މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކްގެ އިންވެންޓްރީ ނަގައި އަޕްޑޭޓް ކުރުމާއި ސްޓޮކް އަޕްޑޭޓް ކުރާނެ ފަރާތެއް ހޯދުން

އިޢުލާން

 

މޯލްޑިވްސް ޕޮލިޓެކްނިކްގެއިންވެންޓްރީ ނަގައި އަޕްޑޭޓް ކުރުމާއި ސްޓޮކް އަޕްޑޭޓް ކުރާނެ ފަރާތެއް ހޯދުން

މޯލްޑިވްސް ޕޮލިޓެކްނިކްގެ އިންވެންޓްރީ ނަގައި އަޕްޑޭޓް ކުރުމާއި ސްޓޮކް އަޕްޑޭޓް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރ - (IUL) 213-PR/1/2021/23 އާއި ގުޅިގެން އެކަށީގެންވާ އެއްބާރުލުން ލިބިފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް ދެވަނަ ފަހަރަށް ޢިއުލާންކުރަމެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ އިންވެންޓަރީ ނަގައި އަޕްޑޭޓް ކުރުމާއި ސްޓޮކް އަޕްޑޭޓް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. އެހެންކަމުން މި މަސައްކަތް ކުރެއްވުމަށް ޝައުގުހުރި ފަރާތްތަކަށް، މި އިއުލާނާ އެކުގައިވާ ޓީ.އޯ.އާރްގައި ބަޔާންކޮށްފައި ހުރި ގޮތަށް، މައުލޫމާތު ހުށަހެޅުއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދައުވަތު އަރުވަމެވެ.

 މި އިޢުލާނާއި ގުޅިގެން ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 20 އޭޕްރިލް 2021 ވާ އަންގާރަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 28 އޭޕްރިލް 2021 ވާ ބުދަ ދުވަހުގެ 11:00 ގައި  މޯލްޑިވްސް ޕޮލިޓެކްނިކްގައި، އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 27 އޭޕްރީލް 2021 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން  [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

07 އޭޕްރިލް 2021

07 އޭޕްރިލް 2021
ހޯދާ