މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ފައިނޭންސް އޮފިސަރ ގެ މަގާމަށް މުވައްޒަފެއް ހޯދުމާއި ބެހޭ

އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-332994

ބޭނުންވާ އަދަދު:

1 ( އެކެއް )

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކު:

ޖީ.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ / ކޯޕަރޭޓް އެފެއާޒް / ފައިނޭންސް ޔުނިޓް

މުސާރަ:

4،465.00ރ ( ހަތަރުހާސް ހަތަރު ސަތޭކަ ފަންސަހައްޓި ރުފިޔާ )

ސަރވިސް އެލަވަންސް:

1500.00ރ ( ފަނަރަ ސަތޭކަ ރުފިޔާ )  

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސްގެ ފައިސާ ( ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް 25.00ރ ( ފަންސަވީސް ރުފިޔާ )
  • ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  • ޓެކްނިކަލް ކޯ އެލަވަންސް : އަސާސީ މުސާރައިގެ %28 ( އަށާވީސް އިންސައްތަ ) . މި އެލަވަންސް ދެވޭނީ ފައިނޭންސް ނުވަތަ އެކައުންޓިން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތްތަކަށެވެ. ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ސަޕޯޓިން ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 700.00ރ ( ހަތްސަތޭކަ ރުފިޔާ ) ދެވޭނެއެވެ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރަމަޟާންމަހުގެ ރޯދަ އެލަވަންސް ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. 1.  ފާއިތުވީ އަހަރު ކައުންސިލަށް ލިބުނު ފައިސާޔާއި ޙަރަދު ތަފްސީލް ރިޕޯޓް ތައްޔާރުކޮށް ފެށުނު އަހަރު ފެބްރުއަރީ 15 ގެ ކުރިން ކައުންސިލް ހުށަހެޅުން މިކަމުގައި ފުރިހަމަޔަށް ޒިންމާނެގުން.

2. ކޮންމެ މަހެއް ނިމުމުން އެމަހު ކައުންސިލަށް ލިބުނު އާމްދަނީއާއި ހިނގިޙަރަދު ރިޕޯޓް ތައްޔާރުކޮށް ކައުންސިލްގެ މާލީ ޒިންމާދާރު ވެރިޔާ ސޮއި ކުރުމުން އެރިޕޯޓް ހިނގާމަހުގެ 15 ގެ ކުރިން ބޯޑްތަކަށްނެރެ އާންމުކުރުން މިކަމުގައި ފުރިހަމަޔަށް ޒިންމާވުން.

3. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުން ދީ ، އެ ފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަ އާއި އިރުޝާދުގެ މަތިން ކުރުން.

4.ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއި ގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން .

5. ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުމާއި އޮފީހުން އަންގާ އެންމެހާ މަސައްކަތްތައް ސްޕްވައިޒަރުގެ ލަފަ އާއި އިރުޝާދުގެ ދަށުން ކުރުން.

6. ކައުންސިލް އިދާރާއަށް ލިބޭހުރިހާ ފައިސާ އެއް ރަޝީދުން ބަލައިގަތުމާއި، ބަލައިގަތް ހުރިހާފައިސާއެއް ދުވަހުފޮތަށް ދުވަހުން ދުވަހަށް އެރުވުމާއި، އައިޓަމްފޮތާއި ތިޖޫރީފޮތުގައި ފައިސާލިޔެ އަދި ފައިސާދެއްކި ފަރާތަށް ރަޝީދު ދޫކުރުމާއި ކައުންސިލުން ނިންމާފައިވާ ގޮތަށް ބަލައިގަތް ފައިސާ ޖަމާކުރުން.

7. ކައުންސިލް އިދާރާއަށް މަހުން މަހަށް ލިބެންޖެހޭ ފައިސާއާއި ކައުންސިލް އިދާރާ މެދުވެރިކޮށް ދިވެހި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތަފްސީލްގައިވާ އަދަދުތަކުގައި ފައިސާ ހޯދުމާއި ފައިސާދައްކަންޖެހޭ މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކުގެ ފައިސާ ކަމާބެހޭ ގަވާއިދުގައިވާ ގޮތަށް ޖޫރިމަނާޔާއެކު  ފައިސާހަމަޔަށް ބަލައިގަތުން.

8. ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުންގެ މަހުމުސާރަޔާ އެލަވަންސް ފައިސާޔާއި، ޕެންޝަންފައިސާ ކައުންސިލްގެ އެކައުންޓަށް ޖަމާކުރުމަށް އޭސީއާރު ތައްޔާރުކުރުމާއި، އޭސީއާރުން ކޯޑްތަކަށް ވިޔަ މެދުވެރިކޮށް ފައިސާ ރިލީޒްކުރުމާއި ، ފިނޭންސް މިނިސްޓްރީން ކައުންސިލް އިދާރާގެ އެކައުންޓަށް އެ ފައިސާ ޖަމާކުރޭތޯ ބެލުމާއި ފައިސާޖަމާވުމުން މަސްހުސްވުމުގެ 2 ދުވަސްކުރިން މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުމާއި، މުވައްޒަފުގެ އެކައުންޓަށް ޖަމާކުރިފައިސާގެ ތަފްސީލް ދުވަހުން ދުވަހަށް މުވައްޒަފަށް ދިނުމާއި ކައުންސިލް އިދާރާގެ އެކައުންޓުން  އެފައިސާ ބާކީކޮށް  އެކައުންޓް ދުވަހެއް ދުވަހަށް ބެލެންސް ކުރުން.

9. އިދާރާ ހިންގުމަށް ބޭނުންވާ ހިދުމަތާއި  ތަކެތި ގަތުމަށް ހޯދަންޖެހޭ ފައިސާ ބަޖެޓް އައިޓަމްއިން މަހުންމަހަށް ހޯދާ ޖަމާކުރުމާއި، ހޯދާފައިވާ ޙިދުމަތާއި، ގަނެފައިވާ ތަކެތީގެ ބިލް  ތަކަށް ހަރަދުކުރަންޖެހޭ  ފައިސާ ދިވެހި ދައުލަތުގެ މާލިއްޔަތު ގާނޫނާ  ގަވާއިދާ އެއްގޮތަށް ވައުޗަރގެ ނިޒާމުގެ ތެރެއިން ފައިސާ ޙަރަދުކުރުމާއި  ޙަރަދުކުރެވުނު ފައިސާޔާބެހޭ  ހުރިހާ ލިޔެކިޔުމެއް ހޯދަން ބޭނުންވާއިރަށް ފެންނަގޮތަށް ދުވަހެއް ދުވަހަށް ލިޔެ ފައިލްކޮށް ބެލެހެއްޓުން.

10. އިތުރުގަޑީ މަސައްކަތް ކުރާ މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުމާއި، އިތުރުގަޑީ ކުރާމަސައްކަތުގެ ތަފްސީލް ސީޓް މުވައްޒަފުންނަށް ހަވާލުކުރުމާއި ހާޟިރީގައިވާ ގަޑިތަކަށް އިތުރުގަޑީ މަސައްކަތްކުރި މުވައްޒަފުންނަށް ފައިސާހޯދުން.

11. ކައުންސިލަށް އާމްދަނީ ލިބޭ ތަންތަނާ ތަކެއްޗާއި، ކަންކަމުގެ ރިޕޯޓް ބެލެހެއްޓުމާއި ލިބެންޖެހޭ ފައިސާހޯދުން.

12. ހުކުރު ނަމާދު، އީދުނަމާދު، ކަށުނަމާދު، ތަރާވީހުނަމާދު ކުރާފަރާތްތަކަށް ދޭންޖެހޭ އެލަވަންސް ފައިސާ މަހުންމަހަށް ހޯދާ އެފައިސާ ކަމާބެހޭ މީހުންނާ ހަވާލްކުރުމާއި، ކަމާބެހޭ ހުރިހާލިޔެކިޔުންތައް ބަލަން ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ފެންނަގޮތަށް ރައްކާތެރި ކަމާއެކު ބެލެހެއްޓުން މިކަމުގައި ފުރިހަމަޔަށް ޒިންމާވުން

13. ގަޑި ޖެހޭ މުއައްޒަފުންގެ އަތުން ގަޑީލާރި ނެގުމާއި، ޖޫރިމަނާކުރެވޭ މުއައްޒަފުން އަތުން ނަގަންޖެހޭ  ފައިސާ ނެގުމާއި ފައިސާއާ ބެހޭލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި މިކަމުގައި ފުރިހަމަޔަށް ޒިންމާވުން.

14. ކައުންސިލް އިދާރާއިން ޙަރަދުކުރަންޖެހޭ ހުރިހާ ފައިސާއެއްވެސް ޙަރަދުކުރަން ވާނީ ކައުންސިލް ހިންގުމާ ހަވާލުވެހުރި ވެރިޔަކު އެފައިސާ ޙަރަދުކުރުމަށް ހުއްދަދީ ފައިސާ ހަރަދުކުރުމުގެ ވައުޗަރގައި ސޮއި ކުރުވުމަށްފަހުގައި ފައިސާލިބޭ  މީހާވެސް  އެވައުޗަރ ގައި ސޮއިކުރުވުން އަދި ކަމާބެހޭ ހުރިހާ ލިޔެކިޔުމެއް ފަހުންވެސް ފެންނަގޮތަށް ފައިލްކޮށް ރައްކާތެރިކަމާ ބެލެހެއްޓުމާއި މިކަމުގެ ފުރިހަމަޔަށް ޒިންމާވުން.

15. ގާނޫނާ ގަވާއިދުގައި ވަކިމުއްދަތަކަށް  ޖެހޭ ފައިސާ ނުދައްކައިގެން ޖޫރިމަނާކުރެވޭ ފަރާތް ތަކުން ދައްކަން ޖެހޭ ފައިސާޔާއި، ގާނޫނާ ގަވާއިދުގައި  ވަކިމުއްދަތެއްދެވި އެމުއްދަތަށް އެކަމެއްނުކުރުމުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ގާނޫނާ ގަވައިދުގައި ބަޔާންކޮށް ބުނެފައިވާ އަދަދަށް ނެގުމާއި އެކަމާބެހޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި މިކަމުގައި ފުރިހަމަޔައް ޒިންމާވުން.

16. ކައުންސިލް އިދާރާއިން ބަލަހައްޓަންޖެހޭ ހުރިހާ އެކައުންޓް ތަކާބެހޭ ހުރިހާލިޔެކިޔުން ބެލެހެއްޓުމާއި ކޮންމެ މަހެއް ހުސްވުމުން އެކައުންޓް ބެލެންސްކުރުމާއި ކޮންމެ 6 މަހުން އެކައުންޓް ރިޕޯޓް ތައްޔާރުކުރުމާއި ކައުންސިލް އިދާރާއިން ބަލަހައްޓަމުންގެންދާ ހުރިހާ އެކައުންޓް ތަކުގާ ފައިސާހުރި އައިޓަމްތަށް ދުވަހެއްދުވަހަށް ބާކީކޮށް ހުރިހާލިޔެކިޔުންތައް ބެލެހެއްޓުމާއި އެކައުންޓް އައިޓަމްތައް ބެލެންސް ކުރުމާއެކު ކައުންސިލް އިދާރާގެ މާލީ ޒިންމާދާރުވެރިޔާއަށް ރިޕޯޓް ހުށަހެޅުން.

17. އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާ އެފައިސާއެއް ޖަމާކުރަންޖެހޭ އެކައުންޓަކަށް ޖަމާކުރުމާއި އެފައިސާ ހިމެނޭ އައިޓަމެއްގައި އެފައިސާދުވަހުން ދުވަހަށް ލިޔެ ކަމާބެހޭ ހުރިހާ ލިޔެކިޔުންތައް ރައްކާތެގޮތެއްގާ ބެލެހެއްޓުމާއި އެކައުންޓުން ނަގަންޖެހޭ ފައިސާ މާލިއްޔަތު ގާނޫނާ ގަވާއިދާއެއްގޮތަށް ނެގުމާއި، ކަމާބެހޭ ހުރިހާ ލިޔެކިޔުމެއްވެސް ފަސޭހައިން ފެންނަގޮތަށް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި އެކައުންޓުން ފައިސާނެގުމަށް ކައުންސިލް އިދާރާގެ މާލީ ޒިންމާދާރުވެރިޔާ ލިޔުމުން ހުއްދަދިން ކަމަކަށްމެނުވީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެއްވެސް އެކައުންޓަކުން އެއްވެސް ފައިސާއެއް ނުނެގުން.މިކަންކަމުގައި ފުރިހަމަޔަށް ޒިންމާވުން

18. ކައުންސިލަށް ލިބޭ ފައިސާޔާއި ކައުންސިލް މެދުވެރިކޮށް ދައުލަތައް ލިބެންޖެހޭ ފައިސާ ވީއެންމެ އަވަހަކަށް ކައުންސިލް އިދާރާގެ އެކައުންޓްގެ ތެރެއިން އެފައިސާ ޖަމާކުރަންޖެހޭ އެކައުންޓަށް ވީ އެންމެ އަވަހަކަށް ޖަމާކުރުން.

19. ކުރިޔަށް އޮންނައަހަރަށް ކައުންސިލްއިން ލަފާކުރާ ބަޖެޓް ފައިނޭންސަލް ޕްލޭނާއެކު ތައްޔާރުކޮށް ހިނގާ އަހަރު ޖުލައި މަސް ހުސްވުމުގެ ކުރިން ތައްޔާރުކޮށް އަތޮޅު ކައުންސިލް އިދާރާޔަށް  ފޮނުވުން މިކަމުގައި ފުރިހަމަޔަށް ޒިންމާނެގުން.

20. ފާސްކޮށްފައިވާ ބަޖެޓްގައި ހިމެނޭފައިސާއެއް އަހަރުނިމޭއިރު ޙަރަދުނުކުރެވޭނަމަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 104 ވަނަ މާއްދާގައި ބުނާގޮތުގެ މަތިން އެފައިސާ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ޖަމާކުރުން.

  1. 21.  މާލިއްޔަތު ގާނޫނާ ގަވާއިދާ އެއްގޮތަށް ބަޖެޓުން ޙަރަދު ކުރުމާއި ކޮންމެމަހަކު ބަޖެޓް ބެލުންސު ކުރުމާއި، ބަޖެޓްގައި ފައިސާނެތް އައިޓަމަކުން ބަޖެޓުން ޙަރަދު ނުކުރުން.

22. ކައުންސިލް އިދާރާޔަށް ޑިސެންބަރުމަހުގެ 31 ވަނަ ދުވަހުގެ ކުރިން ގަނެފައި ހުރި ތަކެއްޗާއި ހޯދާފަވާ ހިދުމަތާއި ގަންނަން އެއްބަސްވެފައިވާ ތަކެއްޗާއި ހޯދަންއެއްބަސްވެފައިވާ ޙިދުމަތްތަކުގެ އަގަށްވާ ފައިސާ ޖެހިގެން އަންނައަހަރު ފެބުރުއަރީ މަހު 15 ވަނަ ދުވަހުގެކުރިން ބަޖެޓުން ފައިސާނަގާ ދައްކައި ނިންމުން، މިކަމުގައި ފުރިހަމަޔަށް ޒިންމާވުން.

23. ތިޖޫރީގައި ހުރިހާފައިސާޔާއި، ޗެކުންހުރި ފައިސާގެ ތަފްސީލް ޗެކުނަންބަރާ ތާރީޙް އަދި ފައިސާގެ އަދަދު އެނގޭގޮތަށް ބަޔާންކޮށް ހަފްތާ ނިމުންއިރު ހުރިފައިސާގެ ރިޕޯޓް ތައްޔާރުކުރުމާއި ކޮންމެ މަހެއް ނިމުމާއެކު ތިޖޫރީގައި ހުރިފައިސާޔާއި ޗެކުންހުރި ފައިސާ ޗެކްގެ ތަފްސީލް އެނގޭގޮތަށް ރިޕޯޓް ތައްޔާރުކޮށް  ކައުންސިލް އިދާރާގެ މާލީޒިންމާދާރު ވެރިޔާއަށް ހުށަހެޅުމާއި ތިޖޫރީޗެކުކޮށް ތިޖޫރީ ރިޕޯޓްގައި ސޮއިކުރުން.

  1. 24.  ކޮންމެ އަހަރެއްގެ ޖުލައިމަހު 10 ވަނަ ދުވަހުގެ ކުރިން ކައުންސިލްގެ ޙަރަދުތަކާއި ލިބޭ އާމްދަނީ ރިޕޯޓް ތައްޔާރުކޮށް ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ ސޮއި ކުރުވުމަށްފަހު އަތޮޅުކައުންސިލަށް ފޮނުވުން މިކަމުގައި ފުރިހަމަޔަށް ޒިންމާނެގުން.

މަޤާމުގެ ޝަރުޠުތައް:

1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެތް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދައްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް :

1. އެޑްމިނިސްޓްރޭޝަން 2. މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ( ތައުލީމާއި ތަމުރީނު ) ލިބިފައިވާ ތަޢުލީމު %35
  • ( ތައުލީމާއި ތަމުރީނު ) މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމުރީނު %5
  • ( އިމްތިޙާން ) ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން %5
  • ( މަސައްކަތުގެ ތަޖުރިބާ ) މަގާމުގެ މަސައްކތުގެ ދާއިރާ އާއި ގުޅޭ ތަޖުރިބާ
  • ( ލިބިފައިވާ ހުނަރު ) އިންޓަރވިއު / ޕްރެކްޓިކަލްސް %45

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14.04.2021  ގެ 14:00 ގެ ކުރިން، މ.މަޑުއްވަރީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު / އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނީ، 18.04.2021އާއި  25.04.2021އާ ދެމެދު، މ.މަޑުއްވަރީ ކައުންސިލްގެ އިދާރާ ނުވަތަ އިންޓަރވިއު/އިމްތިޙާން/ޕްރެޒެންޓޭޝަން ބޭއްވުމުގެ 24 ގަޑިއިރު ކުރިން ލިޔުމުން ފޮނުވާ ދަޢުވަތުގައި ބަޔާންކުރާ ތަނެއްގައެވެ. ޕްރެކްޓިކަލްސް / އިމްތިޙާނު ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 188-POD/CIR/2021/27 ( 01 ފެބުރުއަރީ 2021 ) ސަރކިއުލަރ ނޯޓް އާއި އެއްގޮތަށް ބޭއްވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ފޭސްބުކްޕޭޖް ވައިބަރ ކޮމިއުނިޓީގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720039 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

05 އޭޕްރިލް 2021
ހޯދާ