އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި އަތޮޅު ތެރޭގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ތެރެއިން ވޯޓު ފޮށި ބަހައްޓާތަން ބަދަލުވެފައިވާތީ، މި ވޯޓު ފޮށީގެ ނަންބަރާއި، ވޯޓު ފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓު ފޮށި ބަހައްޓާ ތަން އިޢުލާން ކުރުން

 

 (IUL)38-CA/38/2021/134  :  ނަންބަރު                                                 

އިޢުލާން

 

2021 އެޕްރީލް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި

އަތޮޅު ތެރޭގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށި ބަހައްޓާތަން ބަދަލުވެފައިވާތީ، މި ވޯޓު ފޮށީގެ ނަންބަރާއި، ވޯޓު ފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓު ފޮށި ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ.

 

ވޯޓު ފޮށި ބަހައްޓާ ތަނުގެ ތަފްޞީލް

ވޯޓުލާ ސަރަހައްދުގެ ތަފްސީލު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ކޯޑު

ވޯޓުފޮށީގެ ނަންބަރު

ކުރިން ގދ. އަތޮޅު މަދަރުސާ ހިންގި ގޯތީގެ އިރުމަތީ ފަރާތުގައިވާ އިމާރާތުގެ އުތުރު ރޫމް ގައި

މި ފޮށްޓަށް ވޯޓުލާނީ ގައްދޫ މަލުތެރޭ ގޯޅިން ހުޅަނގަށް ގޮސް އަމީރުއަޙްމަދުމަގާ ގުޅުނު ހިސާބުން އުތުރަށް ގޮސް އޯކިޑްމަގާ ގުޅުނު ކަންމަތިން ހުޅަނގަށް ގޮސް ކާރުނޭޝަންމަގުން ދެކުނަށް ގޮސް މެދުރަޓުގޯޅިން ހުޅަނގަށް ގޮސް ވަތަބަނޑޭރިމަގާ ގުޅުނު ހިސާބުން އުތުރަށް ގޮސް ހުސައިންމަނިކުމަގާ ވަތަބަނޑޭރިމަގާ ގުޅުނު ހިސާބުން ވަތަބަނޑޭރިމަގުން ދެކުނަށް ގޮސް މަލުތެރޭގޯޅިއާއި ހަމައަށް ވަށާލެވޭ ސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ގދ. ގައްދޫ-3

Q5.3

348

 

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

24 ޝަޢުބާން 1442

 

07 އޭޕްރިލް 2021
ހޯދާ