މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންސްޓްރަކްޝަން މަސައްކަތަށް ގެނެވުނު ބަދަލު.

އިޢުލާން

ކޮންސްޓްރަކްޝަން މަސައްކަތަށް ގެނެވުނު ބަދަލު.

 

               2021 އެޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބާއި ގުޅިގެން އެޕްރީލް މަހުގެ 10، 11 އަދި ރަމަޟާން މަހުގެ 01 ވަނަ ދުވަހާއި، މި ތިންދުވަހު މަގުބަންދުކޮށްގެން ކުރާ މަސައްކަތާއި، މަގުމަތީގަ ކުރެވޭ އެއްވެސް މަސައްކަތަކަށް ހުއްދަ ދޫނުކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

               އަދި ދަންނަވަމެވެ. މިފެށޭ 1442 ވަނަ އަހަރުގެ ރަމަޟާން މަހުގެ 02 ވަނަ ދުވަހުން ފެށިގެން ޝައްވާލް މަހުގެ 08 ވަނަ ދުވަހުގެ ނިޔަލަށް މިއިދާރާއިން ދޫކުރަމުންގެންދާ ކޮންސްޓްރަކްޝަން މަސައްކަތާއި މަގު ބަންދުކޮށްގެން ކުރައްވަމުން ގެންދަވާ އެހެނިހެން މަސައްކަތް ރޭގަނޑު 22:00 ން ފަތިހު 04:00 އަށް މިގަޑިއަށް ބަދަލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. މިގޮތަށް ހަމަޖެއްސީ ރަމަޟާން މަހަކީ މާލޭގެ މަގުތަކާއި ބާޒާރުމަތީގެ ކާރޫބާރޫ ބޮޑުވެ ތޮއްޖެހޭ މަހަކަށްވާތީ، ރައްޔިތުންނަށް މިކަމުގެ ސަބަބުން ލުއިފަސޭހަ ކޮށްދިނުމުގެ ބޭނުމުގައެވެ. މީގެ އިތުރުން ސްކޫލްތަށްވެސް މިހާރު ހުޅުވިފައިވުމާއެކު، ދުވާލުގެ ވަގުތުތަކަކީ މަގުތަށް އިތުރަށް ބާރުބޮޑުވާނެ ވަގުތުތަކަކަށްވުންވެސް މި ގޮތައް ބަދަލު ކުރުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ. ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

04 އޭޕްރިލް 2021
ހޯދާ