މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވެލާނާގޭގައި ހުންނަ އޮފީހުގެ ކުޑަދޮރުތަކުގައި ބްލައިންޑްސް ހަރުކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވެލާނާގޭގައި ހުންނަ އޮފީހުގެ ކުޑަދޮރުތަކުގައި ބްލައިންޑްސް ހަރުކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ

ނަންބަރު:(IUL) 101-AS/101/2021/82     

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވެލާނާގޭގައި ހުންނަ އޮފީހުގެ ކުޑަދޮރުތަކުގައި ބްލައިންޑްސް ހަރުކޮށްދޭނެފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމަށް ދެވިފައިވާ މުއްދަތުގައި މިލިންކްގައިވާ ފޯމު  https://forms.office.com/r/Vz8A022kU1   މެދވެރިކޮށް ރަޖިސްޓަރ ކުރެއްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް

ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރެއްވުމުގެ ސުންގަޑި

8 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހުގެ 16:00

ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރާ ފަރާތްތަކަށް ބާއްވާ ޕްރީ-ބިޑް ބައްދަލުވުން

15 އޭޕްރިލް 2021 ވާ ބުރާސްފަތި ދުވަހު (ބައްދަލުވުން ބާއްވާނެ ގަޑި ރަޖިސްޓްރީވި ފަރާތްތަކަށް މިމިނިސްޓްރީން އަންގާނެއެވެ.)

ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި

19 އޭޕްރިލް 2021 ވާ ހޯމަ ދުވަހުގެ 13:00

އަންދާސީ ހިސާބު ހުށަހެޅުން

21 އޭޕްރިލް2021  ވާ ބުދަ ދުވަހު 11:00

 

ބީލަން ހުށަހަޅާ ފަރާތަކީ މިމިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި އެސް.އެމް.އީ އެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.

 

މިޢިއުލާނާއި ގުޅޭ މަޢުލޫމާތް ކަރުދާސް މިއިޢުލާނާއި  ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ  [email protected] އަށް އީމެއިލް ފޮނުވުމުން، އެކަމުގެ މަޢުލޫމާތު ސާފުކޮށްދިނުމަށްފަހު ހުރިހާ ބީލަންވެރިންނަށް އެމައުލޫމާތް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

 

5 އޭޕްރިލް 2021

05 އޭޕްރިލް 2021
ހޯދާ