މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭގެ ޕާރކުތަކާއި މައިޒާންތައް ހުޅުވިފައި ހުންނަ ގަޑިތައް ހަމަޖެއްސުމާގުޅޭ

              މާލޭސިޓީގައި ދިރިއުޅޭ އާއިލާތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސް ދެއްވުމުގެ ގޮތުން މާލޭސިޓީ ކައުންސިލުން ތަރައްޤީކޮށް ބަލަހައްޓަމުން ގެންދާ ޕާރކުތަކާއި މައިޒާންތައް 1442 ވަނަ އަހަރުގެ ރަމަޟާންމަހު ހުޅުވިފައި ހުންނަ ގަޑިތައް ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލުމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ތިރީގައި މިދަންނަވާ ގޮތަށްވަނީ ހަމަޖެހިފައެވެ.  

  • ލޮނުޒިޔާރަތް ޕާރކު:- ހަވީރު 16:00 ން 17:45 ށް، އަދި ރޭގަނޑު 21:00 ން 23:00 ށް
  • ސަލްޓަން ޕާރކު:- ހަވީރު 16:00 ން 17:45 ށް، އަދި ރޭގަނޑު 21:00 ން 23:00 ށް
  • އެހެނިހެން ޕާރކުތަކާއި މައިޒާންތައް:- ކުރިއެކޭވެސް އެއްގޮތަށް ޢާއްމުކޮށް ހުޅުވިފައި ހުންނާނެއެވެ.

              ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 އޭޕްރިލް 2021
ހޯދާ