މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލަށް އެކްސްޓާރނަލް އެގްޒަމިނަރުން ހޯދުމާއި ބެހޭ

 

އިޢުލާން

 

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލަށް އެކްސްޓާރނަލް އެގްޒަމިނަރުން ހޯދުމާއި ބެހޭ

މިކައުންސިލުގެ އިޢުލާނު ނަންބަރު: (IUL)23-MNMC/23/2018/146 އާއި ޙަވާލާދީ ދަންނަވަމެވެ.

މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގައި  އެކްސް ޓާރނަލް އެގްޒަރމިނަރުންގެ ގޮތުގައި  ރެޖިސްޓަރީވުމުގެ ފުރުޞަތު އިތުރުކުރުމުގެ ގޮތުން އަލުން އިޢުލާން ކޮށް، ރަޖިސްޓްރީވުމަށް ހުޅުވާލަމެވެ. އަދި ކުރީގެ އިއުލާނުގައި ވާގޮތުގެ މަތިން ރެޖިސްޓްރީ ވުމަށް ހުށަހަޅުއްވާފައިވާ ފަރާތްތައް ރަޖިސްޓްރީވުމަށް ހުށަހަޅަން ނުޖެހޭނެ ކަމުގައި ދަންނަވަމެވެ.

އެކްސްޓާރނަލް އެގްޒާމިނަރެއްގެ ގޮތުގައި މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގައި ރެޖިސްޓްރީ ވުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގައި ހުންނަންވާ ޝަރުތުތައް

 1. 1.      ނާރސިންގގެ ދާއިރާއިން ބެޗްލާރސް ޑިގްރީއެއް ނުވަތަ އެއާއެއްފެންވަރުގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ސަނަދެއް ޙާޞިލުކޮށްފައިވުން.
 2. 2.      މޯލްޑިވްސް ނާރސިންގ ކައުންސިލުގައި ރަޖިސްޓަރީކޮށް ލައިސަންސް ލިބިފައިވާ ފަރާތެއް ކަމުގައިވުން.
 3. 3.      މަޤާމާއި ގުޅޭ 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 4. 4.      ޕްރެކްޓިކަލް އެގްޒާމްގައި މަދުވެގެން 2 ފަހަރު، ދަރިވަރުން އެސެސްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

 • ·         އެކްސްޓާރނަލް އެގްޒާމިނަރެއްގައި ގޮތުގައި ރެޖިސްޓްރީވުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯރމް
 • ·         ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
 • ·         މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލުގައި ރަޖިސްޓަރީކޮށް ލިބިފައިވާ ލައިސަންސް އަދި ރެޖިސްޓްރޭޝަންގެ ކޮޕީ (ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާއި އެއްގޮތް ތައްގަނޑުޖެހި)
 • ·         ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާއި އެއްގޮތް ތައްގަނޑުޖެހި)
 • ·         މަޤާމާއި ގުޅޭ 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ލިޔުން
 • ·         ވަޒީފާ އަދާކުރާނަމަ ވަޒީފާގައި އުޅޭކަމުގެ ރަސްމީ ލިޔުން
 • ·         ޕްރެކްޓިކަލް އެގްޒާމްގައި މަދުވެގެން 2 ފަހަރު ދަރިވަރުން އެސެސްކޮށްފައިވާ ކަމުގެ ލިޔުން

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއި، އެޕްލިކޭޝަން ފޯރމާއެކު، 2021 ޖޫން 03 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ވާރޗުއަލް ކައުންޓަރ (counter.health.gov.mv) އަށް ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު

 • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3014468 ފޯނާއި ގުޅުއްވުން އެދެމެވެ.

                                    24 ޝައުބާން 1442

06 އޭޕްރިލް 2021
ހޯދާ