އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީގެ ހުޅުދޫ އަވަށުން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 50 ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވުނު ގޮތުގެ ދާއިމީ ލިސްޓު އާންމުކުރުން

އިޢުލާން 

އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު  (IUL)426-AB/426/2019/255 (25 ޖުލައި 2019) އަދި  (IUL)426-AB/426/2019/306 (29 އޮގަސްޓް 2019) އިޢުލާންތަކާ ގުޅިގެން ހުޅުދޫ އަވަށުން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 50 ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވުނު ގޮތުގެ ދާއިމީ ލިސްޓު އާންމުކުރުމަށް 3 ވަނަ ކައުންސިލްގެ 165 ވަނަ ޖަލްސާގައި ނަންބަރު 426-B(3)/2021/50 (23 މާރިޗު 2021) ނިންމެވުމުން ނިންމަވާފައިވާތީ، މި ލިސްޓު މި އިޢުލާނާއެކު އާންމުކުރީމެވެ. މި ލިސްޓު ސަރުކާރުގެ ގެޒެޓުގައި އަދި ކައުންސިލްގެ ވެބްސައިޓް (http://adducity.gov.mv) ގައި ޝާއިޢުކުރެވިފައިވާނެއެވެ.

މި ފަހަރު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ 50 ވަނަ ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެން ގޯތި ލިބޭ 01 ފަރާތް ކަނޑައެޅުމަށްފަހު، ގޯތި ލިބޭ 50 ފަރާތުގެ ލިސްޓު އާންމުކުރެވޭނެއެވެ. އަދި ގޯއްޗެއް ލިބޭ މިންވަރަށް ދެމަފިރިންނަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާނަމަ، ގޯތި ލިބޭނީ ދެމަފިރިން އެއްބަސްވާ ގޮތެއްގެ މަތިން އޭގެ ތެރެއިން އެއް ފަރާތަކަށެވެ. މި ކަމުގައި ދެމަފިރިންނަށް ވަކި ގޮތަކަށް  އެއްބަސްނުވެވިއްޖެނަމަ، ގޯތި ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތުލައިގެންނެވެ.

 

25 ޝަޢުބާން 1442   

07 އޭޕްރިލް 2021
ހޯދާ