ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ބިލެތްދޫ ކައުންސިލް އައު އިމާރާތުގެ މަސައްކަތް ކޮއްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ފ.ބިލެތްދޫ ކައުންސިލް އިދާރާގެ އައު އޮފީސް ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.  

ބީލަމުގައި ބައިވެރިވުމަށް 500ރ ( ފަސްސަތޭކަ ރުފިޔާ ) ގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާދެއްކުމާއި ބީލަމަށް ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 7 އޭޕްރީލް 2021 ވާ ބުދަދުވަހުގެ ހެނދުނު 8:30 އިން 14:00 އިން ފެށިގެން ބިލެތްދޫ ކައުންސިލް އިދާރާއަށް ދުރުވެ ފީ ދެއްކުމާއި ރަޖިސްޓްރީ ކުރެއްވުން އެދި ދަންނަވަމެވެ. ބީލަމަށް ފައިސާދެއްކުމާއި ރަޖިސްޓްރީ ވުމުގެ ސުންގަޑިއަކީ 20 އޭޕްރީލް2021  ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށްވެ.

މިމަސައްކަތް ކުރުމަށް އެދި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް 21 އޭޕްރީލް 2021 ވާ ބުދަ ދުވަހުގެ މެންދުރު 11.00 ށް. މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 4 މެއި 2021 ވާ އަންގާރަދުވަހުގެ މެންދުރު 11.00 ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަމުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ " ޢިމާރަތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު " ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. މި ބީލަމުގައި ބައިވެރިވެވޭނީ އެ ރަޖިސްޓްރީގެ GC02,GC01 އަށް ޝަރުތު ހަމަވެފއިވާ ކޮންޓްރެކްޓަރުންނަށެވެ. އަދި ބަދަލުގައި ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ހާޒިރުވާނަމަ، ވެރިފަރާތުގެ އައިޑީ ކާރޑް ކޮޕީ، ވެރިފަރާތް ހުއްދަ ދީފައިވާ ކަމުގެ ސިޓީ އަކާއި ހަޒިރުވާ ފަރާތުގެ އައިޑީ ކާރޑް ހުށައަޅަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ފ.ބިލެތްދޫ ކައުންސިލް އިދާރާގެ އައު އިމާރާތް" މިހެން ލިޔުމަށްފަހުގައެވެ. އަދި ބަދަލުގައި މީހަކު ހާޟިރުވާނަމަ ހުށަހަޅާފަރާތުގެ ސިޓީއަކާއި އައިޑީކާޑުގެ ފޮޓޯކޮޕީއަކާއި ، ވިޔަފާރި ރަޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

   - މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

   - މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު

06 އޭޕްރިލް 2021
ހޯދާ