ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
"މުސާރައިގެ ކުރިއެރުމުގެ ފިޔަވަޅު ހަމަޖެހިފައިވާ މުވައްޒަފުން ވަޒީފާ ބަދަލުކުރުމުގައި މުވައްޒަފަށް ލިބޭ މުސާރަ ކަނޑައެޅުމުގެ އުޞޫލު" އާންމުކުރުން

މުސާރައިގެ ކުރިއެރުމުގެ ފިޔަވަޅު ހަމަޖެހިފައިވާ މުވައްޒަފުން ވަޒީފާ ބަދަލުކުރެވޭ ޙާލަތުގައި "މުވައްޒަފަށް ލިބޭ މުސާރަ" ކަނޑައަޅާނެ މިންގަނޑުތައް ބަޔާންކޮށް، "މުސާރައިގެ ކުރިއެރުމުގެ ފިޔަވަޅު ހަމަޖެހިފައިވާ މުވައްޒަފުން ވަޒީފާ ބަދަލުކުރުމުގައި މުވައްޒަފަށް ލިބޭ މުސާރަ ކަނޑައެޅުމުގެ އުޞޫލު" މި ސަރކިއުލަރއާ އެކު އާންމުކުރަމެވެ.

ވުމާއެކު، 2021 އެޕްރީލު 5 ވަނަ ދުވަހުން ފެށިގެން މުސާރައިގެ ކުރިއެރުމުގެ ފިޔަވަޅުތަކަށް މުސާރަ ހަމަޖެއްސިފައިވާ މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމުގައި މި އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޢަމަލުކުރެއްވުމަށް ދެންނެވީމެވެ. 

05 އޭޕްރިލް 2021
ހޯދާ