އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިގުރަށު ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް

އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ

ދިގުރަށް/ ދިވެހިރާއްޖެ.

  ނަންބަރު: 353/2021/8 (IUL)

އިޢުލާނު

 

ދިގުރަށު ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް

އދ. ދިގުރަށު ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ އެކްޓެންޝަން ޢިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2021 އޭޕްރީލް 8 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2021 އޭޕްރީލް 15 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

މި މަސައްކަތުގެ ޓެންޑަރ ޑޮކިއުމެންޓްގެ ސޮފްޓް ކޮޕީ ބީލަމުގައިބައިވެރިވާން ރަޖިސްޓްރީވުމަށް ހުށަހަޅާ ފަރާތްތަކަށް، އީމެއިލްގެ ޒަރީޢާއިން ފޮނުވޭނެއެވެ. އަދި މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން 2021 އޭޕްރީލް 22 ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ކުރިން ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅުއްވާނީ އދ. ދިގުރަށު ކައުންސިލްގެ އިދާރާއަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތް ( ރޯޝަނީބިލްޑިންގ، ސޯސަންމަގު/ކ.މާލެ) އަށެވެ. މި މަސައްކަތަށް ހުށަހަޅުއްވާ ބީލަންތައް ހުޅުވަން ހަމަޖެހިފައިވަނީ، ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޒިރުގައި، 2021 އޭޕްރީލް 22 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު އޮންނާނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 2014/18 ) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވުރުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބީލަން ހުށަހެޅުމަށް ދީފައިވާ ގަޑީގެ ފަހުން ހުށަހަޅުއްވާ ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ.

ބީލަން ހުށަހަޅުއްވަންވާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. ބީލަން ހުންނަންވާނީ  ސިޓީ އުރައެއްގައި ބަންދުކޮށް، ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ގަޑި، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައެވެ

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާނަމަ 2021 އޭޕްރީލް 22 ވާ ބުރާސްފަތި ދުވަހުގެ 9:00 ގެ ނިޔަލަށް މި އިދާރާގެ ނަންބަރު 6680631 ފޯނަށް ނުވަތަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

7 އޭޕްރީލް 2021

އުޘްމާން ޢީސާ

ކައުންސިލްގެ ރައީސް

07 އޭޕްރިލް 2021
ހޯދާ