖެހިފައިވާ ބާވަތްތައް:
  • ސިމެންތި
  • ރާޅުވެލި
  • ހިލަ
  • ރިންގު ދަނގަޑު 6 އެމްއެމް
  • ދަނގަޑު 10 އެމްއެމް
  • ދަނގަޑު 12 އެމްއެމް
  • ދަނގަޑު 16 އެމްއެމް
  • ބަންނަ ނަރު
  • ދަނގަޑުހޮޅި ½ އިންޗި
  • ދަނގަޑުހޮޅި 1 އިންޗި
  • ދަނގަޑުހޮޅި ½ 1 އިންޗި
  • ބިޑި
  • ޖިޕްސަން ބޯޑް
  • ޕްލައިވުޑް 3.6 އެމްއެމް (ޗައިނާ)
  • ޕްލައިވުޑް 5.2 އެމްއެމް (ޗައިނާ)
  • ޕްލައިވުޑް 9 އެމްއެމް (ޗައިނާ)
  • ޕްލައިވުޑް 12 އެމްއެމް (ޗައިނާ)
  • ޕްލައިވުޑް 3.6 އެމްއެމް (މެލޭޝިޔާ)
  • ޕްލައިވުޑް 5.2 އެމްއެމް (މެލޭޝިޔާ)
  • ޕްލައިވުޑް 9 އެމްއެމް (މެލޭޝިޔާ)
  • ޕްލައިވުޑް 12 އެމްއެމް (މެލޭޝިޔާ)
  • ތައްގަނޑުފިލާ 12 އެމްއެމް (ކަޅުފިލާ)
  • މަގު ފުޅާ ޓިނު (ކަލަރބޮންޑް)
  • މަގު ފުޅާ ޓިނު (ޑިޔުރަޑެކް)
  • މަގު ފުޅާ ޓިނު (ޒިންކްއެލްމިނިޔަމް)
  • އާދައިގެ ޓިނު
  • ޓިނާއި ގުޅޭ ބާވަތްތައް
     (ފެންފަށް، ތިނބި، ދިޔަދޮވި، ދިޔަދޮވިކޮޅު، ފެންބޭލި، ޓިނު އިސްކުރު، ދިޔަދޮވި ފަތި، ދިޔަދޮވި ބުޅި)

  

ރަޖިސްޓަރީ ކުރުން:   ރަޖިސްޓަރީ ކުރަން ބޭނުންވާ ފަރާތްތަކުން، 2021 އޭޕްރީލް 18 ވަނަ ދުވަހު 1400 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންވާނެއެވެ.

 

ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާއިރު، އެޖެންޓަކަށް ވުމަށް އެދިލައްވާ އަތޮޅު ހިމަނަންވާނެއެވެ. އަދި  ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

 

                    އީމެއިލް އެޑްރެސް: [email protected]

                   

ބީލަންކަރުދާސް ދޫކުރުން:      ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ، 2021 އޭޕްރީލް 19  ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލް މެދުވެރިކޮށެވެ.

 

ބީލަންކަރުދާސް:     ބީލަންކަރުދާސް ހުށަހެޅުމުގެ ސުންގަޑި އަކީ، 2021 އޭޕްރިލް 25 ވަނަ ދުވަހުގެ 1400 އެވެ. ބީލަން ހުށަހަޅާނީ އީމެއިލް މެދުވެރިކޮށް، [email protected] އީމެއިލް އެޑްރެސްއަށެވެ. އަދި ބީލަންކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު:

 

 މި ބީލަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، ރަސްމީ ބަންދު ނޫން ގަޑީގައި، ތިރީގައިވާ ނަންބަރުތަކަށް ގުޅުއްވައި ނުވަތަ އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރެއްވޭނެއެވެ.

 

        ފޯނު:, 3012699, 3012514 3344374

އީމެއިލް: [email protected]

 

 

 

 

 

 

 

 

08 އޭޕްރިލް 2021
ހޯދާ